ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗެއާޕާސަނަކަށް އިންތިއާއި ކައިރި ކުރެވޭނެ ވަރުގެ މީހެއް ނެތް: ޝިއްޕެ

އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ބައްދަލުވުމެއްގައި ޝިފާޒް ވަހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ކެޑިޑޭޓުންގެ ތެރޭގައި މި އިންތިހާބުގައި ޗެއާޕާސަންކަމަށް ވާދަކުރައްވާ މާފަންނު އިތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި ކައިރި ކުރެވޭނެ ވަރުގެ އެހެން ކެޑިޑޭޓެއް ޕާޓީގައި ނެތްކަމުގައި ޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީތެރޭގައި ވަނީ މަސްލަހަތު ގެއްލި ދެ ފެކްޝަނެއް އުފެދިފައެވެ. އަދި އިންތިހާބުގެ ވާދަވެރިކަމުގެ ތެރޭގައި އެއް މެންބަރަކު އެނެއް މެންބަރަކަށް ފާޑު ކިޔުން އަމާޒުކުރަމުންދާއިރު މި އިންތިހާބު ވާދަކުރައްވާ މަޖިލީސް މެންބަރު އިންތި އަދި އިކޮނޮމިކް މިނިސްޓާ ފައްޔާޒްގެ ކެމްޕެއިން ޓީމުގެ ފަރާތުން ދަނީ އެބަޔެއްގެ ކެޑިޑޭޓަކީ މަގާމަށް އެންމެ އެކަށޭނެ ބޭފުޅާކަން ދައްކަވާ ދެއްވުމަށްޓަކައި ތަފާތު ގިނަ ވާހަކަތަކެއް ދައްކަވަމުންނެވެ.

އެގޮތުން އިންތިގެ ކެމްޕެއިން ޓީމުން ލ ގަމުގެ އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައި ޝިއްޕެ ފާހަގަ ކުރެއްވީ މި ދަނޑިވަޅަކީ އެމްޑީޕީގެ އެތެރޭގެ މައްސަލައެއް ހައްލުކުރަން ޖެހިފައިވާ ވަގުތެއްކަމަށާއި މިއީ އަލަށް ދިމާވާ ކަމެއް ނޫންކަމުގައެވެ. ނަމަވެސް އޭނާ ވިދާޅުވީ އޭރު ނުފެންނަ މަންޒަރުތަކާއި އަޑުތަކުގެ އިތުރުން ކަންބޮޑުވުން މިހާރު ފެނިގެންދާކަމުގައެވެ.

އިންތިއާއި އެކު އޭނާ މިއަދު ހުންނެވި ސަބަބެއްގެ ގޮތުގައި ޝިއްޕެ ފާހަގަ ކުރެއްވީ އިންތިއަކީ އެމްޑިޕީއަށް ތާރީހުގައި ދިމާވެގެން ދިޔަ ގޮންޖެހުންތަކުގައި ވެސް ޕާޓީގެ އަސާސްތަކުގައި ހިފެހެއްޓެވި ބޭފުޅަކަށް ވުމާއި އަދި މި އަސާސްތަކާއެކު ޕާޓީގައި އަދާއި ހަމައަށްވެސް ތިބެވުނު ބައިވަރު ސަބަބުތައް އިންތިއާ ގުޅިފައިވުންކަމުގައެވެ. އަދި މިހާތަނަށް ޕާޓީގައި ސިޔާސީ ހަރަކާތެއް އިންތި އާއި ނުލައި ހިންގިފައި ނުވާކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އޭނާގެ ދިރިއުޅުމުގައި ވާރޭއާއި، ދިންހާ އަވީގައި އިންތިއާއިއެކު ކުރެވުނު ސިޔާސީ މަސައްކަތްތަށް ބޮޑުކަމުގައި ޝިއްޕެ ވިދާޅުވިއެވެ. އަދި އިންތިއަށް ކުރައްވާ ތާއިދާއި އުއްމީދުވެސް އިންތިހާއަށް އެބަ އޮތްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އިންތި މި އިންތިހާބަށް ކުރިމަތިލީ ވަގުތުން ފެށިގެން އެބޭފުޅުންގެ ހިތުގައި އެއްވެސް ކަހަލަ ޝައްކެއް އިންތިއާއިމެދު ނެތްކަމުގައި ފާހަގަ ކުރައްވާ ޝިއްޕެ ވިދާޅުވީ އެމްޑީޕީ ގެންދަން ޖެހޭ މިސްރާބަށް ޕާޓީ ގެންދެވޭނެ ބޭފުޅަކީ އިންތިކަމަށެވެ. އަދި އިންތިއަކީ ނަޒާހަތްތެރިކަމާއި ތެދުވެރިކަމުގެ ނަމޫނާކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި އިންތިއަކީ ހިތްވަރާއި އަޒުމާއިމެދު ސުވާލެއް ނުއުފެދޭހާ ހިތްވަރުގަދަ ބޭފުޅެއްކަމުގައި އޭނާ ވިދާޅުވިއެވެ. އެމްޑީޕީ ޕާޓީގެ މެންބަރުން ބޭނުންވާ ހިސާބަށް ގެންދިޔުމަށްޓަކައި އިންތިއާއިއެކު ވާދަކުރެވޭނެ ވަރުގެ ކެޑިޑޭޓެއް ނެތްކަމުގައި ޝިއްޕެ ފާޙަގަ ކުރައްވާ ވިދާޅުވީ އިންތިއަކީ ސީދާ އެމްޑީޕީގެ މެންބަރެއްކަމުގައެވެ.

އޭނާ ޢިންތިއަށް މިގޮތަށް މުހާތަބު ކުރެެއްވިއިރު އިންތިހާބުގެ ވާދަވެރިކަމުގެ ތެރޭގައި އަސްލު އެމްޑީޕީއެއްވާކަމަށާއި އަދި ފައްޔާޒަށް ތާއީދު ކުރައްވަނީ އަސްލު އެމްޑީޕީއަށް ނިސްބަތް ނުވާ ބޭފުޅުންކަމުގައި ދޭހަވާފަދަ މޭރުމަކުން އިންތިއަށް ތާއީދު ކުރައްވާ ބޭފުޅުން އަންނަނީ ވާހަކަ ދައްކަވަމުންނެވެ.

ޝިއްޕެ އިތުރަށް ވާހަކަދައްކަވާ ވިދާޅުވީ ޕާޓީ މިހާ ހިސާބަށް އައިރު އުފެއްދެވި އެންމެ ވަރުގަދަ އެއް ތިލަފަތު ރަމްޒަކީ އިންތިކަމަށެވެ. އޭނާ އެދުނީ ޕާޓީ ރަނގަޅު އަމާޒަކުން ގެންދެވުމަށްޓަކައި ޗެއާޕާސަންކަމުގެ މަގާމަށް އިމްތިޔާޒް ފަހުމީއަށް ވޯޓު ދެއްވުމަށެވެ. އަދި އިންތިއަކީ ހަމަހަމަކަމާއި އިންސާފަށް ވަކާލާތު ކުރުންމަތީ ހުންނެވި ބޭފުޅެއްކަމުގައި އޭނާ ވިދާޅުވިއެވެ.

އިންތިއާއި ކައިރި ކުރެވޭ ވަރުގެ އެހެން ކެޑިޑޭޓެއް ނެތްކަމުގައި އޭނާ ވިދާޅުވީ ޗެލެންޖްކުރައްވައެވެ. އިންތިއަކީ އެމްޑީޕީން އުފަންކޮށް ބިނާކުރި އެމްޑީޕީ ނަގަހައްޓާނެ ބޭފުޅެއްކަމުގައި އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިތަ ބުނަނީ ރައީސް އިބޫއަކީވެސް އަސްލު އެމްޑީޕީ މެންބަރެއްނޫނޭ ދޯ؟ ފައްޔަ މެންނާ އަޅާކިޔަން ތި ޝިއްޕެއަކީ އެމްޑީޕީގެ ކާކު؟ ފެށުނީއްސުރެން އިސްލާޙީ މަސައްކަތުގައި ދެގޮތެއްނުވެ ދެމިހުރި މީހަކީ ފައްޔަ. އިންތި އާ ޝިއްޕެއަކީ މާފަހުން އެމްޑީޕީއަށް ފާވެގަނެގެން އުޅޭ ބައެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: