ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯއިން ދޭ ހިދުމަތްތައް ހުންނަގޮތުން ރައްޔިތުންނަށް ދަތިވޭ: މުއިއްޒު

މާލެސިޓީ މޭޔަރ ޑޮކްޓަރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެމްކޯއިން ދޭ ހިދުމަތްތައް ހުންނަގޮތުން ރައްޔިތުންނަށް ދަތިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މުޢިއްޒު ވައިބަރ ކޮމިއުނިޓީގައި ދެއްވި މެސެޖެއްގައި ވިދާޅުވީ މާލޭގެ އެކި މަގުތަކުގައި ގޭގެއިން ނެރެފައި ބަހައްޓާފައި ހުންނަ ސޯފާތަކާއި އެކިއެކި ފަރުނީޗަރު އަދި ހުސް ފޮށިގަނޑު ފަދަ ތަކެތި ހުންނަކަމަށެވެ. އަދި މި ގޮތަށް ބަހައްޓަނީ ވެމްކޯގެ ހިދުމަތް އަގު ބޮޑުވުމާއި އެތަނުގެ ހިދުމަތް ހުންނަގޮތުން ރައްޔިތުންނަށް ދަތިވާތީކަން އެނގޭކަމުގައި ވެސް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މިފަދަ ސަބަބުތަކަކީ މަގުމައްޗަށް ކުނި މިފަދައިން އަޅާފައި ބެހެއްޓުން ހުއްދަވާ ސަބަބެއް ނޫން ކަމަށާއި މަގުތަށް ސާފުތާހިރުކޮށް ބޭއްވުމަކީ އެންމެންގެ ފަރާތުން އެންމެންނަށް ކޮށްދޭ ކަމެއްގެ ގޮތުގައި ދެކެންވާނެ ކަމަށެވެ.

މި މެސެޖުގައި މޭޔަރު ވިދާޅުވީ މަގުމައްޗަށް ނެރެހާ ކުންޏަކީ ކައުންސިލުން އުކާލަން ޖެހޭ އެއްޗެއް ކަމުގައި ދެކި ހުރިހާ އެންމެން މަގުމައްޗަށް ކުނި ނެރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ކަންމިހެން އޮތްކަމުގައި ވީނަމަވެސް މާލެ ސިޓީ ކައުންސިލްގެ ގާބިލުކަން ހުރި އެންމެ ފުޅާ މިންވަރަކުން މަގުމަތީގައި ހުންނަ ކުނިތަށް ނަގަން މަސައްކަތް ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: