ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިން ހ.ދ ކުޅުދުއްފުށީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި

ހދ ކުޅުދުއްފުށީގައި ފެނަކަ އިން ޓްރާންފޯމަރެއް ބެހެއްޓުމަށް ހަޓް އިމާރާތް ކޮށް ހިޔާކުރުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހދ ކުޅުދުއްފުށި ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ޓްރާންސްފޯމަރ ހަޓް އިމާރާތްކޮށް ހިޔާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިިއެވެ.

ރާއްޖޭގެ ރަށްތަކުގެ ކަރަންޓުގެ ނިޒާމް ބަލަހައްޓަމުން ގެންދާ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން، އެކުންފުނީގެ ދަށުގައިވާ އިންޖީނުގެ ތަކަށް ދިމާވާ މައްސަލަ ތައް ހައްލު ކޮށް ކުރަންޖެހޭ މަރާމާތު އަބަދުވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ކުޅުދުއްފުއްޓަކީ އާބާދީގެ ގޮތުން ބޮޑު ރަށަކަށް ވެފައި ކަރަންޓު ބޭނުން ކުރާ ވަރު އިތުރުވަމުންދާ ރަށަކަށް ވުމުން، ފެނަކައިން މިވަނީ އެރަށުގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ ގޮތުން ޓްރާސްފޯމަރެއް ގާއިމްކުރުަމަށް ހަޓެއް އަޅައި އެ ހަޓު ހިޔާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ހއ މުރައިދޫ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެރަށަށް ފޮނުވުނު 250 ކިލޯ ވޮޓްގެ ޖަނަރޭޓަރ ސެޓް އިންސްޓޯލް ކޮށްފައިވެއެވެ.  ހަމަ އެއާއި އެކު  ފުވައްމުލަކު ކަރަންޓު ހާލަތު ރަނގަޅު ކުރުމަށް އެރަށަށް ފޮނުވުނު 1.2 މެގަވޮޓް ޖެންސެޓް ބަލަހައްޓާ ހަޓް ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.

ފެނަކައިން ކަރަންޓް އަޕްގްރޭޑް ކުރުމުގެ ގިނަ މަޝްރޫއު ތަކެއް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުރަމުން ދާއިރު،  ގއ. ވިލިނގިލި ޑިސްޓްރިބިއުޝަން ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ޓްރާންސްފޯމަރ ބަހައްޓާ ހަޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް  ވެސް ފެނަކައިން ވަނީ މައުލޫމާތު ދީފައެވެ.

އަދި ތ. ވޭމަންޑޫ ޑިސްޓްރިބިއުޝަން ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ޓްރާންސްފޯމަރ ބަހައްޓާ 02 ހަޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމުގެ މައުލޫމާތު އެކުންފުނީގެ ފަރާތުން ވަނީ ހިއްސާ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: