ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ގެކޮޅުގައިވާ ”އިންޑިއާ އައުޓް“ ބެނާ ފުލުހުން ނަގައިފި

ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް ބެނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައިސުލް ޖުމްހުރިއްޔާ އަބްދުލްﷲ ޔާމީން އަބްދުލްގައްޔޫމް އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ހިންގާ ”އިންޑިއާ އައުޓް“ ހަރަކާތުގެ ދަށުން އެމަނިކުފާނުގެ ގެކޮޅުގައި ދަމާފައިވާ ބެނާ ނެގުމަށްޓަކައި ކޯޓު އަމުރާއިއެކު، އެގެއަށް ވަދެ ދަމާފައިވާ ދިދަ މިއަދުގެ ވަގުތެއްގައި ފުލުހުން ނަގައިފިއެވެ.

ރައީސް ޔާމީން އަންނަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އެކި ކަންކޮޅުތަކުގައި ”އިންޑިއާ އައުޓް“ ގެ ނަމުގައި ހަރަކާތްތަކެއް ހިންގަވަމުންނެވެ. އެމަނިކުފާނު ޖަލުން މިނިވަންވުމަށްފަހު މިހަރަކާތް ވަނީ އިތުރަށް ފުޅާކުރެވިފައެވެ. ނަމަވެސް މި ހަރަކާތަކީ ސަރުކާރުން ދެކޮޅު ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ. އަދި ސަރުކާރަށް ތާއީދު ކުރާ ގިނަ ބަޔަކު އަންނަނީ މިއީ ހާރިޖީ ގުޅުންތަކަށް ބުރޫ އަރާނެ ކަމެއްކަމުގައި ސިފަކޮށް މިކަމަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ.

މި ހަރަކާތުގެ ތެރެއިން ސަރުކާރުގެ ސަމާލުކަމަށް ދާދިފަހުން އައި ކަމަކީ ރައިސް ޔާމީނުގެ ގެކޮޅުގެ އިތުރުން މާލޭގެ ބައެއް ގެތަކުގައި ”އިންޑިއާ އައުޓް“ ގެ ނަމުގައި ނަގާފައިވާ ބެނާތަކެވެ. ބެނާތައް ދެމުމާއިއެކު ސަރުކާރުގެ އިސްވެރިން ވަނީ މިކަމާއިމެދު ނުރުހުންވުން ފާޅުކޮށްފައެވެ. އެގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މާލޭގެ ބޮޑެތި އިމާރާތްތަކުގައި އަވައްޓެރި ގައުމުތަކާއި ގުޅޭ ގޮތުން ބަދުބަސް ބުނެ، ބޮޑެތި ބެނާތައް ނަގާފައި ހުރުމަކީ ގާނޫނުލް އުޤޫބާތާއި ހިލާފު ކަމެއް ވިދާޅުވެފައެވެ.

ނަމަވެސް އިދިކޮޅު ކޯލިޝަންގެ ފަރާތުން ޕީޕީއެމްގެ އޮފީސްގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަޚީމް ވިދާޅުވީ ބެނާރ ދަމައިފައިވާ ގެތަކަށް ބިރުދެއްކުމާއި ނަގަން އެންގުން ގާނޫނު އަސާސީއާއި ހިލާފުވާކަމަށެވެ. އަދި މިކަން މިއުސޫލުން ސަރުކާރުން ކުރައްވަމުން ގެންދަވަނީ ދިވެހި ރައްޔިތުން އިންޑިއާ މިލިޓަރީ މިފަސްގަނޑުގައި ތިބުމާއި ދެކޮޅަށް ޝުއޫރު ފާޅުކުރަމުންދާ މަންޒަރު ”ހަޖަމް ކުރަން“ ދަތިވުމުންނާއި އިންޑިއާގެ ސަރުކާރުން މިކަމާއި މެދު ވަރަށް ބޮޑަށް ހިންހަމަ ނުޖެހިފައިވާތީ ކަމަށެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ގަރާރެއްވެސް ނެރުއްވާ މިއީ ގައުމުގެ ސިޔާދަތަށް ގެއްލުވާކަމެއްކަމުގައި ނިންމަވާފައެވެ. މި ގަރާރު ނެރުއްވުމާއިއެކު ވަނީ މި ހަރަކާތާއި ގުޅިގެން ދަމާފައިވާ ބެނާތައް ނެގުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. އެގޮތުން މިހާރު ވަނީ ޕީޕީއެމްގެ އޮފީހުގައި ދަމާފައިވާ ”އިންޑިއާ އައުޓް“ ގެ ބޮޑު ދިދަ ފުލުހުން ވަދެ ނަގާފައިކަން ފާހަގަކޮށްލެވެއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތުދީ ބުނެފައިވަނީ މީގެ އިތުރަށްވެސް ބެހެއްޓިފައިވާ ދިދަތައް ނެގުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ. އަދި މިހާރު ވަނީ ”އިންޑިއާ އައުޓް“ ގެ ބެނާ ނެގުމަކީ ކުށެއްކަމުގައި ނިންމާ ކުށް ސާބިތުވެއްޖެނަމަ ޖަލު ހުކުމް އަންނާނެ ގޮތަށް ހަމަޖައްސާފައިކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: