ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުހިންމީ ރިޔާސީ އިންތިހާބުގެ މަގުސަދު، އެކަން ހާސިލު ކުރިން: ޝިއްޕެ

ޑިމޮކްރެޓްސްގެ މެމްބަރު މުހައްމަދު ޝިފާޒް: ފޮޓޯ/ ޑިމޮކްރެޓްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓްސްގެ މެމްބަރުން މަދުނަމަވެސް، އެންމެ ފުރަތަމަ ވާދަކުރި ރިޔާސީ އިންތިހާބުގައި ވެސް އަމާޒު ހާސިލުކުރިކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ، ޑިމޮކްރެޓްސް އަދި އެހެނިހެން ސިޔާސީ ޕާޓީތަކުގެ މެމްބަރުންވެސް ގަބޫލުކުރަންޖެހޭ ހަގީގަތެއް އޮތްކަމަށެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓްސް އުފަންވިތާ މަސްދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބެއްގައި ވާދަކުރިކަމަށެވެ. އަދި މިހާރު އެ އިންތިހާބު ނިމިގެން ދުވަސްތަކެއް ނުވެ، މާލޭގެ މޭޔަރުކަމުގެ ގޮނޑި ހުސްވެފައިވާކަމަށް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ، ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބަށްފަހު އެންމެ ފުރަތަމަ ކުރިމަތިލާނެ އިންތިހާބަކީ މާލޭގެ މޭޔަރުކަމުގެ އިންތިހާބުކަމަށާއި ކާމިޔާބީ ވެސް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ޝިފާޒް ވިދާޅުވީ، މޭޔަރުކަމުގެ އިންތިހާބުގައި މާލެ އަދި މުޅި ރާއްޖޭގެ ރައްޔިތުންވެސް ޑިމޮކްރެޓްސް އާއިމެދު ދެކޭ ގޮތް ބަދަލުވެގެންދާނެކަމަށެވެ.

އޭނާ ވިދާޅުވީ، ޑިމޮކްރެޓްސްއަކީ ރާއްޖޭގެ އުންމީދުކަމުގެ އިތުރުން އެ ޕާޓީއާއި ގައުމުގެ މުސްތަގުބަލާއި ގުޅިފައިވާކަމާއި ރައްޔިތުންނަށްޓަކައި ހަރަކާތްތެރިވާނީވެސް އެ ޕާޓީކަން ދައްކައިދޭނެކަމަށެވެ. އޭނާ ވިދާޅުވީ، އިންތިހާބު ކާމިޔާބުކުރުމަށް ކުރިއަށް ވުރެ ބުރަ މަސައްކަތްތައް ކުރަންޖެހޭކަމަށެވެ.

ޝިފާޒް ވިދާޅުވީ، ޑިމޮކްރެޓްސްގައި މިވަގުތު މެމްބަރުން މަދުކަމަކީ ހަގީގަތްކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީގެ ވަސީލަތްތައްވެސް މަދުކަމަށާއި އެހެންނަމަވެސް އެންމެ ފުރަތަމަ ވާދަކުރި ރިޔާސީ އިންތިހާބުގައިވެސް ޓާގެޓާއި ހިސާބަށް ވާސިލުވިކަމަށާއި އިންތިހާބުގައި ވާދަކުރުމުގެ މަގުސަދުވެސް ހާސިލުވިކަމަށް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ކުރިއަށް އޮތް މޭޔަރުކަމުގެ އިންތިހާބުގައިވެސް ޑިމޮކްރެޓްސްއަށް އެ ޕާޓީގެ މަގުސަދު ހާސިލުކުރެވޭނެކަމަށް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ، މޭޔަރުކަމުގެ އިންތިހާބު އިއުލާނުކުރެވޭ އިރު ޕާޓީގެ ޕްރައިމަރީއަށްވެސް ހުޅުވާލެވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި ޕްރައިމަރީ ކާމިޔާބުކުރައްވާ ކެންޑިޑޭޓަކާއިއެކު މޭޔަރުކަމުގެ މަގާމު ހޯއްދެވުމަށް ބުރަކޮށް މަސައްކަތްކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 38%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: