ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް އޮފީސް

މޫސުން ގޯސް ދުވަހެއް / ފޮޓޯ: މިހާރެު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމުގައި މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފި އެވެ.

އެ އިދާރާއިން އާންމު ކޮށްފައިވާ މައުލޫމާތު ތަކުގައި ވާ ގޮތުން މި ހަފްތާގެ ހުކުރު އަދި ހޮނިހިރު ދުވަހު، އުތުރާއި މެދު ރާއްޖެތެރޭ އަށް ގުގުރުމާއި އެކު ވިއްސާރަ ވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ދެކުނުގެ ބައެއް އަތޮޅު ތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ބުނެފައިވެއެވެ.

މެޓް އޮފީހުގެ ފަރާތުން ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ހުދުސަމާލު އިއްޔެގެ ހަވީރު 5 އިން 11 އަށް ވަނީ ނެރެފައެވެ. އެވަގުތު ތަކުގައި ގުގުރުމާއެކު ވިއްސާރަ ކުރަމުންދާއިރު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އެގޮތުން އިއްޔެ ހަވީރުން ފެށިގެން ރޭ 12 ޖަހަންދެން ވެރިރަށް މާލެއަށް ވެސް ވަނީ ބޯކޮށް ވިއްސާރަ ވެހިފައެވެ.

މި ހަފްތާ ބަންދުގައި ވިއްސާރަކުރި ނަމަވެސް މެޓް އޮފީހުން ހާމަކުރާ ގޮތުގައި އާދިއްތަ ދުވަހުން ފެށިގެން ހޫނުގަދަވާން ފަށާނެއެވެ. އެހެން ދިމާވަނީ މިއީ އިރުވައި މޫސުމުގެ ދުވަސްވަރު ކަަމަށް ވާތީ ކަމަށް އެއިދާރާއިން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: