ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލެ ޑަބްލިޔުޑީސީއަށް ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލިއްޖެ!

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ އިންތިހާބުގައި ވާދަކުރަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ފޯމު ހުށަނޭޅުމުން ވެރިކަން ކުރާ ޕާޓީ އެމްޑީޕީއަށް، އެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއާ ބެހޭ ކޮމިޓީގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އައިމިނަތު އީމާން ނިޔާވުމާ ގުޅިގެންނެވެ.

އެނގިފައިވާ ގޮތުން ވަގުތު ހަމަވީއިރު ވެސް އެމްޑީޕީން ފޯމު ހުށަހަޅާފައި ނުވާތީ، އޭގެ ފަހުން ފޯމު ބަލައިގަތުމުގެ ފުރުސަތު ނުދިނުމަށްކަމަށް ބުނެ އިދިކޮޅުގެ މެމްބަރުން ވަނީ އިންތިހާބާއި ބެހޭ މަރުކަޒު ކައިރީ ހަރަކާތްތެރިވެފަ އެވެ. އެކަމަކު އެމްޑީޕީން ވަގުތު ހަމަވެފައިވާ ފަހުން ފޯމު ހުށަހެޅިކަން ކަށަވަރުކޮށް ދީ އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ފޯމު ބަލައި ނުގަތުމަށް ނިންމާފައިވާ ކަމަށެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވީ މިއަދުގެ މެންދުރު 12 ގަ އެވެ. އެމްޑީޕީން ފޯމް ހުށައަޅާފައި ވަނީ އޭގެ ފަހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

މި މައްސަލައިގައި އެމްޑީޕީއަށް އަމާޒުކޮށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، ކެނޑިޑޭޓެއް ނުލިބިގެން އެމްޑީޕީން ގިނަ މަސައްކަތަކެއް ކުރިކަމަށާއި ގަވައިދާއި ހިލާފަށް ރޭ ކުޑަ ޕްރައިމެރީއެއް ބާއްވަން ވެސް މަސައްކަތް ކުރިކަމަށެވެ. ނަމަވެސް އެކަން އިދިކޮޅުން އާއްމުންނަށް ހަމަކުރުމުން ފަހުން ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް އެންގިކަމަށް އޭނާ ވިދާޅުވި އެވެ. ޝުޖާއު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރީ އިއްޔެ ގަވަައިދާއި ހިލާފަށް ފޯމުތައް ހުށަހެޅުމަށް ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުކުރެވުނީ އިދިކޮޅު ސަމާލުވެ ތިބުމުން ކަމަށެވެ.

އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް މެދުވެރިވެ އެ ވާހަކަތައް މީޑިއާތަކުގައި ދެކެވުނު ނަމަވެސް، އެމްޑީޕީން ރަސްމީކޮށް ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް ބައެއް މެމްބަރުން ވަނީ ބައި އިލެކްޝަން ގެއްލުމާއި އެތެރޭގެ އިންތިހާބާއި ގުޅުވައި ވާހަކަ ދައްކާފަ އެވެ. އަދި އެމްޑީޕީ ހިންގާލަން ޖެހޭ ސަބަބަކީ މިއީކަމަށް ބައެއް މެމްބަރުން ސިފަ ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: