ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒާއި އެކު 2023 ކާމިޔާބު ކުރަން ފަސޭހަވާނެ: އަމީރު

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އަދި ފިނޭންސް މިނިސްޓަރ އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ކާމިޔާބު ކުރުމަށް މި ވަގުތު ކުރަމުން ގެންދާ އެންމެ މުހިއްމު ކަމަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ޗެއަޕާސަން ކަމަށް ގެނައުން ކަމަަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި އަމީރު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މިވަގުތު ކުރަމުންގެންދާ އެންމެ މުހިއްމު މަސައްކަތަކީ އެމްޑީޕީގެ ޗެއަޕާސަން ކަމުގެ އިންތިހާބަށް ފައްޔާޒް ގެނައުން ކަމަށެވެ.

މިހާތަނަށް ކެމްޕެއިނަށް ގިނަ ރަށްތަކަށް ދަތުރު ކުރެވިފައިވާކަން ފާހަގަކޮށް އަމީރު ވިދާޅުވީ، ޕާޓީގެ ހަރުގެތައް ނުހިނގާކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރީ އިންތިހާގައި ކަމަށެވެ.

ޕާޓީ ނުހިންގޭނަމަ އިންތިހާބުތައް ކާމިޔާބު ނުކުރެވުނީސްކަމަށް ދެކެވޭ ވާހަކައިގެ ރައްދުގައި އަމީރު ވިދާޅުވީ، އިންތިހާބުތަކާއި ދިމާކޮށް އާއްމު މެމްބަރުން އަމިއްލަ ޖީބުން އެތައް ހަރަދުތަކެއް ކުރާ ކަމަށެވެ. ނަމަވެސް ކުރިޔަށް އޮތް ތަނުގައި އެގޮތަށް ކަން ނުހިނގާނެކަމަށާއި، ޕާޓީ އާއި އާއްމު މެމްބަރުންނާއި ދެމެދުގެ ގުޅުން ވަރުގަދަވާން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ހިންގައި، 2023 ކާމިޔާބު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައި އަމީރު ވިދާޅުވީ، ފައްޔާޒްގެ ޗެއާޕާސަން ކަމުގެ ދަށުން އެ މަސައްކަތްތައް ފަަސޭހަވާނެ ކަމަށެވެ.

ސަރުކާރުގެ ޕްރޮޖެކްޓުތަކާއި މަޝްރޫއުތަކަށް އިޝާރާތްކޮށް އަމީރު ވިދާޅުވީ، ތަރައްގީގެ ޕްރޮޖެކްޓެއް މިވަގުތު ހިނގަމުން ނުދާ އެންމެ ރަށެއް ވެސް ނެތް ކަމަށެވެ. އަދި ވައުދުތަކުގެ ތެރެއިން، ރިޔާސީ ބަޔާނުގައި ފާހަގަ ކުރެއްވި މަސައްކަތައް އެވޯޑު ކުރެވި އެކި މަރުހަލާތަކުގައިވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މަސައްކަތައް އެދޭވެ މިންވަރެއްގައި ނުވަތަ ދާން ޖެހޭ ސްޕީޑުގައި ކުރިޔަށް ނުދާކަމުގައި ވާނަމަ އެ މަސައްކަތް ކުރިޔަށް ނުދާ ސަބަބުތައް އޮޅުންފިލުވައި ކޮންޓްރެކްޝަރުންނާއި މަޝްވަރާކޮށް ދިމާވާ ދަތިތައް ހައްލު ކުރާކަމަށެވެ.

އަމީރު ވިދާޅުވީ ސަރުކާރު ސްލޯކަމަށް ދައްކައިގެން ވާހަކަ ދައްކަންވީ އެއްވެސް ސަބަބެއް އޮތްކަމަށް އޭނާ ގަބޫލު ނުކުރާކަމަށެވެ. އަދި ސަރުކާރުގެ މަޝްރޫއުތައް ބާރު ސްޕީޑެއްގައި ކުރިޔަށް ދާކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ އަނިޔާވެރި ވެެރިއެއްގެ ގޮތުގައި ސިފަކޮށް، އަމީރު ވަނީ އެމަނިކުފާނަށް އިތުރު ދައުރެއް ލިބިވަޑައިގެންނެވި ނަމަ އިތުރު އަނިޔާވެރިކަން ފެނިގެން ދިޔައީސްކަމަށާއި އެކަން ތަކުރާރުވާން ދިވެހިން ބޭނުން ނުވާނެކަމަށް ވިދާޅުވެފަ އެވެ.

އަމީރު ވިދާޅުވީ އެމްޑީޕީ ނޫން ބައެއްގެ އަތް މައްޗަށް ރާއްޖޭގެ ވެރިކަން ދާން ދިވެހިން ބޭނުން ނުވާކަމަށެވެ. އަދި ޕާޓީގެ ކުރިމަގާއި، ހިންގުމުގައި ކުރިޔަށް އޮތްތަނުގައި ކުރިއެރުންތައް ލިބޭނީ ފައްޔާޒާއި އެކު މަސައްކަތް ކުރުމުންކަމަށް އަމީރު ވިދާޅުވި އެވެ.

އަންނަ މަހުގެ 14 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފައްޔާޒްގެ އިތުރުން ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. އަދި ކެމްޕެއިނުގައި އިންތި ޓީމުން ގެންދަވަނީ ސަރުކާރުގެ މަޝްރޫއުތަައް ކުރިޔަށް ނުދާކަމަށާއި އަދި ވައުދު ފުއްދުމަށް މަސައްކަތްތައް ނުކުރެވޭކަމަސް ބުނެ ފާޑުވިދާޅުވަމުންނެވެ. އެކަމަށް ރައްދު ދީ ފައްޔާޒްގެ ޓީމުން ސިފަ ކުރަނީ އެއީ ސަރުކާރަށް ޖެއްސުން ކުރުމުގެ އަމަލެއްގެ ގޮތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: