ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ހުއްޓުވާ ގަރާރަށް ގޮންޖެހި ކަމަށް ބުނެ ޓީޗަރަކު ސަސްޕެންޑް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

“އިންޑިއާ އައުޓް” ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނެރުއްވި ގަރާރަށް ފާޑު ކީ ކަމަށް ނިންމާ އަރަބިއްޔާ ސްކޫލުގެ ޓީޗަރަކު އެޑިއުކޭޝަން މިނިސްޓްރީން މަސް ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

“އިންޑިއާ އައުޓް” ޖެހި ބެނާތައް ފުލުހުން ނުކުމެ މިހާރު ނަގަމުންދާތީ އެކަމާ ގުޅުވައިގެން ޒަމްޒަމް ކުރެއްވި ޓްވީޓަތެއްގައި ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ތިމާގެ އަމިއްލަ ގެދޮރުގައި ދަމާ ބެނާއެއްގައި، ބޭރުގެ ގައުމެއްގެ ނުފޫޒާއި އަޅުވެތިކަން ރާއްޖޭގައި އޮތަތީ ކަންބޮޑުވުން ފާޅުކުރުމަކީ ޤާނޫނީ ކުށަކަށް ނުވާ ހިނދު، އެކަމަށް ހުރަސްއެޅުމީ ޣައިރު ޤާނޫނީ އަމަލެއް ކަމުގައި ނޫނީ ނުވާނެ ކަމަށެވެ.

ގަރާރަށް ގޮންޖެހި ކަމަަށް ބުނެ ސަސްޕެންޑް ކުރީ އަރަބިއްޔާ ސްކޫލުގެ ހަދީސް ޓީޗަރު އައްޝައިހް ޒަމްޒަމް ފާރިސް އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއި ކުރައްވައި ޒަމްޒަމް ފާރިޝްއަށް ފޮނުއްވި ސަސްޕެންޝަނުގެ ލިޔުމުގައި ވަނީ އޭނާގެ އަމަލަކީ ސިވިލް ސާވިސް މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި ދައުރާއި ޒިންމާތަކާ ހިލާފުކަމެއް ކަމަށެވެ. މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ޒަމްޒަމަށް ނަސޭހަތްތެރި ވެވިފައި ވާކަމަށް ވެސް އެ ލިޔުމުގައި ވެއެވެ.

“މި ކަމަކީ ދިވެހި ސިވިލް ސާވިސްގެ ގަވައިދުގައި ބަޔާންކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ދައުރާއި، ޒިންމާތަކާއި އަދި އުޅުމާއި ސުލޫކް ބަހައްޓަން ޖެހޭ ގޮތާއި ކޯޑް އޮފް ކޮންޑަކްޓް ތައާރުޒުވާ ކަމަކަށް ވީ ހިނދު، އަދި މީގެ ކުރިން ވެސް މި ބާވަތުގެ ކަންކަމުގައި ޒަމްޒަމް ފާރިޝް ހާޒިރުކޮށް އިރުޝާދުދީ ނަސޭހަތްތެރިވެފައި ވެ އެވެ.” ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވައި ފޮނުއްވި ލިޔުމުގައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: