ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިކޮނޮމިކް މިނިސްޓްރީގެ އެޕްރެންޓެސްޝިޕް ޕްރޮގްރާމްގައި ފެނަކަ އާއި އެމްއޭސީއެލް އިން ބައިވެރިވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ހުށަހަޅާ ލިސްޓަކަށް ބިނާކޮށް ފެނަކަ އާއި އެމްއޭސީއެލްއާ އެކު އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދު އެވެ. ފެނަކަ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ސޮއި ކުރައްވާފައިވާއިރު އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ ހިއުމަން ރިސޯސަސް ޑިޕާޓްމެންޓުގެ ޖެނެރަލް މެެނޭޖަރު ގުރައިޝާ އިސްމާއިލް އެވެ.

މި އެއްބަސްވުމުގެ ދަށުން އެމްއޭސީއެލް އިން އިލެކްޓްރިކަލް، ވެލްޑިންގް، ރެފްރިޖެރޭޝަން އަދި އެއަރ ކޮންޑިޝަނިންގ އަދި މި ނޫންވެސް ދާއިރާތަކުން އެސިސްޓަންޓް ޓެކްނީޝަނުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ފެނަކަ އިން ތަމްރީންތައް ހިންގުމަށް ހަމަޖެހިފައިވަނީ ވޯޓަރ ޕްލާންޓް އެންޑް ސްވަރޭޖް އޮޕަރޭޓަރސްގެ އިތުރުން، އިލެކްޓިރިކަލް އިންސްޓޯލޭޝަން އަދި މެއިންޓަނަންސް ދާއިރާއިންނެވެ.

މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ވަޒީފާގެ ބާޒާރަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލަށް ބޭނުންވާ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތުތަކެއް އެފަރާތްތަކަށް ފަހިކޮށްދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: