ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ސަރުކާރު ދެމެހެއްޓޭނީ ފަޔާ ހޮވައިގެން: ޔާސިރު

ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 އާއި ހަމައަށް އެމްޑީޕީގެ ސަރުކާރެއް ދެމެހެއްޓޭނިީ ޕާޓީގެ ޗެއަޕާސަންކަމަށް އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލް ހޮއްވަވައިގެންކަމަށް ކުޅުދުއްފުށީ ދާއިރާގެ  މެންބަރު ޔާސިރް އަބްދުލްލަތީފް ވިދާޅުވެއްޖެ އެވެ.                                                        އެވެ.

އެތެރޭގެ އިންތިހާބުގެ ވާދަވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި އެންމެ ބޮޑަށް ބަހުސް ކުރުމުގައި ބޭނުންކޮށް އޮޅެނީ ޕާޓީ އިސްލާހު ކުރާ ވާހަކައާއި ރައީސް މުހައްމަދު ނަޝީދު ޕާޓީން ބޭރު ކުރުމަށް ޕާޓީގެ އެތެރެއިން މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ ތުހުމަތުތަކެވެ. އަދި އެމްޑީޕީގެ އުސޫލުތަކާއި ހިލާފުވެ، ޕާޓީ ދަނީ މުޅިން އެހެން މަގަކުންކަމަށް ބުނެ ބަސްތައް ދަނީ ބަދަލު ކުރަމުންނެވެ.

އެމްޑީޕީގެ އިންތިހާބުގައި ޗެއާޕާސަނަކަށް ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސްކަމަށް އައުމަށް ރޮޒެއިނާ ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިންތިހާބަށް ފައްޔާޒާއި އެކު މަސައްކަތް ކުރައްވަމުން ގެންދަވާ، ރޮޒެއިނާ ވިދާޅުވީ ހުރިހާ މެމްބަރުން ވެސް ބޭނުން ވަނީ މި ސަރުކާރާއިއެކު ޕާޓީއާއި ސަރުކާރު ގުޅިގެން މަސައްކަތްކޮށް އެމްޑީޕީ ހިންގާލައި 2023  ކާމިޔާބު ކުރުމަށް ކަމަށެވެ. އެކަން ފާހަގަކޮށް ރޮޒެއިނާ އާއްމު ކުރެއްވި ވީޑިއޯގައި ޔާސިރު ވިދާޅުވީ ޕާޓީ އާއި ސަރުކާރު މަސައްކަތް ކުރަން ޖެހޭނީ އެކުގައި ކަމަށެވެ.

ޔާސިރު ވިދާޅުވީ ފެންނަން އޮތް ހަގީގަތަކީ، ދިވެހި ރާއްޖެ ތަރައްގީ ކުރުމަށާއި އުތުުރުގެ އިތުރުން ވަކިން ހާއްސަކޮށް އޭނާ ނިސްބަތްވާ ކުޅުދުއްފުށީގެ ތަރައްގީ އެންމެ ބޮޑަށް ގުޅިފައި ވަނީ އެމްޑީޕީގެ ވެރިކަމާއިކަމުގައިކަމެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުކަމުގައިވާ 2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހިންގަވަމުން ގެންދިޔަ ތަރައްގީގެ މަސައްކަތްތައް ސަރުކާރު ވެއްޓުމާއި ގުޅިގެން ހުއްޓިގެން ދިޔަކަމުގައި ފާހަގަކުރައްވާ ޔާސިރު ވިދާޅުވީ، މިކަމުގެ ސަބަބުން 7 އަހަރުގެ މުއްދަތަކަށް މިގޮތަށް ދެމިގެން ދިޔުމަށްފަހު މި މަސައްކަތްތަށް އަލުން ފައްޓަވައި ދެއްވީ ޕާޓީގެ ދެވަނަ ރައިސް އިބްރާހީމް މުހައްމަދު ސާލިހުކަމުގައެވެ.

މިވަގުތު އޭނާއަށް އެންމެ މުހިއްމީ މުސްތަގުބަލަށާއި އެކީގައި، ދިވެހި ރާއްޖޭގައި އެމްޑީޕީގެ ވެރިކަމެއް ދެމެހެއްޓުންކަމުގައި ޔާސިރު ވިދާޅުވިއެވެ. މި މަސައްކަތް ކުރެވޭނެ ބޭފުޅަކީ ޗެއާޕާންކަމަށް ވާދަކުރައްވާ ދެބޭފުޅުންގެ ތެރެއިން އޭނާ ގަބޫލު ކުރާގޮތުގައި ފައްޔާޒް އިސްމާއީލް ކަމުގައި ޔާސިރު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ހުރިހާ މެންބަރުންވެސް ކުރިއަށް އޮތް އިންތިހާބުގައި ޗެއާޕާސަންކަމަށް މިނިސްޓާ ފައްޔާޒަށް ވޯޓު ދެއްވުމަށް ޔާސިރުވަނީ އިލްތިމާޒުކުރައްވާފައެވެ. އަދި 2023 އަށް މި ވެރިކަން ދެމެހެއްޓޭނީ ފައްޔާޒް އިސްމާއީލް ހޮއްވަވައިގެންކަމުގައި އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: