ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ދެވަނަ ފަހަރަށް ވެސް ދެމި “އިން ޑިއާރ އައުޓް” ބެނާ ނަގައިފި

އިދިކޮޅުން އިންޑިއާ އައުޓް ބެނާތައް އަނެއްކާވެސް ދަމަން ފެށުން/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތް ހުއްޓުވުމަށްޓަކައި ރައީސް ނެރުއްވި ގަރާރުގައި “އިންޑިއާ އައުޓް” ޖަހާފައިވާ ބެނާތަށް ނެގުމަކީ ކުށެއްކަމުގައި ކަނޑައެޅުމާއިއެކު އިދިކޮޅުން ސްޕެލިގް ބަދަލުކޮށް ދެމި ބެނާތައް އަނެއްކާވެސް ނަގައިފި އެވެ.

ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދަވާ “އިންޑިއާ އައުޓް” ހަރަކާތަކީ މިހާރުގެ ސަރުކާރުން ވަރަށް ބޮޑަށް ނުރުހުން ވެލައްވާ ހަރަކާތެކެވެ. އަދި ސަރުކާރަށް ތާއީދު ކުރާ ގިނަ ބަޔަކު އަންނަނީ މި ހަރަކާތުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި ސަލާމަތަށް ބުރޫ އަރާނެކަމުގައި ވިދާޅުވަމުންނެވެ. އެގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިއީ ސިޔާސީ ބޭނުމުގެ އިތުރުން ހާރިޖީ ގުޅުންތަކަށް ބުރޫ އެރުވުމުގެ ގޮތުން ކުރިއަށް ގެންދަވާ ހަރަކާތެއްކަމުގައި ވިދާޅުވެފައެވެ. ނަމަވެސް އިދިކޮޅުން ބުނަމުން އަންނަނީ މިއީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރިއަށް ގެންދަވާ ހަރަކާތެއްކަމަށެެވެ.

ސަރުކާރުގެ ވާހަކަތަކަށް ފަސް ޖެހުމެއް ނެތި ރައީސް ޔާމީން ވަނީ މި ހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް އެއްވުންތައްވެސް އިތުރުކުރައްވާފައެވެ.

ސަރުކާރުން މި ހަރަކާތް ހުއްޓުވުމަށްޓަކައި ކުރަމުންދާ މަސައްކަތަށް އިދިކޮޅުން ބުނަމުން އައީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށާއި ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ގަރާރަކުން މި ހައްގު ހަނި ނުކުރެވޭނެކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތީ ގާނޫނު ދެމެހެއްޓުމަށްކަމަށާއި ނަމަވެސް ގާނޫނު ހެދުމުގެ ބާރު ލިބިގެން ނުވާނެކަމުގައިވެސް އެބޭފުޅުން އައީ ފާހަގަކުރަމުންނެވެ.

ރައީސް މިގަރާރު ނެރުއްވާފައިވަނީ “އިންޑިއާ އައުޓް” ޖެހި ބޮޑު ބެނާއެއް ރައީސް ޔާމީންގެ އޮފީހުގެ އިތުރުން އެމަނިކުފާނުގެ ގެކޮޅުގައި ދެމުމާއިއެކުއެވެ. މިހާރު މި ދެ ބެނާވެސް ވަނީ ކޯޓު އަމުރާއިއެކު ފުލުހުން ވަދެ ނަގާފައެވެ.

މިގޮތަށް “އިންޑިއާ އައުޓް” ޖަހާފައިވާ ބެނާތައް ނެގުމަށްފަހު އެފަދަ ބެނާތައް ނުދެމުމަށް ސަރުކާރުން އެއްގުމާއިއެކު އިދިކޮޅުން ވަނީ “އިން ޑިއާރ އައުޓް” ގެ ނަމުގައި ސްޕެލިންގް ބަދަލުކޮށް ބޮޑު ބެނާއެއް ނާގާފައެވެ. ނަމަވެސް މި ބެނާވެސް ދެމުމާއިއެކު ސަރުކާރުން ވަނީ މިކަންތައް ހުއްޓުވާ ބެނާނަގާފައެވެ.

ރައީސް ނަޝީދުވެސް ވަނީ ފުލުހުން ފޮނުވައިގެން ނަމަވެސް މިހަރަކާތުގެ ދަށުން ދަމާފައިވާ ބެނާތައް ނެގުމަށް ގޮވާލާފައެވެ. ނަމަވެސް ރައީސް ނަޝީދުގެ މި އެއްގެވުމާއިއެކު އެފަދަ އެންގުމެއް ރައީސް ނަޝީދަށް ނޭންގޭނެކަމަށް ބުނެ އިދިކޮޅުން ވަނީ ނޫސްވެރިންނާއިވެސް ބައްދަލުކޮށްފައެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް މަޖިލީހުގެ ކޮމިޓީތަކުގައި ވެސް މަސައްކަތްކޮށް، ތަޅުމުގައި ވަނީ ބަހުސްތަކެއްވެސް ކުރިއަށްގެންގޮސްފައެެވެ. އަދި މިއަދު ހަރަކާތްތައް ހުއްޓުވަން އަންގައި ތަންފީޒީ އިދާރާތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ މި ގަރާރު ނެރުއްވާފައި ވަނީ، އިންޑިއާ އައުޓްގެ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ނިންމާފައިވާތީއެވެ.

ގިނަ ބަޔަކު ހިޔާލުފާޅުކުރަމުން އައި ގޮތުގައި މި ގަރާރު ތަންފީޒްކުރެވޭނީ މަޖިލީހުން ފާސްކުރުމުންނެވެ. ނަމަވެސް އަދި ގަރާރު ފާސްކުރުމަށްޓަކައި މަޖިލީހަށް ހުށައަޅާފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: