ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީރިއާ އިން ރާއްޖެ ގެނައި އާއިލާ ދޫކޮށްލަން އުމަރު ގޮވާލައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސީރިއާއަށް ހަނގުރާމައަށް ގޮސް އުޅުމުގެ ތެރޭގައި ހާލުގައި ޖެހިފައިވަނިކޮށް ރާއްޖެ ގެނައި އާއިލާ ދޫކޮށްލަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައިފި އެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު ރާއްޖެ ގެނައި މި އާއިލާ އިދާރީ ބަންދެއްގައި ބޭތިއްބުމަށް މީގެ ކުރިން ކޯޓުން އަމުރުކޮށްފައި ވަނީ މަސް ދުވަހަށެވެ. ކޯޓުން އަނެއްކާވެސް ވަނީ މުއްދަތު އިތުރުކޮށްފަ އެވެ. އެ މީހުން އިދާރީ ބަންދެއްގައި ތިބުމަށް އަމުރުކޮށްފައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދިވެހިރާއްޖެއަށް އަނބުރާ އަންނަ ދިވެހި ހަނގުރާމަވެރިންނާމެދު ހާއްސަ އިޖުރާއަތަކަށް އަމަލު ކުރުމުގެ ގަވާއިދުގެ ދަށުންނެވެ.

މިކަމާ ގުޅިގެން އުމަރު ވިދާޅުވީ ތުއްތު ހަތަރު ކުދިންނާއި އެކުދިންގެ މައި މީހާ ކުށެއް ސާބިތު ނުކޮށް 8 މަހަށް ހައްޔަރު ކުރުމަކީ ބޮޑު ނާއިންސާފެއް ކަމަށެވެ. އަދި އެ ކުދިންގެ މަންމަ އަކީ ހަތިޔާރެއް އުފުލި މީހަކަށް ނުވާނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

“ހުޅަނގު ރުއްސުމަށް ކަންތައް ކުރީމަ އިންސާނީ ޙައްޤުތަކާ، ކުޑަކުދިންގެ ޙައްޤު ތަކެއް ނޯވޭ. ހަމަ މިހާރުން މިހާރަށް ދޫކޮށްލައްވާ” އުމަރު ވިދާޅުވި އެވެ.

އެ އާއިލާގައި ހިމެނެނީ 33 އަހަރުގެ އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިން ނެވެ. އެ އަންހެން މީހާ ހަނގުރާމައަށް މީގެ ނުވަ އަހަރު ކުރިން ފިލައިގެން ދިޔައީ ދެ ދަރިން ގޮވައިގެންނެވެ. އެކަމަކު އިތުރު ދެ ކުދިން އެ ގައުމުގައި ހުއްޓައި ލިބިފައިވެ އެވެ. ކުރިން ކޯޓުގައި އޭނާ ބުނެފައި ވަނީ އެއީ ހަލާލު ގޮތުގައި ހޯދާފައިވާ ކުދިން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: