ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަރާރަށް ބެލުމެއް ނެތް، ނަޝީދު ވިދާޅުވީ ޗައިނާއިން ރާއްޖޭގެ ބިންތައް ދަމައިގަންނަން އުޅޭކަމަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރުގެ ގާތް ގުޅުން އޮންނަ ގައުމުތަކާއި މެދު ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން މާނާކަމެއްގެ ގޮތުގައި ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގަރާރެއް އާއްމު ކުރައްވާފައިވަނިކޮށް ޗައިނާއިން ރާއްޖޭގެ ބިންތައް ފޭރިގަތުމަށް މަސައްކަތް ކުރާކަމަށް ބުނެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސެންޓާރ ފޯރ ދަ އެޑްވާންސްޑް ސްޓަޑީސް އޮފް އިންޑިއާގެ ފަރާތުން ނިއުދިއްލީގައި، އެ ގައުމުގެ ކުރީގެ ފޮރިން ސެކެޓްރީ އިސްވެ ކުރިއަށް ގެންދެވި ހަފްލާއެއްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން ގެންގުޅޭ އިންޑިއާ އިސްކުރުމުގެ ސިޔާސަތުގައި އަބަދުވެސް ހިފަހައްޓާނެ ކަމަށެވެ. ޗައިނާއަކީ ރާއްޖެއަށް އެހާ ހެޔޮ އެދޭ ގައުމެއް ނޫންކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ގައުމުން ރާއްޖޭގެ ބިންތައް ދަމައިގަތުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ނުކުރެވޭނެ ކަަމަށެވެ.

މީގެ ކުރިން ވެސް އެކި ފަހަރުމަތީން ޗައިނާއިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަކަކީ އެއީ ދަރަނީގެ ދަންތުރަތަކެއްގެ ގޮތުގައި ސިފަކޮށް ރައީސް ނަޝީދު ވާހަކަ ދައްކަވާފައި ވެއެވެ. އަދި ޗައިނާއިން ރާއްޖޭގައި ހުދުމުހުތާރު އުސޫލުތައް ފަތުރައި ޑިމޮކްރެސީ ނައްތާލަން މަސައްކަތް ކުރާކަމުގެ ތުހުމަތުކޮށް ރައީސް ނަޝީދު ވިދާޅުވީ އެފަދަ ވެރިކަމެއް ގާއިމުކޮށް އެ ގައުމުން ބޭނުންވަނީ ރާއްޖޭގެ މައްޗަށް ވެރިވަތުމަށް ކަމަށެވެ.

ރާއްޖޭގެ ބޮޑުވެފައިވާ ދަރަނިތަކާއިމެދު ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މިފަދަ ލޯނުތަކުގެ 70 އިންސައްތައިގެ ވެރިފަރާތަކީ ޗައިނާކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހި އިގްތިސޯދަށާއި ސިޔާސަތުގެ މައްޗަށް ބޭރު ގައުމަކަށް މީގެ ކުރިން ލިބިފައިނުވާވަރަށް ބާރު ޗައިނާއިން ހާސިލް ކޮށްފައިވާކަމަށެވެ.

އިންޑިއާއަށް ތައުރީފުކޮށް އަބަދުވެސް ވާކާލާތުކުރަށްވާ ނަޝީދު މީގެ ކުރިންވެސްވަނީ ޗައިނާއަށް އަމާޒުކޮށް އެކި ޒާތުގެ ފާޑުކިއުންތައް ވިދާޅުވެފައިއެވެ. މިފަދައިން ވާހަކަދައްކަވާފައިވާ ދަނޑިވަޅެއްގައި ކުރީގެ ރައީސް ޔާމިން ހިިންގަމުންދާ “އިންޑިއާ އައުޓް” ހަރަކާތްތައް ހުއްޓުވުމަށްޓަކައި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ގައުމީ ސަލާމަތައް ނުރައްކާވާ ކަމަށް ކަންޑައަޅައި މަނާކޮށް ގަރާރެއްވެސް ނެރުއްވާފައި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: