ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްތަހާ ވެސް ދަންނަ ބޭފުޅުންނެވެ.. ގައުމާ މެދު ފުންކޮށް ވިސްނަވާ ބޭފުޅުންނެވެ!

ވަނަ އަހަރުވެސް ވަރަށް ފޯރިއަރުވާ އެމްޑީޕީން ދައްކަމުންދިޔައީ "ވެރިކަން ނުވެއްޓޭނެ" ކަމުގެ ވާހަކަ - އަބްދުއްރަހީމް: --- ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ބުނާތީ އަޑު އަހަމެވެ. ރޯނު އެދުރުން ނަކީ ފިސާރި މޮޅު ބައެކެވެ. އެއީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. ވެރިކަމާއި މެދު ވިސްނާލުމުގެ ކުރިން ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައް ތަކެއް ހިމެނެއެވެ. ހުރިހާ ކަމެއް ނުހިމެނުނު ކަމުގައި ވީ ނަމަވެސް ފެންނަން ހުރި ކަންކަމާއި މެދު ނަޒަރު ހިންގާ ލެވޭތޯ ބަލައިލާނަމެވެ.

އަދުގެ ހާލަތަށް ނަޒަރު ހިންގާލާއިރު ފެނިގެންދަނީ ފުންނާބު އުސް ބޭފުޅުންނެވެ. ކަމަށް ގާބިލު ކަމަވޮށި ވެގެންވީ ބޭފުޅުންނާއި ފަންނުވެރި އެތަކެއް ހިދުމަތް ތެރިންނެވެ. އެއެންމެން ވެސް މަސައްކަތް ކުރަމުންގެންދަނީ ހެވާއި ލާބަ އާއި މަންފާ ކުރުވަނިވި މަސައްކަތްތަކުގައެވެ. އެކި ދާއިރާ ތަކުގައި އަރާ ތިއްބެވި މުފައްސިރުންނާއި އުސްތާޒުންނެވެ. ފަލްސަފާ ތައް ލިޔުއްވާ ކުޅަދާނަ ފިލޯސަފަރުން ނާއި ބަހުގެ ހަމަތައް ހިފަހައްޓަވައި ޅެންވެރިންނެވެ. މި ހުރިހައި އެންމެން ވެސް ތިބީ ގައުމު ހިމާޔަތް ކޮށް ގައުމަށް ދިމާވެދާ ނުރައްކާ ތަކުން ދިފާއު ކޮށް އިސްލާހު ކުރުމުގެ ހެޔޮ ނިޔަތާއެކުއެވެ.

ތެދުވެރި ކަމާއި އިހްލާސްތެރި ކަމާއެކު މަސައްކަތް ކުރާ މީހުންނަށް އެކަމުގެ ޖަޒާ ލިބޭނެ ކަން އެންމެންވެސް ދަނެއެވެ. އިންސާނާ އެންމެ ބޭނުންވާ ކަންތައް ތަކުގެ ތެރޭގައި ތަނަވަސް ކަމާއި ކުރިއެރުމާއި މާއްދިއްޔަތު ހިމެނެއެވެ. މިކަންކަމާ އެކުވެސް އެންމެ ބޭނުންވާ ކަންތައް ހާސިލް ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރަންޖެހެއެވެ. އެކި މީހުން އެކި ފަންނުގައި ކުޅަދާނަ ކަމަކީ އެންމެންވެސް ދަންނަ ހަގީގަތެކެވެ.

ހަމަ އެފަދައިން ސިފަކުރުމާއި މާނަ ކުރުން ވެސް އޮތީ ހަމަ އެ ހަމައިގައެވެ. ހިޔާލުގެ ނަޒަރިއްޔާތުގައި ރޭގަނޑާއި ދުވާލާއި ރޭދުވާ ބަދަލުވެ ދާ ދިއުމުގައި ވިސްނުމާއި ފިކުރު ކުރަން ޖެހޭ ކަންކަން ހިމެނެއެވެ. އެގޮތުން މަގުމަތީގެ އަދަބު ތަކުން ފަށައިގެން އާންމު ދިރިއުޅުމުގައި ވެސް ވައްޓަފާޅި އަކީ މުހިއްމު އެއްޗެކެވެ. މީހަކު އެމީހަކު ބައްޓަން ކުރަން ބޭނުންވާ ކަމެއް ނުވަތަ ހާސިލް ކުރަން ބޭނުންވާ ލަނޑުދަޑި ހާސިލް ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރެއެވެ.

ހިތާމައަކީ ބައެއްފަހަރު އެޅޭ ކަތި ފިޔަވަޅުތަކެވެ. ނަމަވެސް ދިރިއުޅުމުގައި ކުށް ކުރެވި އެ ކުރެވޭ ކުށުން އިބްރަތް ހާސިލް ކުރުމަކީ ކުރިއަށް ދިއުމަސް ލިބޭ އިތުރު ހިތްވަރެކޭ ވެސް ބުނެއުޅެއެވެ. އެގޮތުން އިންސާނާގެ ނަފްސާއި ޖިސްމު ވެސް ކަމެއް ހާސިލް ކުރުމަށް ގުރުބާން ކުރުމަކީ ގިނަ ފަހަރު ކަން ހިނގާދާ ގޮތެވެ.

ދައްކަން  ހުރި ވާހަކަ ބައިވަރެވެ. މިއަދު ދިމާވެފައި މިވާ ކަންތަކާއި މެދު މާދަމާއަށް ވިސްނާ ފިޔަވަޅު ނާޅައިފި ނަމަ ފަހުން ހިތާމަ ކުރަން ޖެހިދެއެވެ. މިހިސާބުން ހިތުގައި އުފެދޭ ސުވާލަކީ ވިސްނަންވީ ކޮންކަމަކާ މެދު ހެއްޔެވެ؟ ވިސްނާ ކުރާނެ ކަމެއް އޮވޭ ހެއްޔެވެ؟ ކޮންމެ ކަމެއްގައި ވެސް ވިސްނައިގެން ރޭވުންތެރިކަމާ އެކު އެކަން ކުރުމަކީ އެކަމުގައި އޮންނަ އެންމެ ރަނގަޅު ގޮތެވެ. މިސާލަކަށް ގެއެއް އިމާރާތް ކުރުމަށް ފުރަތަމަ ކަމަކަށް އެގޭގެ ޗާޓު ކުރަހަނީއެވެ. އެއަށް ފަހު ގޭގެ ބިންގާ އަޅަނީ އެވެ.އެކަން ކުރުމަށްވެސް މަޝްވަރާ އާއި ލަފާ ހޯދަން ޖެހެއެވެ. އެކަމާއި ގުޅޭ މާހިރުންގެ ކިބައިންނެވެ.

ހަމަ އެފަދައިން ކުރާ ކޮންމެ ކަމެއް ކުރުމުގެ ކުރިން އެކަމުގެ އިލްމު ލިބިތިބި މީހުން ކައިރިން މަޝްވަރާ ހޯދައިގެން ކުރާ ނަމަ އެކަމެއް ރަނގަޅުވެ ކާމިޔާބު ހާސިލް ވުމުގެ މަގު ފަހިވެގެންދެއެވެ. ވެރިކަމަކީ ވެސް އެފަދަ ކަމެކެމެ. ކައިރިއަށް އިސްކުރެވޭ ބައެއްގެ ސަބަބުން ނުކިއްސަރު ވެގެން ދާ ފަހަރުވެސް އާދެއެވެ. ލަފާދޭ ކޮމިޓީ ތަކާއި މަޝްވަރާ މަޖިލީސް ތަކުގެ ލަފައަށް ބަރޯސާވެ ކުރާ ކަންތައްތަކުން ފައިދާ ވެ ގެއްލުންވެއެވެ.

އެންމެނަކު އަބަދަކު ރުހޭ ކަމެއް ނުކުރެވުނަސް ގިނަ ބަޔަކު ރުހޭ ނަމަ ހަގީގަތުގައިވެސް އެކުރާ ކަމެއްގައި އަސްލެއް. ވާކަމީ ހަގީގަތެކެވެ. ހައްގުތައް ހިމާޔަތް ކުރުމަށް ހެދިފައި ހުރި ތަންތަން ގިނަ ކަމުން ދިރިއުޅުމުގެ ހައްގުންވެސް މަހުރޫމް ވަނީ މަދު ފަހަރަކު ނޫނެވެ. އެހިސާބުން އިހުމާލު ވީ މީހުން ހޯދަން ޖެހެއެވެ.

އިހުމާލު ވީ ވަގުތެވެ. ވަގުތެއް ނޫނެވެ. ހާލަތެވެ. ހާލަތާއި ނުބައްދަލުވީ ކަން ހިނގުމަށް މެދުވެރިވި ސަބަބެވެ. ސަބަބުގައި ހިފައިގެން ވަކި ވީ ފައިދާ އެއްވެސް ނެތެވެ. އާހިރުގައި ވީ ކަމެއް ނުވާ ކަމަކަށްވެސް ހެދޭކަށް ނެތެވެ.

ފެށުމާއި ނިމުން ކޮންމެ ކަމެއްގައި ވެސް ވެއެވެ. ރަނގަޅު ފެށުމަކަށް ނުރަނގަޅު ނިމުމެއްވެސް އަތުވެދާނެއެވެ. ހަމަ އެފަދައިން ނުރަނގަޅު ފެށުމަކަށް ރަނގަޅު ނިމުން ވެސް އާދެއެވެ. ނަޒަރިއްޔާތުގައި ދެކެވެނީ އެކި މިސްރާބެވެ. ހުޅަނގާއި އިރެވެ. ދެކުނާއި އުތުރެވެ.

ދުނިޔޭގެ މިސްރާބު ބަދަލު ވަނީ ޒަމާނާއި ގުޅިގެންނެވެ. ގެނައި ޒަމާނީ ބަދަލަށް ދޭނެ ނަމަކީ ޑިމޮކްރަސީ އެވެ. އެކުވެރިކަމުގެ އާ ސިފައަކާއި ލާމަސީލު ނަމޫނާ އެވެ. އެއާއި އެކު އުފަންވި ސިޔާސީ ކުލަތަކުން ޖަރީ ވެފައިވާ ޕާޓީ ތަކެވެ. ދިރުމެއް އޭގައި ނެތަސް އިންސާނުން ހިމެނި ފުރާނަ އެޅިފައިވާ ސިޔާސީ ޕާޓީ ތަކެވެ. އެކުވެރިކަން ވެސް މިނެ ކިރަނީ އެ ސިޔާސީ ފިކުރެވެ.

އެކަމުގައި ގޯހެއް އޮތަސް ނެތަސް މިއަދު ޒަމާނަށް އައި ބަދަލާއެކު މިކަން ވެސް މިވަނީ ތާރީހުގެ ތެރެއަށް ގޮސް ވަދެ ނިމިފައެވެ. ހުޅަނގުން ގެނައި ޑިމޮކްރަސީ އަކީ އެކުވެރިކަން ތޯ ނުވަތަ ރުޅިވެރިކަންތޯ މިނެ ކިރާނީ ކިއުންތެރިންނެވެ. ސިޔާސީ ޕާޓީ ނުވަތަ ސިޔާސީ ކަންކަމާއެކު އުފަންވީ ހިޔާލު ތަފާތު ވުން ތަކެވެ. ކުރިން ބަޔާން ކުރެވުނު ރަނގަޅު ހިޔާލާއި ނުރަނގަޅު ހިޔާލެވެ. ރަނގަޅު ނުފޫޒާއި ނުރަނގަޅު ނުފޫޒެވެ. އެއާއި އެކު ދެން އިވެންފެށި އަޑަކީ ލާމަރުކަޒު ކުރާ ވާހަކައެވެ.

ލާމަރުކަޒު ވީ އިންސާނާގެ ބުއްދި ހެއްޔެވެ? ނުވަޒަ ގައުމުގައި ހުރި މުއައްސަސާ ތައް ހެއްޔެވެ? އަދިވެސް މިވާ ގޮތެއް ފަހުމް ވުވަށް ވަގުތު ނަގާނެއެވެ. ކުރިއަށް ޖެހިލަމާތޯ އެވެ. ތާރީހުގެ ތެރެއަށް ފީނާލަމާތޯ އެވެ? ދުނިޔޭގެ ގައުމު ތަކުގައި އުފެދުނު ހަޝާރަތް ތަކަށް ނަޒަރު ހިންގާލަމާ ހެއްޔެވެ?

ރަސްކަލުންނާއި ބޮޑު ވަޒީރުން އުޅުއްވިއެވެ. ރޯމަނުންނާއި ހަލީފާއިން އުޅުއްވިއެވެ. ހާދިމުން ނާއި ހާއިނުން އުޅުނު ކަމަށް ތާރީހުގެ ފަތް ފުއްތަކުގައި ލިޔެވިފައިވެއެވެ. މި އެންމެން ވެސް އެއް ކަމެއް ކުރުމުގައި އަވަދިނެތި އުޅުނެވެ. ގައުމު ހިންގުމުގައެވެ. އެބައެއްގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގައެވެ.  އެކަމުގެ ތެރެއިން އުފެދުނު ހަނގުރާމަ ތަކުން ލިބުނު އެތަކެއް ފިލާވަޅު ތަކެވެ. އެފިލާވަޅު ތަކުގެ އަލީގައި ކުރެވުނު ދިރާސާ ތަކުން ވުޖޫދު ވެގެން އައި ވެރިކަމުގެ އެކި ބަހާތަކެވެ.

ކޮންމެ ގައުމެއްގައި އެބައެއްގެ އަމިއްލަ ވަންތަ ކަން ރަމްޒުކޮށްދޭ ކަންތައްތަކެއް އެކުލެވެއެވެ. އެބައެއްގެ އަމިއްލަ ބަހަކާއި ސަގާފަތާއި އާދަ ކާދަ އެކުލެވެއެވެ. ވުމާއެކު ވެރިކަން ކުރުމުގައާއި އެކަމާއި ގުޅުން ހުރި އެންމެހައި ކަމެއްގައި އެބައެއްގެ އަމިއްލަ ގޮތް ތަކެއް އެކުލެވިގެން ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: