ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުވާތައް ކުރިޔަށް ނުގެންދެވޭނެކަމަށް ބުނެ އާޒިމާ ސުޕްރީމް ކޯޓަށް!

އާޒިމާގެ މައްޗަށް ކުރާ މަނީލޯންޑާއަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އަޑުއެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑާރ ކުރުމަށް އެހީތެރިވެދިންކަމުގެ ތުހުމަތަށް، އެމަނިކުފާނުގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިޔަށް ގެންދެވޭނެކަމަށް ހައިކޯޓުން ނިންމި މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމައިފި އެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ވެރިކަމުގައި ހުންނަވައިގެން މަނީލޯޑާރ ކުރެއްވި ކަމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާޒިމާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައިގައެވެ. މި މައްސަލައިގައި ރައީސް ޔާމީނަށް އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން، އިތުރަށް ދައުވާ ކުރިޔަށް ނުގެންދެވޭނެކަމަށް އާޒިމާގެ ފަރާތުން ކޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށެވެ.

މި މައްސަލަ ކުރިޔަށް ނުގެންދެވޭނެކަން ފާހަގަކޮށް އާޒިމާ ހައިކޯޓަށް އެންމެ ފުރަތަމަ ހުށަހެޅި މައްސަލައިގައި ބުނީ މިއީ މަދަނީ މިންގަނޑަކުން ބެލެވެން ނެތް ދައުވާތަކެއް ކަމަށެވެ. އާޒިމާގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާރ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ، ރައީސް ޔާމީންގެ ހުކުމް ބާތިލުކޮށް ރާއްޖޭގެ އެންމެ މަތީ ކޯޓުން ވެސް ނެރުނު ހުކުމުން މަނީ ލޯންޑްރިންގެ ދައުވާގައި ފުރިހަމަ ވާންޖެހޭ ހުރިހާ ނުކުތާތަކެއް ފުރިހަމަ ނުވާކަން އެނގޭ ކަމަށެވެ. އަދި އެ ހުކުމާއި އެކު، އޭނާގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާ ނުއުފުލޭނެކަމަށް ފާހަގަކޮށް އެ ނުކުތާ ނެންގެެވި އެވެ.

ޝަރީއަތުގެ އަޑުއެހުންތަކުގައި އާޒިމާގެ ފަރާތުން ދިފާއަށް ހުށަހެޅީ ސުޕްރީމް ކޯޓުން ނެރުނު ރައީސް ޔާމީންގެ ހުކުމް އެކަންޏެވެ. އަދި އެ ހުކުމް ހުށަހަޅައި ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް ވީ ދައުލަތަށް ލިބެން ޖެހޭ، ދައުލަތުގެ ފައިސާ ކަމާއި މެދު އުފެދޭ ސުވާލުތަކަށް ސީދާ ޖަވާބުތައް ދައުލަތަށް ނުދެވޭކަމަށެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިޔަށް ދާތީ، އާޒިމާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގައި އެ ކޯޓުން ނިންމީ މަދަނީ މިންގަނޑުން މައްސަލަ ކުރިޔަށް ގެންދެވޭތޯ ބަލާއިރު ދައުލަތުން ހުށަހެޅި ހެކިތަކުގެ އެންމެ ފުނަށް ދާން ނުޖެހޭ ކަމަށެވެ. އެހެންކަމުން މިހާރު ހުށަހަޅާފައިވާ ހެކިތަކުން ޝަރީއަތް ކުރިޔަށް ގެންދެވޭނެކެމަށް ހައިކޯޓުގެ ނިންމުމުގައި ވެއެވެ.

މައްސަލައިގައި އާޒިމާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ އަދި ވެސް ތަހުގީގު ފުރިހަމަ ނުވާ މައްސަލައެއް ކަމަށާއި އެހެން ކަމުން ތަހުގީގު ފުރިހަމަ ނުވާ މައްސަލައެއްގައި މީހެއްގެ މައްޗަސް ދައުވާ ނުކުރެވޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މަނީލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް ކުރާއިރު ދައުކަތުން މައްސަލަ ސާބިތު ކުރުމަށް އެފަދަ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށާއި ހެއްކެއް ނެތި މީހެއްގެ މައްޗަށް ދައުވާ ނުކުރެވޭނެކަމަށް އާޒިމާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: