ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިހާދުގެ ފާޑުކިއުން އިންތި ޓީމަށް: “އީވާ ބްރޯމެން ފެކްޝަނުން އުޅެނީ ބަޣާވާތް ކުރަން”!

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު (ކ) ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ސަރުކާރުގެ ދިފާއަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ތާއީދު ކުރާ މެމްބަރުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ފޭދޫ ދާއިރާގެ މެމްބަރު ނިހާދު ވިދާޅުވެއްޖެ އެވެ.

އެތެރޭގެ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެ ޕާޓީގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޓްވީޓެއް ކުރައްވައި ނިހާދު ވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

އިންތިހާބުގައި އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވާ ނިހާދު ވިދާޅުވީ، އީވާ “ފެކްޝަނުގެ” ބޭފުޅުން ސަރުކާރު ދިފާއުކޮށް ސަރުކާރުގެ ސިޔާސަތުތައް ވިއްކަން އެއްވެސް ވަރަކަށް މަސައްކަތް ނުކުރާ ކަމަށެވެ. އަދި އޭގެ ހެކިތައް މިހާރު ފެންނަމުން ދާކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާދު ވިދާޅުވީ އީވާއާއި އެކު ތިއްބެވި މެމްބަރުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަލިކަށިކޮށް، ބަޣާވާތް ހިންގަމުން ކަމަށެވެ. އެހެން ކަމުން މި މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް ސަރުކާރަށް ގޮވާލާކަމަށް އޭނާގެ ޓްވީޓުގައި ވެއެވެ.

 

ޗެެއަރޕާސަން އިންތިހާބުގައި ފައްޔާޒް އާއި އިންތި ގެންދަވަނީ ހޫނުގަދަ ބަހުގެ ހަމަލާތެއް ބަދަލު ކުރަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ކެނޑިޑޭޓުން ނެރެ ކެމްޕެއިންތައް ކުރިޔަށްދާއިރު، ކެމްޕެއިނުގެ އެންމެ ބޮޑު އެއް ތުހުމަތަކީ ވެސް ސަރުކާރަށް ޖެއްސުންކޮށް ސަރުކާރު ވައްޓާލަން އުޅުމާއި 2023 ގެއްލުވާލަން މަސައްކަތް ކުރާ ވާހަކަ އެވެ. އަދި ރައީސްގެ ތާއީދާއި އެކު އިންތިހާބުގައި ވާދަ ކުރައްވާ ފައްޔާޒް ވިދާޅުވާ ގޮތުގައި ސަރުކާރަށް ޖެއްސުން ކުރުމުގެ ފުރުސަތު ނުދެވޭނެ އެވެ. އަދި އެމްޑީޕީއަކީ ވަކި ބައެއްގެ މުދާގަނޑެއް ނޫންކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދާއި ތާއީދާއި އެކު އިންތިހާބުގައި ވާދަ ކުރައްވާ އިންތި ވިދާޅުވީ އެމްޑީޕީ ހަލާކުކޮށް ޕާޓީ ފޭރިގަންނަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މީހުންގެ އެންމެ ބޮޑު އެއް ނިޔަތަކީ ރައީސް ނަޝީދު ޕާޓީން ބޭރު ކުރުންކަމަށާއި، އެ ފުރުސަތު ނުދޭނެކަމަށް ވިދާޅުވި އެވެ. އެމްޑީޕީގެ އަސާސްތަކާއި އުސޫލުތަކާއި ހިލާފަށް ޕާޓީ ދާކަމުގެ ތުހުމަތާއި އެކު އިންތިގެ ޓީމުން ވިދާޅުވަނީ ސަރުކާރު މަތީން ރައްޔިތުން ފޫހިވެ 2023 ގެއްލުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: