ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރަން ނަޝީދު އެމްޑީޕީ ކޮންގްރެސްއަށް، ނަޝީދުގެ އަތުގައި ހިފީ ސާލިހުގެ މިނިސްޓަރު ޝިފާޒް!

އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އަދި ރައީސް އޮފީހުގެ މިނިސްޓާ މުހައްމަދު ޝިފާޒް.
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ކުރިއަށް އޮތް ހަފްތާގައި އޮތް ޕާޓީގެ ކޮންގްރެސްއަށް ރައީސް އޮފީހުގެ މިނިސްޓާ މުހައްމަދު ޝިފާޒްގެ ތާއީދާއިއެކު ހުށައަޅައިފިއެވެ.

2023 މިއީ އެމަނިކުފާނު ވަރަށް ފާޅުގައި ބަހުސްކޮށް، ވާހަކަ ދައްކަވާ މައުޟޫއެއްކަން ފާހަގަ ކުރެވެއެވެ. ރައީސް ނަޝީދު ބޭނުން ވަނީ މި އަހަރު ވެރިކަމުގެ ނިޒާމު ބަދަލު ކުރާ ވޯޓެއް ނެގުމަށް ފަހު، 2024 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ސަރުކާރު އެކުލަވާލުމެވެ.

އެމަނިކުފާނު ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ރާއްޖެއަށް ބަރުލަމާނީއެއް ގެނެސް އެމަނިކުފާނު ބޭނުން ވަނީ ގައުމުގެ ބޮޑުވަޒީރެއްގެ މަގާމަށް އައުމަށްކަމަށެވެ. އެހެންވެ މި މަހުގެ 19 ގައި ބާއްވާ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހެޅުއްވި ހުށަހެޅުންތަކުގެ ތެރޭގައި ނިޒާމު ބަދަލު ކުރުމާއި، އެކު އެ ހުށަހެޅުން ކުރިޔަށް ނުގެންދެވިއްޖެ ނަމަ ރާއްޖޭގެ ވެރިކަމަށް އަންނަ ފަރާތަކީ އެއީ 30 އިންސައްތައިން ކާމިޔާބު ކުރެވޭ ގޮތަށް ބަދަލު ކުރުން ހިމެނެ އެވެ.

ކޮންގްރެސްއަށް ރައީސް ނަޝީދު ހުށައެޅުއްވި ގަރާރުގައި ވަނީ ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް ރޭވިފައި އޮތް ގޮތުން ސަރުކާރުގެ އެންމެ އިސް ފަރާތް ހޮވުމަށް ބާއްވާ އިންތިހާބު ކާމިޔާބު ކުރުމަށް، އެމްޑީޕީން އެހެން ޕާޓީތަކަކާއިއެކު އިންތިހާދުވުމުން ސަރުކާރުން ހިންގުން ގަނޑުބަޑުވެ އެ ޕާޓީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވާ ނުދެވި ސަރުކާރާއިމެދު އާންމު މެންބަރުން އިތުބާރު ކުޑަވެގެންދާތީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި ހުށައަޅާކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށާއި އެ ވޯޓުގެ ނަތީޖާއަކީ ދިވެހިރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ފާސް ވެއްޖެނަމަ އިސްވެ ދެންނެވި ބަދަލުތައް ގާނޫނު އަސާސީއަށް ގެނައުމަށެވެ.

މި ހުށަހެޅުންތަކަށް މާބޮޑު ތާއީދެއް ނެތް އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު ބުނާ ގޮތަށް ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުންކަމަށާއި، މިއީ ކުރު މުއްދަތެއްގެ ތެރޭގައި ނިންމޭނެ ނިންމުމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ރައީސް ނަޝީދު ހުށަހަޅުއްވާފައި ވާ 30 އިންސައިން އިންތިހާބު ކާމިޔާބު ކުރާ ހުށަހެޅުމަށް ވެސް ތާއީދެއް ނުކުރައްވަ އެވެ.

ވަރަށް ގަދަ
5%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 91%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: