ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ސަބަބުތަކައްޓަކައި ދެން ބަންދުން ދުލެއް ނުކުރާނެ: ހައި ކޯޓު

ދިވެހިރާއްޖޭގެ ހައިކޯޓު --- ފޮޓޯ އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރިއަތް ނިމެންދެން ބަންދުގައި ބައިތިއްބާފައި ތިބޭ ފަރާތްތަށް ސިއްހީ ބޭނުމަށްޓަކައި ދެން ބަންދުން ދޫނުކުރެވޭނެކަމަށް ހައި ކޯޓުން ކަނޑައަޅައިފިއެވެ.

ޖަލުގައި އެކަށީގެންވާ ފަރުވާ ނުލިބޭ ކަމަށް ބުނެ ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖާ ކުރާއިރު ސިއްހީ ސަބަބުތަކަށްޓަކައި ދަށު ކޯޓުތަކުން ބަންދުން ދޫކުރެއެވެ. މިކަން މިގޮތަށް ކުރެވިދާނެކަމުގައި ހައި ކޯޓުގެ ނިންމުންތަކުވެސްވެއެެވެ.

ނަމަވެސް ހައި ކޯޓުންވަނީ ދެން އެކަން އެގޮތަށް ނުކުރާނެކަމުގައި ބުނެފައެވެ. މިކަން މިގޮތަށް ކަނޑައެޅިގެން ދިޔައީ 130 ކިިލޯ ޑްރަގް މައްސަލާގައި ދައުވާލިބޭ ދެ މީހަކު ދަށު ކޯޓުން ދޫކޮށްލާފައި ވަނިކޮށް އެ މީހުން އަލުން ބަންދުކުރަން ޖެހިގެން ކުރި ހުކުމްގައެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރުން އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވަނީ ބަންދު މުރާޖާ ކުރާއިރު ބަލަން ޖެހެނީ އެ މީހަކު ބަންދުގައި ބަހައްްޓަންޖެހޭ ސަބަބު ދެމިއޮތްތޯ އެކަނި ކަމަށާއި އަދި އެކަމުގައި ސިއްހީ ސަބަބުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ބުނާ ގާނޫނީ އުސޫލް ދެން ނޯންނާނެކަމަށެވެ. އަދި ގާނޫނެއްގައި އެކަން ބަޔާން ނުކޮށް، އެ ބާރު ފަނޑިޔާރުންނަށް ދޫކޮޮށްލުމުން ހަމަހަމަކަން ގެއްލިދިޔުމަށް މަގުފަހިވާ ކަމަށް ހުކުމުގައިވަނީ ފާހަގަކޮށްފައެވެ.

ފަނޑިޔާރު ހުސައިން ޝަހީދު އަދި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އަޣުލަބިއްޔަތު ރައުޔުގައި ބުނެފައިވަނީ ސިއްހީ ހާލަތަށް ރިއާޔަތްކޮށް، އެ ފަރާތެއްްގެ ބަންދާ މެދު ގޮތް ކަނޑައެޅުމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައި ކޯޓުގެ ގަޒިއްޔާ (ގަޒިއްޔާ ނަމްބަރު) އާއި އެ ނޫން ވެސް އެފަދަ އެހެން ގަޒިއްޔާތަކުގައި ބަޔާން ކުރެވިފައިވާ އުސޫލާ ދުރަށް ދާންޖެހޭކަމަށެވެ.

މި ހުކުމުގައިވާ ގޮތުން ބަންދު މުރާޖާ ކުރުމުގެ މަރުހަލާއަކީ ބަންދުގައި ތިބޭ މީހުންނަށް ފަރުވާ ނުލިބޭ ކަމަށް ބުނެ ކަރެކްޝަންސް ޒިންމާދާރުކޮށް، ޖަވާބުދާރީ ކުރުވަން ފުރުސަތު ދޭންޖެހޭ މަޖިލީހެއް ނޫންކަމަށެވެ. އަދި ޖަލުގައި ފަރުވާ ނުލިބޭކަމުގެ ޝަކުވާއެއް އޮތް ނަމަ އެކަމަށް ހައްލު ހޯދޭނީ ވަކި މަދަނީ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅައިގެން ކަމަށް ހުކުމުގައިވެއެވެ.

ކުރީގައިވެސް އަމަލުކޮށްފައިވާނީ އެ އުސޫލުންކަން ފާހަގަކޮށް، މިކަމުގެ މިސާލެއްގެ ގޮތުގައި ދެއްކެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު މީހަކަށް ޖަލުގައި ފަރުވާ ނުލިބޭތީ ސިވިލް ކޯޓަށް ހުށަހެޅި ދެ މައްސަލައެވެ. ނަމަވެސް މި ނުތާގައި އެ ބެންޗުގައި ދެން ހިމެނިވަޑައިގަތް ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔު ތަފާތެވެ. އޭނާ ފާހަގަކުރައްވާފައިވަނީ ސިއްހީ ސަބަބެއް އޮތުމަކީ އާންމު އުސޫލުން ބަންދުން ދޫކުރަން ޖެހޭ ކަމަކަށް ނުވިކަމުގައިވީ ނަމަވެސް، އެފަދަ ބައެއް ހާލަތްތަކުގައި ބަންދަށް ލުއި ދޭން ޖެހިދާނެކަމަށެވެ.

ފަނޑިޔާރު ޝަފީއުގެ ރައުޔުގައިވަނީ ސިއްހީ ފަރުވާ ލިބުމާއި ނަފްސު ރައްކާތެރި ކުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޮންނައިރު ސިއްހީ ޟަރޫރީ ހާލަތްތަކުގައި ބަންދަށް ލުއި ދެވިދާނެ ކަމަށް ބައިނަލްއަގްވާމީ މުއާހަދާތަކަށް ވެސް ހަވާލާ ދެއްވުމަށްފަހު ވިދާޅުވެފައެވެ. ކުރީގައި މިކަން ހައި ކޯޓުގައި ހުއްދަކޮށްފައިވަނީ ޟަރޫރީ ހާލަތްތަކަށް އެކަނި ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: