ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް ގެނެސް ދިނުމުގައި ދެމި އޮންނަ އެމްޑީޕީގެ ސަރުކާރެއް އޮތުމަކީ ރައްޔިތުންގެ އެންމެ ބޮޑު އުންމީދުކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ޗެއާޕާސަނަކަށް ވެސް ވާދަ ކުރައްވާ އިންތި މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ ސަރުކާރެއް އުފެދުމަށް ވާ ވައުދުތައް ނުފުއްދި އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދު ވެސް މަސައްކަތް ކުރެއްވީ ރާއްޖެއަށް އައު މުސްގަތުބަލަކާއި، ތަފާތު ވެރިކަމެއް ގެނެސް ދިނުމަށްކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ އޭރު އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ ގާނޫނު އަސާސީން ލާޒިމް ކުރާ ހައްގުތައް ކަށަވަރު ކުރުމަށް ކަމަށެވެ.
ރާއްޖޭގެ ރައްޔިތުނަކީ ހަމައިކޮޅަށް ތެދުވެވޭ ފަހުރުވެރި ރައްޔިތެއްގެ ގޮތުގައި ބިނާ ކުރުމަށް އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާކަމަށް އިންތި ވިދާޅުވި އެވެ. ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވާ ވާހަކަފުޅުތަކުގެ ތެރެއިން އެއް ކަމަކީ އެމްޑީޕީ އަކީ ވައްކަމާއި ހިޔާނާތުން ސާފުވެގެން ތިބޭނެ ބައެއްގެ ގޮތުގައި ތިބެން ޖެހޭނެ ކަމަށާއި އެގޮތަށް ބިނާވެގެންވާ ރައްޔިތަކު ބިނާކުރުމަކީ އެމްޑީޕީގެ އަމާޒު ކަމުގައި އިންތި ވިދާޅުވިއެވެ.
ރާއްޖެ މިވަގުތު ނުފެތި ފެންމަތީގައި މިއޮތީ ޓެކްސްގެ ނިޒާމެއް ރައީސް ނަޝީދު ތައާރަފް ކުރެއްވީމަކަމަށް އިންތި ވިދާޅުވި އެވެ. އޭރު އެކަމަށް މަސައްކަތް ކުރުމުން ބަޔަކު ދެކޮޅު ހަދައި ކޯޓަށް ދިޔަ ނަމަވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅު ގޮތެއްގައި ކުރިޔަށް ދާ އެންމެ ބޮޑު ސަބަބަކީ ރައީސް ނަޝީދު ޓެކުހުގެ ނިޒާމެއް ރާއްޖެ ގެނައުން ކަމަށް އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ ޓެކްސްގެ ނިޒާމް ތައާރަފް ކުރެއްވުމަށްޓަކައި އެ ނިޒާމުގެ މުހިއްމު ކަން ރައްޔިތުންނަށް އަންގައިދީ އެކަމާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް އޭރު ރައީސް ނަޝީދު މަގުމަތީ ހުންނަވައިގެން ލީފްލެޓް ބެއްސެވި ކަމަށެވެ. އަދި ރައީސް ނަޝީދު ޓެކްސްގެ މައުލޫމާތު ހިމެނޭ ލީފްލެޓް ހިއްޕަވައިގެން އެކި އެކި ކަންމަތީ ފިހާރަތަކަށް ވަދެވަޑައިގެން ޓެކްސް ގެ މުހިއްމު ކަން ކިޔައިދެއްވަމުން ގެންދެވި ކަމުގައި އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ އެދުވަހު ޓެކްސް ގެ ނިޒާމް ގާއިމް ކުރެވުނީ ތީ މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމް ގާއިމްކުރެއި އަސާސީ ކަންކަން ކުރެވިގެން ދާ ކަމުގައެވެ.
ގާނޫނު އަސާސީ އިން ލާޒިމް ކުރަނީ އަސާސީ ހައްގުތައް އާންމު ރައްޔިތުންނަށް ކަށަވަރުކޮށްދިނުން ކަމަށާއި ނަމަވެސް އެއަށް އަމަލު ކުރުމުގައި އަބަދުވެސް ބަލަންޖެހޭނީ އެންމެ ދަތި ހާލުގައި ތިބި މީހުންނަށް އިސްކުރުން ކަމުގައި އިންތި ވިދާޅުވިއެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް އުމުރުން ފަސްދޮޅަސް ފަސް އަހަރުގެ ބޭފުޅުންނަށް އިނާޔަށް ދެއްވުމާއި އެކަނިވެރިމައިންނާއި ނުކުޅެދުންތެރިންނަށް އިނާޔަތް އެމްޑީޕީގެ ސަރުކާރުގައި ރައީސް ނަޝީދު ދެއްވި ކަމުގައި އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ރާއްޖެ ބަދަލުކުރުމަށް މީހުން ހަމައިސްކޮޅަށް ތެދުވުމަށްޓަކައި ގެސްޓް ހައުސްގެ ވިޔަފާރި ތައާރަފްކުރުމުގެ ސަބަބުން ކެމްޕޭންގައި ދާރަށްތަކުން މީހުން އުފަލުން އުޅޭތަން ފެންނަކަމަށާއި އެމީހުންގެ ޖީބަށް ޑޮލަރު ރަށުގައި ތިބެނިކޮށް ވަންނަ މަންޒަރު ފެނިގެންދާ ކަމަށެވެ.

