ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަން އިކޮނޮމިކް މިނިސްޓްރީއާ އެމްޓީސީސީއާ ދެމެދު ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީއާ އިކޮނޮމިކް މިނިސްޓްރީއާ ދެމެދު ދެމެދު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދު އެވެ. އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމު ސޮއި ކުރައްވާފައިވާއިރު އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހައިލް އެވެ.

އެޗްޑީސީން އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި 100 ބައިވެރިންނަށް ފުރުސަތު ދޭނެ ކަމަށެވެ. މި ޕްރޮގްރާމު ފުރިހަމަ ކުރާ ބައިވެރިންނަށް އެމީހުން ޕްރޮގްރާމު ފުރިހަމަ ކުރާ ދާއިރާ އަކުން ނެޝަނަލް ލެވަލް ތިނެއްގެ ސެޓްފިކެޓެއް ދިނުމަށް އެޗްޑީސީން ނިންމާފައިވެ އެވެ.

“މި ކޯޕަރޭޝަންގެ އަމާޒަކީ ކުރިމަގުގައި ވީހާވެސް ގިނަ ހިދުމަތްތެރި ފަންނީ ޒުވާނުން ބިނާކޮށް މަސައްކަތުގެ މާހައުލަށް ނެރުން ކަމުގައި މިފުރުސަތުގައި ފާހަގަކުރަމެވެ.” އެޗްޑީސީން ބުނެފައިވެ އެވެ.

އެމްޓީސީސީން ބުނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭނީ އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ބަލައި ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ހޯދުމަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.

އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ މީހުންގެ ހާޒިރީ ރިޕޯޓާއި މަސައްކަތް ކުރާ ގޮތުގެ ރިވިއު ރިޕޯޓެއް ކޮންމެ މަހަކު އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ. އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ސެޓްފިކެޓެއް ދިނުމަށް އެމްޓީސީސީން ވެސް ނިންމާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: