ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޕްލައިނާ ހިލާފުވެގެން ވަކި ކުރަނީ ވަކިބައެއް: މޫކޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ވިޕްލައިނާއި ހިލާފުވެގެން ވެސް ޕާޓީން ވަކި ކުރެވެނީ ވަކިބައެއްކަމަށް ބުނެ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކު (މޫކޭ)، މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ އަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެންބަރުންގެ ޒަމީރުގެ މިނިވަންކަން ދިފާއުކުރުމާއި، ޕާޓީގެ އަސާސްތައް ކަމުގައިވާ ހަމަހަމަކަމާއި ތެދުވެރިކަމުގައި ގަދަޔަށް ބަގުޑިލާންޖެހޭ ކަމަށް ލ. އަތޮޅުގެ މެމްބަރުން ބުނެފައިވާ ކަމަށް ބުނެ އީވާ މިއަދު ކުރެއްވި ޓްވީޓަކަށް ރައްދުދުދެއްވަމުން މޫކޭ ވިދާޅުވީ، ހުރިހާ އަތޮޅަކުން ވެސް މިނިވަންކަމާއި ހަމަހަމަކަން އޮޅުލައިގެން ވިޔަސް ދިފާއު ކުރަން ބޭނުންވާނެ ކަމަށެވެ.

“ސުވާލަކީ ވިޕްލައިނާ ހިލާފުވެގެން ރީކޯ ޕާޓީއިން ކަނޑާލިގޮތަށް ފިތުނައިގެ ރަމްޒު ވިޕްލައިނާ ހިލާފުވީމަ ކުރެވުނު ކަމަކީ ކޮބައިތޯ؟ އަދި ފިޔަވަޅު އަޅާ ކޮމެޓީގައި ތިބީ ކޮން ބައެއްތޯ؟” މޫކޭ ވިދާޅުވިއެވެ.

މޫކޭ ސުވާލު ކުރައްވާފައިވާ މައްސަލަ އަކީ އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް ވިޕްލައިނާ ހިލާފުވުމުން ވެސް ފިޔަވަޅު ނޭޅިކަމުގެ މައްސަލައާ ބެހޭ ގޮތުންނެވެ.

2020 ވަނަ އަހަރުގެ ތެރޭގައި އޭރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ނެގި ވޯޓުގައި މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ޕާޓީގެ ވިޕްލައިނާ ވަނީ ހިލާފުވެފައެވެ. އެ މައްސަލާގައި މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީގެ 4 މެންބަރަކު ވިޕްލައިނާ ހިލާފުވެ ޕާޓީގެ ނިންމުމާ ދެކޮޅަށް ވަނީ ވޯޓު ދެއްވާފައެވެ.

ޗެއަރޕާސަންގެ މަގާމަށް މިހާރު ވާދަކުރަށްވާ އިމްތިޔާޒު ފަހުމީއާއި އެ ކެމްޕޭންގައި އޭނާގެ ސްޕޯކްސްޕާސަންގެ ގޮތުގައި މަސައްކަތް ކުރައްވާ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދުވެސް ވަނީ ވިޕްލައިނާ ހިލާފުވެފައެވެ.

އެދުވަހުގެ ވޯޓުގައި އެ މެންބަރުން ވިޕްލައިނާ ހިލާފަށް ވޯޓު ދިނުމުން ވެސް، ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން އެ މެންބަރުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އިމްތިޔާޒު ފަހުމީއަކީ އެދުވަސްވަރުވެސް ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގައި ހިމެނޭ މެންބަރެކެވެ.

ޕާޓީގެ ވިޕްލައިނާ ހިލާފުވެގެން މީގެ ކުރިން އެމްޑީޕީގެ ޗެއަރޕާސަން ކަން ކުރެއްވި ރީކޯ މޫސާމަނިކު ވަނީ އެ ޕާޓީން ވަކިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: