ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް އާސަންދައިގެ ލުއިތައް ނިނުމަކަށް، ދެން ބޭސް ސިޓީއަށް ބޭސްތައް ދޫކުރާނީ އެއްފަހަރު!

ބޭސްފިހާރަތަކެއްގެ ނަން ބޯޑުތަކެއް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 އާއި ގުޅިގެން އާސަންދަ ސްކީމްގެ ދަށުން ބޭސް ފަރުވާއަށް ދިން ލުއިތައް އުވާލައިފި އެވެ.

ދިގުމުއްދަތަށް ބޭސްބޭނުން ކުރާ ފަރާތްތަކަށް ބޭސްދޫކުރުމާއި ގުޅޭގޮތުން އާސަންދަ ކުންފުނިން ލުއި ގޮތްތަކެއް ތައާރަފުކޮށް އިއުލާނު ކުރީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ރިއާޔަތްކޮށް 2020 ވަނަ އަހަރު އެވެ.  އެގޮތުން އާސަންދަ ސްކީމްގެ ތެރެއިން ދިގު މުއްދަތަށް ބޭސް ބޭނުން ކުރާ ފަރާތްތައް އަލުން ޑޮކްޓަރަށް ނުދައްކައި، ކުރިން ޑޮކްޓަރު ދީފައިވާ ބޭސް ސިޓީއަކަށް އަލުން ބޭސް ނެގޭނޭ އިންތިޒާމް ހުރިހާ ފާމަސީއަކުން ލިބޭނެ ގޮތް ހަމަޖައްސާފައި ވެއެވެ.

ލުއިތަކުގެ ތެރޭގައި އާސަންދަ ސްކީމްގައި ނުހިމެނުނު ނަމަވެސް ޑޮކްޓަރީ ބޭހުގެ ހިދުމަތް ދޭ ހުރިހާ ތަނަކުން ވެސް ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް ލިޔެދޭ ބޭސް ސިޓީތަކަށް ހާއްސަ އެހީއެއްގެ ގޮތުން އާސަންދަ ސްކީމްގެ ތެރެއިން ބޭހުގެ ހަރަދު ހިމެނުން ފާހަގަ ކުރެވެ އެވެ.

އާސަންދައިން ވަނީ މި ލުއިތަކަށް ބަދަލު ގެނެސް، ކުރީގެ އުސޫލަށް އަމަލު ކުރަން ފަށާފަ އެވެ. އެހެން ކަމުން ދެން ކޮންމެ ބޭސް ސިޓީއަކަށް ވެސް ބޭސްތައް ދޫކުރަމުން ދާނީ އެއް ފަހަރު އެވެ. އަދި ކުރީގެ ބޭސް ސިޓީއަށް އަލުން ބޭސް ދޫކުރުން ހުއްޓާލާނެ އެވެ. އާސަންދައިން ބުނީ ބޭސް ހުސްވެ، އަލުން އެ ދޫކުރާނީ އައު ބޭސް ސިޓީއަކަށް ކަމަށެވެ.

ގެނެވުނު ބަދަލުތައް:

  • އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތް ފޯރުކޮށްދެވޭނީ ހަމައެކަނި ”ވިނަވި“ ޕޯޓަލް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން އެކަނިކަން
  • އޮންލައިން ކޮންސަލްޓޭޝަންގެ ތެރެއިން ބަލިމީހާއަށް އިތުރު އެއްވެސް ޚިދުމަތެއް ނަގަން ރިކުއެސްޓް ކުރާނަމަ، އެ ރިކުއެސްޓެއް އިންނަން ވާނީ ”ވިނަވި“ ޕޯޓަލްގެ ތެރެއިން ރިކުއެސްޓު ކުރެވިފައި، ”ވިނަވި“ ޕޯޓަލްއިން ރިކުއެސްޓްކުރެވިފައި ނުވާ ސަވިސްއަކަށް ހިދުމަތެއް ނުދެވޭނެ
  • ދިގުމުއްދަތަކަށް ބޭސްކުރަންޖެހޭ ބަލިތަކަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށްވެސް ކުރިން ހިދުމަތް ފޯރުކޮށްދެމުން ދިޔަ ގޮތަށް، ކޮންމެ ބޭސް ސިޓީއަކަށް ވެސް ބޭސް ދޫކުރެވޭނީ އެއް ފަހަރު، އަދި އަލުން ބޭސް ނަގަންޖެހޭ ނަމަ، އައު ބޭސްސިޓީއެއް ހޯދަން ޖެހޭނެ
  • އާސަންދަ ސްކީމްގެ ދަށުން ކަވަރޭޖް ދެވޭނީ އައިޑީކާޑު/ޕާސްޕޯޓް ކާޑުގެ އަސްލު ނުވަތަ ސޮފްޓް ކޮޕީ ހުށަހެޅުމުން ސްކީމްގެ ތެރެއިން ދޫކުރެވޭނީ ހަމައެކަނި އީ ޕްރިސްކްރިޕްޝަންއަށް އެކަނިކަން (އަތުން ލިޔެފައިވާ ބޭސް ސިޓީތަކަށް ބޭސް ދޫ ނުކުރުން)

އާސަންދައިން އާއްމު ކުރި ބަޔާނުގައި ބުނީ ދެން އޮންލައިން ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ފޯރުކޮށް ދޭނީ ހަމައެކަނި ”ވިނަވި“ ޕޯޓަލް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން ކަމަށެވެ. އަދި އޮންލައިން ކޮންސަލްޓޭޝަންގެ ތެރެއިން ބަލި މީހާއަށް އިތުރު ހިދުމަތެއް ނަގަން ”ވިނަވި“ ޕޯޓަލް މެދުވެރިކޮށް އެދި ހުށަހެޅުމަށާއި، އެ ޕޯޓަލް މެދުވެރިކޮށް ހުށަނާޅަމަ ހިދުމަތް ނުދެވޭނެކަމަށް އާސަންދައިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: