ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން މަސްވެރިކަމަށް ނެރުމަށް އެދޭ ކޯޓާ ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް: ފޮޓޯ/
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަންކުރާ ދިވެހިންގެ ޢަދަދު މަދުވެ، ބިދޭސީން މަސްވެރިކަމަށް ނެރުމަށް ކޯޓާއަށް އެދުން އިތުރުވަމުންދާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލް ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ފައްޔާޒް ވިދާޅުވީ މަސްވެރިކަން ކުރާ ދިވެހިންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުން ކަމުގައެވެ. އަދި ބިދޭސީން މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ވަރު އިތުރު ވާކަން ދޭހަކޮށްދެނީ މަސްވެރިކަމަށް ބިދޭސީންގެ ކޯޓާ ހޯދުމަށް އޮޑިވެރިން އެދޭ މިންވަރު އިތުރުވެފައިވާތީ ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ގާނޫނުގައި ބަޔާން ކުރާ ގޮތުގައި މަސްވެރިކަން ކުރާ ދިވެހި އުޅަނދުފަހަރުތަކުގައި ބިދޭސީން ގެންގުޅެވޭނެ އަދަދާއި އެމީހުންނަށް ކުރެވޭނެ މަސައްކަތަާއި ނުކުރެވޭނެ މަސައްކަތް ތައް ބަޔާންކޮށްފައިވެއެވެ. އެގާނޫނުގައި ވާ ގޮތުން މަސްވެރިކަން ކުރާ އޮޑިދޯނި ފަހަރުގައި ބިދޭސީންނަށް މަސްވެރިކަމުގެ މަސައްކަތުގައި ނޫޅެވޭނެއެވެ. ނަމަވެސް އެހީތެރިއެއްގެ ގޮތުގައި ބިދޭސީން މަސްދޯނި ތަކުގައި ގެންގުޅެވިދާނެއެވެ.

މިނިސްޓަރުގެ ކަންބޮޑުވުންތަކާއެކު ކޮމިޓީގެ މުޤައްރިރު އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ވަނީ އެންމެ ދިވެއްސަކާއެކު މުޅިން ބިދޭސީން ތިބެ މަސްވެރިކަންކުރާ އުޅަނދެއް ދާދިފަހުން ރަށަކުން ފެނުނުކަމަށްވެސް ވިދާޅުވެފައެވެ.ފައްޔާޒް ވިދާޅުވީ ޒަމާނީ މަސްދޯނިފަހަރު ތަޢާރަފްވަމުން އައިނަމަވެސް، މަހަށްދާނެ ދިވެހިން ނުވެގެން ބައެއް އޮޑިފަހަރު މަހަށް ނުފުރާކަމުގެ ޝަކުވާވެސް ލިބެމުން އަންނަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: