ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދާރީ ހިންގުން ހިންގާލަން އިންތިއަށް ވުރެ ފަޔާ މާ ގަދަ ވާނެ: ރޮޒެއިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއަޕާސަން އިންތިހާބުގައި ވާދަކުރާ އިމްތިޔާޒް ފަހުމީ އަކީ ޕޯޑިއަމް ތަކުގައި ވާހަކަ ދައްކަވަން މޮޅު ބޭފުޅެއް ކަމަށާއި، ނަމަވެސްް ހިންގުމަށް ގަދައީ ނުވަތަ އިދާރީ ގޮތުން ޕާޓީ ހިންގޭނީ ފައްޔާޒް އިސްމާއީލަށް ކަމުގައި އައްޑޫ މީދޫ މެމްބަރު ރޮޒެއިނާ ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 14 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފައްޔާޒާއި އިންތި ވާދަ ކުރަނީ ޕާޓީގެ ޗެއާޕާސަނަކަށެވެ. އަދި ވޯޓަށް މަހަކަށް ވެފައިވާއިރު އިންތިހާބާއި ގުޅުވައި ޕާޓީގެ އެތެރޭގައި އޮތް ވާދަވެރިކަން ދުވަހުން ދުވަހަށް އިތުރުވެ މަސްލަހަތު ވަނީ ގެއްލިފަ އެވެ. ބަހުގެ ހަމަލާތައް ރައްދު ކުރުމާއި އެކު ސަރުކާރުގެ އެތެރެއާއި އެމްޑީޕީގެ ބައެއް އެތެރޭގެ ކަންކަމަށް މެމްބަރުން ދަނީ އާއްމުން ތަންތަނުގައި ފާޑުކިޔަމުންނެވެ. އަދި ވަކި ވަކި މެމްބަރުންނަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ރައްދު ކުރުމާއި، ޒުވާބު ކުރުންތައް ވަނީ އިތުރުވެފަ އެވެ.

ޗެއާޕާސަންގެ އިތުރަށް ދެން ކުރިޔަށް ދަނީ އަންހެނުންގެ ރޫހުގެ ރައީސާ ހޮވުމެވެ. މި މަގާމަށް ވާދަ ކުރައްވަނީ ރޮޒެއިނާ އާއި އެމްޑީޕީގެ ޔޫތް ވިންގުގައި ހިމެނޭ އަދި އަންހެނުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރައްވާ ސަފާތެވެ.

ކެމްޕެއިނަށް ކުރައްވާ ގިނަ ދަތުރުތަކުގައި މީގެ ކުރިން ވެސް ރޮޒެއިނާ ވަނީ އެމްޑީޕީއަށް ގެންނަން ވާ ބަދަލުތައް ގެނެވޭނީ ފައްޔާޒަށް ކަމުގައި ވިދާޅުވެފަ އެވެ. ޕާޓީގެ އިދާރީ ހިންގުން ކުރިޔަށް ގެންދިއުމަށް އެންމެ ރަނގަޅީ ފައްޔާޒްކަން ފާހަކޮށް ރޮޒެއިނާ ވިދާޅުވީ އިންތިއަކީ ޕޯޑިއަމްތަކުގައި ވާހަކަ ދައްކަން ގަދަ ބޭފުޅަކަށް ވެދާނެ ކަމަށެވެ. ނަމަވެސް ޕާޓީ ހިންގޭނެ ހަރުދަނާ އުސޫލުތައް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީ ޗެއަރޕާސަން ކަމުގެ އިންތިހާބުގައި ކ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުގައި ކ. ގުރައިދޫ އެމްޑީޕީ މެމްބަރުންނާއި ވާހަކަ ދައްކަވަމުން ރޮޒޭނާ އިތުރަށް ވިދާޅުވީ  ޗެއަޕާސަންގެ މަގާމަކީ ވަރަށް ޒިންމާދާރު ހިންގުންތެރި މަގާމެއްކަމަށެވެ. އަދި މި މަގާމަކީ އިދާރީ ގޮތުން ޕާޓީ ހިންގުމުގެ އެންމެހައި މަސްއޫލިއްޔަތު އޮތް މަގާމެއްކަމުން، އެ މަގާމަށް ކުރިމަތި ލާންޖެހޭނީ ހިންގުންތެރިއެއް ކަމުގައި ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ ހޮވަން މިއުޅޭ މަގާމަކީ މޮޅެތި ވާހަކަ ދައްކާ މަގާމެއް ނޫން ކަމަށާއި، ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް ހޮވަންޖެހޭ މަގާމެއްގެ މަސައްކަތްކަމަށެވެ.

އިންތިއާއި އަޅާ ބަލާއިރު ފަޔާ އަކީ މާބޮޑަށްވެސް ހިންގުންތެރި މިހާތަނަށްވެސް އިދާރީ މަސައްކަތުގައި ނަތީޖާ ދައްކާފައިވާ ދިވެހި ރައްޔިތުންގެ އިތުބާރު ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ ފަޔާއަކީ އަންހެނުން ބާރުވެރިކޮށް ޕާޓީގެ އަންހެނުންގެ ރޫހަށް ގެއްލިފައިވާ ފުރުސަތުދޭނެ މީހެއް ކަމަށެވެ. މިއަދު އެމްޑީޕީގެ އަންހެނުންނަށް ގެއްލެމުންދާ ފުރުސަުތުތައް ނުލިބިގެން ދަނީ އެފުރުސަރު ޕާޓީ ހިންގަން ތިބި މީހުން ނުދޭތީ އެވެ.

އެމްޑީޕީ އަށް ކުރިއާށް އޮތީ ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ ދުވަސްތަކެއްކަން ހަނދާންކޮށްދެމުން ރޮޒެއިނާ ވިދާޅުވީ މިފަސް އަހަރު ރައްޔިތުންނަށް ކޮށްދެވުނު ކާމިޔާބު ހިދުމަތްތަކާއި އެކު ކުރިއަށް އޮތް 5 އަހަރު އެމްޑީޕީގެ ވެރިކަމެއް ގާއިމް ކުރުމަށް ޓަކައި ޕާޓީގެ ހިންގުން ހަރުދަނާ ވާންޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: