ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު އިތުރުވަނީ!

އިންފުލުއެންޒާ ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވުން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއާއި އަތޮޅުތަކުގައި ޑެންގީހުން ފެނިގެން ރިޕޯޓްތައް ލިބެމުންދާ އަދަދުތައް އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މަދިރީގެ ސަބަބުން ފެތުރޭ ބަލި ކޮންޓްރޯލްކޮށް ރައްކާތެރިވުމަށްޓަކައި އީދު ބަންދާއި ގުޅުވައި ދަތުރުވެރިންގެ ސަމާލުކަމަށް އެދި ނެރިފައިވާ މި އިއުލާނުގައި ބަލި ޖެހިއްޖެ ހާލަތުގައި ކަންކަން ކުރަންވާ ގޮތުގެ އިރުޝާދުތަކެއް ހިމަނާފައިވެެއެވެ.

މިގޮތުން މި އިއުލާނުގައި، ޑެންގީ ހުންޖައްސާ މަދިރިއަކީ ދުވާލުގެ ހުރިހާ ވަގުތެއްގައިވެސް އުޅޭ މަދިރިއެއްކަމުން އިރުއޮއްސޭ ވަގުތުތަކުގައި އާއި ފަތިސް ގަޑީ ގޭގޭގެ ދޮރުތައްލެއްޕުން އަދި ހަށިގަނޑު ރަނގަޅަށް ނިވާވާކަހަލަ ހެދުން އެޅުން، އަދި ފެންހެދޭ ކަހަލަ އާލާވާތަންތަން ފެނިއްޖެ ނަމަ ނައްތާލުން ފަދަ އިރުޝާދުތައް ހިމެނެއެވެ. އަދި މި ބައްޔަކީ ކުޑަކުދިންނާއި މާބަނޑު މީހުންނަށް އަދި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށް ނުރައްކާ ހުރި ބައްޔެއް ކަމަށްވެސް މި އިއުލާނުގައިވެއެވެ.

މީގެ އިތުރުން އަރިދަފުސް ރޯގާއާއި ވައިރަލް ހުން ފަދަ ބަލިތައް ފެތުރިދިއުމުގެ ފުރުސަތު އޮތުމުން އާއްމުންގެ ސަމާލުކަމަށް އެޗްޕީއޭއިން އެދިފައިވެއެވެ. އެހެން ކަމުން އަރިދަފުސް  އަދި ވައިރަލް ހުމުން ރައްކާތެރި ވުމަށް ސައިބޯނިލައިގެން އަތްދޮތުން އަދި އަލާމާތެއް ވާ ނަމަ ކެއްސާއިރު އަންގަމަތީ އަތް އެޅުން ނުވަތަ ރުމާލެއް ބޭނުން ކުރުން އަދި މީހުން އެއްވާ ތަންތަނަށް ނުދިއުން ހިމެނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: