ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިއަށް ތާއީދުނުކުރާ މެމްބަރުންގެ ވިސްނުމުގައި މައްސަލައެއް އެބަހުރި: މުހައްމަދު ޝިފާޒް

އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލައްވައިފައިވާ ކެނޑިޑޭޓެއްކަމަށްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ތާއީދު ނުކުރަށްވާ މެމްބަރުންގެ ވިސްނުމުގައި މައްސަލަކެއް ހުރިކަމަށް އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ޝިފާޒް މިހެން ވިދާޅުވެފައިވަނީ އައްޑޫ ސިޓީ، ހިތަދޫގައި އިމްތިޔާޒް ފަހުމީގެ “ތިލަފަތުގެ ރަމްޒް” ކެމްޕެއިން ޓީމުގެ ފަރާތުން ބޭއްވި ތަރާވީސް ކުރުމުގެ އިވެންޓެއްގައި އެ ޓީމުގެ ކެންޑިޑޭޓް އިންތިއާއި މެދު ޝައްކެއްވެސް ނެތްކަމަށް ވިދާޅުވެ ވާހަކަދައްކަވަމުންނެވެ. އެނާ ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް އިންތިފަދަ ޕާޓިގެ އަސާސްތަކުގައި ހިފަހައްޓައި އެ އަސާސްތައް ދަމަހަށްޓާނެ ބޭފުޅަކު ކުރިމަތިލެއްވުމުން އިންތިހާބުކުރައްވަންވީ ކޮން ކެންޑިޑޭޓެއްކަން ވަރަށް ސާފުކަމަށެވެ. އަދި ތާއީދު ނުކުރަށްވާ މެމްބަރުން ގެންގުޅުއްވާ ވިސްނުމުގައި މައްސަލަތަކެއް އުޅޭކަމަށެވެ.

“މިއަދު މިޕާޓީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލީ ހިންދު، އެހެންގޮތަކަށް އަޅުގަނޑުމެން ދެކެން ވެއްޖެޔާމުން، އަޅުގަންޑުމެންގެ ވިސްނުމުގައި މައްސަލައެއް އެބައުޅޭ.”

މީގެއިތުރުން ތަރާވީސް އިވެންޓްގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ލިބި، އެމްޑީޕީގެ ސަރުކާރެއް ގާއިމްކުރެވި، ކައުންސިލްގެ ގޮނޑިތައްވެސް ލިބިގެންދިއައީ އާއްމު މެމްބަރުން ކުރަށްވައިފައިވާ ބުރަ މަސައްކަތުންކަމަށެވެ. އަދި ޕާޓިގެ ކަންކަން ނިންމަންވާނީ މެމްބަރުން ބޭނުންވާ ގޮތަށްކަމަށްވެސް ޝިފަޒްވަނީ ވިދާޅުވެފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: