ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ހޮވަން ޕީޕީއެމްގެ 20،000 މެމްބަރުންނަށް ވޯޓުލެވޭ: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވަން ޕީޕީއެމްގެ ވިހި ހާސް މެމްބަރުންނަށް ވޯޓް ލެވޭ ކަމުގައި އިކޮނޮމިން މިނިސްޓަރު އަދި ޗެއަރޕާސަން ކެންޑިޑޭޓް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެތެރޭގެ އިންތިހާބުގައި ކެމްޕޭންގައި އދ މަހިބަދޫ އަށް ވަޑައިގެން އާންމުނާއި ބައްދަލުވެ ވަޑައިގެން ފައްޔާޒް ދެއްކެވި ވާހަކައިގައި ގައުމީ އިންތިހާބުތަކުގައި ޕީޕީއެމާ ވާދަކުރަން އެމްޑީޕީން ނުކުންނާނެ ކެންޑިޑޭޓަކު ކަނޑައަޅުމުގެ ޖާގަ ޕީޕީއެމަށް ލިބޭ ގޮތަށް މަގުފަހިވެފައި އޮތުން ބަދަލުކުރަން ޖެހެ އެވެ. މިހާރު އޮތީ އެ ޕާޓީއާ ވާދަކޮށް ކުރި ހޯދާނެ އެމްޑީޕީގެ ކެންޑިޑޭޓު ބަލިކޮށްލަން ދެން ނުކުންނަ ކެންޑިޑޭޓަށް އެ 20،000 މީހުންނަށް ވޯޓު ލެވޭ ގޮތަށް ކަަމަށް ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ 94،000 މީހުން ތިބިއިރުގައި މި ޕާޓީގެ ރައީސް ކަނޑައަޅަން ނުވަތަ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅަން ނޫނިއްޔާ މި ޕާޓީން ރައްޔިތުންގެ މަޖިލީހަށް ނުކުންނަ ކެންޑިޑޭޓު ހޮވަން ޕީޕީއެމްގެ 20،000 މީހުންނަށް އެބަ ވޯޓުލެވޭ،” ފައްޔާޒް އިސްމާއީލް

ޗެއަރޕާސަންގެ އިންތިހާބު އެމްޑީޕީ އިން އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރު ވަމުން ދާއިރު އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމުގައިވާ ފައްޔާޒް އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެމްބަަރު އިމްތިޔާޒް ފަހުމީ ގެންދަވަނީ ވާދަވެރި އަދި ފޯރިގަދަ ކެމްޕޭނެއް ކުރައްވަމުންނެވެ.

މަހިބަދުއަށް ވަޑައިގެން އެރަށުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ ކޮންޓްރޯލް ޕީޕީއެމަށް ނެގޭ ގޮތަށް ޕާޓީގެ ދަފްތަރު އޮތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ވުމާއެކު ފައްޔާޒް ވިދާޅުވީ އެބޭފުޅާ ހުށައަޅުއްވަނީ އެހެން ޕާޓީ އެއްގެ މީހަކު އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ ނަމަ ޕާޓީ އިން އެމީހަކު ވަކިކުރާ އިސްލާހު ކަމަށާއި ނޫން ނަމަ އެމީހަކު ޖެހޭނީ އެމްޑީޕީއަށް ވަންނަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލަނީ އެ ޕާޓީއަކުން ބަލަހައްޓަމުން ގެންދާ ޕާޓީގެ ދަފްތަރަށެވެ.  އެގޮތުން އެމްޑީޕީގެ ދަފްތަރުގައި 94،000 އަށް ވުރެ ގިނަ މީހުން ތިބި ކަމުގައި ވީ ނަމަވެސް  އިލެކްޝަންސް ކޮމިޝަންގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ  އެންމެ ފަހުން އެ ކޮމިޝަނުން ހާމަ ކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން 54،782 މީހުންނެވެ.

ދެ ޓީމުންވެސް ރާއްޖޭގެ އެކި ރަށްތަކަށް ޒިޔާރަތް ކުރައްވައި ދޮރުން ދޮރަށް ހިންގަވައި ތާއީދު ހޯއްދެވުމުގެ މަސައްކަތް ދަނީ އަވަދިނެތި ކުރައްވަމުންނެވެ. މި ރޯދަ މަހުވެސް އިންތި އާއި ފަޔާގެ ކެމްޕޭން ޓީމުން ގެންދަވަނީ އެކި އެކި ހަރަކާތް ތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: