ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯސަން މަގުން ފެނުނު މަސްތުވާތަކެތީގެ މައްސަލަ: ދެ ދިވަހިން ވެސް ބަންދުން ދޫކޮށްލައިފި

ސޯސަން މަގުގައި ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި އަތުލައިގަތް 17 ކިލޯގެ މަސްތުވާތަކެތި
ޝެއާރކޮށްލާ ކަހަލަދޯ؟

ސޯސަން މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގެ ތެރެއިން ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ދެ ދިވެހީން ވެސް ބަންދުން ދޫކޮށްލައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ކ. ހިންމަފުށި ސީސަންގޭ އަބްދުﷲ އަހުތަރާއި, ގ. ބްރައިޓްސްޓާ މުހައްމަދު އިމްއާން ސަލީމާއި, ބަންގްލަދޭޝްގެ މުހައްމަދު ބުރުހާނުއްދީނާއި, އަބްދުއްރަހްމާނެވެ.

މިދިޔަ މާޗު މަހު ސޯސަން މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގެ ތެރެއިން ފުލުހުން އަތުލައިގަތް 17 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު 15 މިލިއަން ދިވެހި ރުފިޔާއަސް އަރަ އެވެ. މި މައްސަލައިގައި ޖުމްލަ ހަތަރު މީހަކު ހައްޔަރު ކުރިއިރު، އޭގެ ތެރޭގައި ހިމެނޭ ދެ ބިދޭސީ މީހުން މިދިޔަ ހަފްތާގައި ބަންދުން ދޫކޮށްލީ އެ މީހުންނާއި މަސްތުވާތަކެއްޗާއި ގުޅުމެއްވާކަން ސާބިތު ކުުރުމަށް ފުލުހުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވެ އެވެ. އެހެންވެ އެ މީހުން ބަންދުން ދޫކޮށްލީ ކުށް ކުރިކަމަށް ބެލެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައި ނުވާތީ އާއި، އެ މީހުން އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ އެވެ.

ކްރިމިނަލް ކޯޓުން ދެ ބިދޭސީން ވެސް ދޫކޮށްލީ މައްސަލަ ނިމެންދެން ޕާސްޕޯޓު ހިފަހައްޓައި، ޝަރީއަތަށް އެއްބާރުލުން ދޭން ޝަރުތު ކުރުމަށް ފަހު އެވެ.

ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބިދޭސީން ބުނީ އެ މީހުންނަށް ފައިސާ ދީ ޕިކަޕުގައި ހުރި ފޮށިތައް ބޭލުމަށް ބުނުމުން ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ދެ ދިވެހިން އެރޭ އެ ސަރަހައްދަށް ގޮސް ތިބީ އެއާއި ހަވާލުވާކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އިމްއާން ބުނާ ގޮތުގައި އޭނާ ސޯސަން މަގަށް ދިޔައީ އެ ސަރަހައްދުގައި ހުރި ގެއަކުން މީހަކާއި ބައްދަލު ކުރުމަށެވެ. އަދި އޭނާ ހައްޔަރު ކުރީ އެ ސަރަހައްދުގައި މަޑުކޮށްލައިގެން ހުއްޓައިކަމަށް އޭނާ ބުންޏެވެ.

އަހުތަރު ވެސް ބުނީ އޭނާއައި މަސްތުވާތަކެއްޗާއި އެއްވެސް ގުޅުމެއް ނެތްކަމަށާއި، ހައްޔަރު ކުރީ މަގުމަތީ ހުއްޓައި ކަމަށެވެ. ދެ ދިވެހީންނަކީ ވެސް މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ މީހުންނަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުން ދޫކޮށްލި ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިޔަށް ދާކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގައި މިދިޔަ ދުވަސްތަކުގައި ގިނަ ބަޔަކު ހައްޔަރު ކުރި ނަމަވެސް އިޖުރާއީ ބޮޑެތި ގޯސްތަކާއި ހެދި އެ މީހުން ވަނީ ދޫވެފަ އެވެ. އަދި ފުލުހުންގެ ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން ފަހުގެ ތާރީހެއްގައި އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް ހޯދިފައި ވަނީ ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: