ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލްތު މިނިސްޓަރު ނަސީމްގެ ތާއީދު ފައްޔާޒަށް!

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ޗެއާޕާސަންކަމުގެ އިންތިހާބުގައި ހެލްތް މިނިސްޓަރު ނަސީމް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވައިފި އެވެ.

މޭއި 14 ގައި ބާއްވާ އެމްޑީޕީގެ އިންތިހާބުގައި ފައްޔާޒާއި ދެން ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. ޕާޓީ އެއްކޮށް ދެ ބައިވެ ވާދަވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި ނަސީމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެނޑިޑޭޓު ފައްޔާޒަށް ތާއީދު ކުރެއްވި ނަމަވެސް ނަސީމަކީ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅެކެވެ.

ސަރުކާރާއި އެއްކޮޅު އަދި ދެކޮޅު ފެކްޝަނެއް އުފެދި ރައީސް މުހައްމަދު ނަޝީދާއި އަރިސް ބޭފުޅުން ގެންދަވަނީ އެމްޑީޕީގެ އަސާސްތަކާއި އުސޫލުތަކާއި ހިލާފުވަމުން ދިއުން ތަކުރާރު ވާނަމަ ޕާޓީއަށް 2023 ކާމިޔާބު ނުކުރެވޭނެކަމަށް ބުނަމުންނެވެ. އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ވަޒީރުންނާއި، މަޖިލީސް އަދި ގައުމީ މަޖިލީސް އޮތީ ދެބަޔަކަށް ބެހިފަ އެވެ. އެމްޑީޕީގެ ބައެއް ވަޒީރުން އަދި މިހާތަނަށް އެބޭފުޅުންގެ ތާއީު އޮތީ ކޮން މެމްބަރަކަށްކަން ހާމަަކޮށްފައި ނުވެ އެވެ.

ފައްޔާޒަށް ތާއީދު ކުރައްވާކަން ނަސީމް ހާމަކުރެއްވީ ޓްވީޓެއް މެދުވެރިކޮށެވެ. ފައްޔާޒާއި އެކު ކެމްޕެއިން ބައްދަލުވުމެއްގައި ނަގާފައި ހުރި ފޮޓޯއަކާއި އެކު ނަސީމް ވިދާޅުވީ ކާމިޔާބަށް އެދޭ ކަމަށެވެ.

އެކަން ހާމަކުރައްވަމުން ނަސީމް ވަނީ ފައްޔާޒް އަށް ކާމިޔާބީއަށް އެދި ޓްވީޓް ކުރައްވާފައެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ނަސީމް ވަނީ ފޮރިން މިނިސްޓަރު ކަންވެސް ކުރައްވާފައެވެ. ނަސީމަކީ ރައީސް ނަޝީދަށާއި އެމްޑީޕީ އަށް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ރައީސް ނަޝީދާއި އަރިސްކަމަށް ބެލެވުނު ބޭފުޅުންގެ ތެރެއިން ދެން އެންމެ ފަހުން ފައްޔާޒްގެ ޓީމާއި ގުޅިވަޑައިގަތީ ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނުނު ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް ނަޝީދު ތާއީދު ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަށް ށެވެ. ރައީސް ނަޝީދު ގެންދަވަނީ ސީދާ ގޮތުން ނާއި ނުސީދާ ގޮތުން މި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ދާދި ފަހުން ރައީސް ނަޝީދު ވަނީ ސަރުކާރު ފެތެމުންދާ ކަމަށާއި ޕާޓީއަށް ރަނގަޅު ގޮތަކީ ނުފެތުން ކަމުގައި ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ފިތުނަ ފަސާދަ އާއި ކޮރަޕްޝަނަށް ނޫނެކޭ ބުނެ ވެރިކަމަށް އައި ޕާޓީ މިއަދު އެ އަސާސްތައް ދޫކޮށްލާތީ އެކަމުގެ ކަންބޮޑުވުން އެމަނކުފާނު ވަނީ ފާޅުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: