ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ވަޑައިގެންފި

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އަނބިކަނބަލުން ފަޒުނާ އަހުމަދު ނުރަސްމީ ދަތުރުފުޅެއްގައި ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

މި ދަތުރަކީ ނުރަސްމީ ދަތުރަކަށްވުމުން ރައީސް އޮފީހުން ދަތުރާއި ބެހޭ އިތުރު ތަފްސީލުދީފައެއްނުވެއެވެ.

އެންމެ ފަހުން ރައީސް ސިންގަޕޫރަށް ދަތުރު ކޮށްފައިވަނީ ތައިރޮއިޑްގެ ސާޖަރީއެއް ކުރެއްވުމަށްޓަކައެވެ. އެއީ ފާއިތުވި ފެބުރުއަރީ މަހުގެ 23 ގައެވެ. ތިން ގަޑިއިރުގެ ސާޖަރީއަކަށް ފަހު އެ މަނިކުފާނު ހޮސްޕިޓަލުގައި އިތުރު ހަތަރު ދުވަހަށް ފަހު ހޮސްޕިޓަލުން ދޫކޮށްލެއްވި އެވެ. އެ ދަތުރަށް ފަހު އަނބުރާ ރާއްޖެ ވަޑައިގެންނެވީ މާޗު 6 ގަ އެވެ.

ތިން ގަޑިއިރުގެ ސާޖަރީއަކަށް ފަހު އެ މަނިކުފާނު ހޮސްޕިޓަލުގައި އިތުރު ހަތަރު ދުވަހަށް ފަހު ހޮސްޕިޓަލުން ދޫކޮށްލެއްވި އެވެ. އެ ދަތުރަށް ފަހު އަނބުރާ ރާއްޖެ ވަޑައިގެންނެވީ މާޗު 6 ގަ އެވެ.

ނިއުސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދަތުރަކީ ސާޖަރީއަށް ފަހު އަލުން ޑޮކްޓަރަށް ދެއްކެވުމަށްޓަކައި ކުރައްވާ ދަތުރެކެވެ.

ރައީސް މީގެ ކުރިން ސާޖަރީއަށްޓަކައި ސިންގަޕޫރަށް ކުރެއްވި ދަތުރުގައި ދިޔައީ ރައީސް ކަމުގެ ޒިންމާތައް ނައިބު ރައީސް ފައިސަލް ނަސީމާއި ހާވާލުކުރައްވާފައެވެ. ސާޖަރީއަށްފަހު އެނެއްކާވެސް  ރައީސް މަގާމަށް އަލުން ރުޖޫއަވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: