ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިންޑިއާ އައުޓް” ބެނާތައް ނަގަން ބިރު ދައްކަނީ، އިންޑިއާ ސަފީރުގެ އެންގުމަކަށް: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ----
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސަފީރުގެ އެންގުމަކަށް ފުލުހުން މެދުވެރިކޮށް މިސަރުކާރުން “އިންޑީއާ އައުޓް” ބެނާރ ދަމާފައިވާ ގެތަކަށް ބިރުދައްކައި ނަގަން އަންގަމުންދާކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަޚީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު އިދިކޮޅު ކޯލިޝަންގެ ފަރާތުން ޕީޕީއެމްގެ އޮފީސްގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަޚީމް ވިދާޅުވީ ބެނާރ ދަމައިފައިވާ ގެތަކަށް ބިރުދެއްކުމާއި ނަގަން އެންގުން ގާނޫނު އަސާސީއާއި ހިލާފުވާކަމަށެވެ. އަދި މިކަން މިއުސޫލުން ސަރުކާރުން ކުރައްވަމުން ގެންދަވަނީ ދިވެހި ރައްޔިތުން އިންޑިއާ މިލިޓަރީ މިފަސްގަނޑުގައި ތިބުމާއި ދެކޮޅަށް ޝުއޫރު ފާޅުކުރަމުންދާ މަންޒަރު “ހަޖަމް ކުރަން” ދަތިވުމުންނާއި އިންޑިއާގެ ސަރުކާރުން މިކަމާއި މެދު ވަރަށް ބޮޑަށް ހިންހަމަ ނުޖެހިފައިވާތީ ކަމަށެވެ.

ބެނާ ދަމާފައިވާ ގެތަކަށް ގޮސް ފުލުހުން އިންޒާރު ދެމުންދާ މައްސަލައިގައި އިތުރަށް ވާހަކަދައްކަވަމުން އަބްދުއްރަޚީމްވަނީ ގާނޫން އަސާސީއާއި ހިލާފުވާ އަމުރުތަކަށް ކިޔަމަންނުވުމަށް ފުލުހުންނަށް އިލްތިމާޒް ކުރަށްވާފައިއެވެ. އަދި މިވެރިކަން ނިމި އާވެރިކަމެއް ފެށެން އޮތީ ނިސްބަތުން ކުޑަ ދުވަސްކޮޅެއްކަން ހަނދުމަކޮށްދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ދުލާއި ގަލަމުގެ މިނިވަންކަމާއި ހިޔާލު ތަކާއި ޝުއޫރު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫން އަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ ހައްގެއްކަމަށާއި މިހައްގުތަކަށް އަރައިގަތުންފަދަ ގާނޫނާއި ހިލާފުވާ އަމަލުތައް ހިންގުމުގައި ބައިވެރިވާ ފަރާތައް ފާހަގަކޮށް 2023ގައި ޕީޕީއެއަށް ވެރިކަން ކާމިޔާބުކުރެވިއްޖެނަމަ ފިޔަވަޅުއަޅުއްވާނެކަމަށެވެ.

ރައިސް ނަޝީދު މިއަދު މަޖިލީހުގައި އިންނަވައިގެން “އިންޑިއާ އައުޓް” ބެނާތައް ނެގުމަށް ފުލުހުންނަށް އިރުޝާދު ދެއްވިކަން ފާހަގަކުރަށްވަމުން އަބްދުއްރަޚީމް ވިދާޅުވީ އެއީ ރައީސް ނަޝީދުއައް ލިބިިގެންވާ ހައްގެއްނޫންކަމަށެވެ.

ދިވެހި ފަސްގަނޑުގެ މިނިވަންކަމުގެ ދިފާއުގައި، އިންޑިއާ ސިފައިން ތިބުމާއި ދެކޮޅައް ހިންގަމުންދާ މިހަރަކާތްތަކަކީ ހަމައެކަނި ރައީސް ޔާމިން، ޕީޕީއެމް އަދި ޕީއެންސީ އިން ރާވައިގެން ކުރަށްވަމުންދާ ކަމެށްނޫންކަން ފާހަގަކުރަށްވަމުން އަބްދުއްރަހީމް ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވެގެން، އިހުސާސް ކުރެވެމުންދާ ކަންމުގެ މައްޗަށް ބިނާވެ އުފެދިފައިވާ ޝުއޫރުތައް ފާޅުކުރުމަށް ހިންގަމުންދާ ހަރަކާތްތަކެއް ހުއްޓިގެން ނުދާނެކަމަށާއި ކައިިރި މުސްތަގުބަލުގައި މުޅި ރާއްޖެއަށް ފެތުރި މިހަރަކާތްކައް ބޮޑުވެ މި ޝުއޫރުތަކުގެ އަޑު ގަދަވެގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: