ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން ނިކުމެ “އިން ޑިއާރ އައުޓް” ޖެހި ބެނާ ވެސް ނަގައިފި

އިދިކޮޅުން އިންޑިއާ އައުޓް ބެނާތައް އަނެއްކާވެސް ދަމަން ފެށުން/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅު ޕީޕީއެމް އިން ހިންގާ ހަރަކާތުގެ ތެރެއިން އިންޑިއާ އައުޓްގެ ސްޕެލިން ބަދަލުކޮށްގެން މާލޭގެ އިމާރާތެއްގައި ނެގި ބެނާ އެއް ނަގައިފިއެވެ.

އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ނުފޫޒުތައް ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގަރާރެއް އާއްމު ކުރައްވާފަ އެވެ. އިދިކޮޅުން ގައުމުގެ ސުލްހަމަސަލަސް ގެއްލުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ ރައީސްގެ ގަރާރުގައި ވަނީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ނަހަމަ ގޮތުގައި ހިފުމުގެ ޖާގަ ނުދެވޭނެ ކަމަށެވެ.

އިންޑިއާ އައުޓްގެ ހަރަކާތްތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތްތަކަށް އެންގި އެންގުމުގެ ދަށުން ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެ ހިމެނޭހެން މަލޭގެ ބައެއް ގެތަކުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާތައް ފުލުހުން ނެގީ ކޯޓު އަމުރެއްގެ ދަަށުންނެވެ. އެ މައްސަލައިގައި ފަހުން އިދިކޮޅުން ބެނާތައް ދަމަން ފެށީ “އިންޑިއާ އައުޓް” އިނގިރޭސި ބަހުން އޮޅުވާލައިގެންނެވެ. ނަމަވެސް މިއަދު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެ ބެނާތައް ވެސް ނަގާފަ އެވެ.

ރައީސްގެ ގަރާރަށް ދެކޮޅު ހަދައި ނޫސްވެރިންނާއި ބައްދަލުކޮށް އިދިކޮޅުން މީޑިއާތަކާއި ބައްދަލުކޮށް ބުނީ މިއީ ގާނޫނު އަސާސީ އާއި ހިލާފު އެންގުމެއްކަމަށާއި ގަރާރުގެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަދި މިފަދަ އެންގުމެއް އަންނަން ވާނީ، ނުވަތަ ތަންފީޒު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނެއްގެ ދަށުންކަމަށް އިދިކޮޅުން ބުންޏެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: