ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒްގެ ޓީމުން ބުނީ ޝަކުވާ ބަލާ ކޮމިޓީން އުސޫލްތަކާއި ހިލާފުވެފައިވާކަމަށް!

ހިންގާލަން ކެމްޕެއިނަށް ފަހު ފައްޔާޒް މާލެ ވަޑައިގެން ބޭއްވި ހަރަކާތެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެތެރޭގެ އިންތިހާބަށް ނުފޫޒު ފޯރުވައި ވަކި ފަރާތަކަށް މަންފާވާ ގޮތަށް ޝަކުވާ ބަލާ ކޮމިޓީން ނިންމި ނިންމުން އިސްތިއުނާފް ކުރުމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ޓީމުން ނިންމައިފި އެވެ.

އިންތިހާބަށް ނުފޫޒު ފޯރުވާކަމަށް ބުނެ އިންތިގެ ކެމްޕޭން ޓީމުގެ ފަރާތުން ޕާޓީގެ އިންތިހާބީ ކޮމިޓީއަށް ވަނީ މައްސަލަ ހުށައަޅާފައެވެ. އެ މައްސަލަތަކުގެ ޖަވާބުގައި ކޮމިޓީން ނިންމި ނިންމުން ތަކަކީ އެމްޑީޕީގެ އިންތިހާބާއި ބެހޭ ގަވާއިދާއި ހިލާފު ނިންމުންތަކެއް ކަމަށް ފައްޔާޒްގެ ޓީމުން ހާމަކުރައްވާފައިވެއެވެ.

ފައްޔާޒްގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ވާ ގޮތުން، އިންތިހާބުތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބެލުމަށް އިންތިހާބާއި ބެހޭ ކޮމިޓިގެ މެމްބަރަކު ހިމެނޭ ގޮތަށް ތިން މެމްބަރުންގެ ކޮމިޓީއެއް އިންތިހާބަށް ކުރިމަތިލުމަށް އިޢުލާންކުރުމާއިއެކު އިންތިހާބާއިބެހޭ ކޮމިޓީއިން އުފައްދަންވާނެ ކަމަށް ބުނެފައިވެއެވެ. އެގޮތުން މިހާރު އެކުލަވާލާފައި ކޮމިޓީ އަކީ އިންތިހާބުތަކާއި ބެހޭ ގާނޫނުގެ 46 ވަނަ މާއްދާއާއި ހިލާފަށް އުފައްދާފައިވާ ކޮމިޓީއެއް ކަމުގައި ބުނެފައިވެއެވެ.

އަދި ކޮމިޓީން މައްސަލަތައް ބަލާފައި ވަނީ އިންތިހާބާއި ބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ (ށ) ގަައި ބަޔާންކުރާ ކޮމްޕްލެއިންޓްސް ކޮމިޓީއަށް މައްސަލައެއް ހުށައެޅިއްޖެނަމަ ގިނަވެގެން 48 ގަޑިއިރުތެރޭގައި އެމައްސަލަ ބަލައި އެމައްސަލައާމެދު ގޮތެއް ނިންމައި މައްސަލަ ހުށައެޅި ފަރާތަށް އަންގަންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެކަންވެސް ކޮށްފައިނުވާ ކަމުގައި ފައްޔާޒްގެ ޓީމުން ފާހަގަ ކޮށްފައިވެއެވެ.

އެމްޑީޕީ އަކީ އަމަލުކުރަންޖެހޭ ގަވާއިދުތައް ވަރަށް ސަރީހަ ކޮށް ލިޔެ އާންމު ކުރެވިފައިވާ ޕާޓީއެއް ކަމުގައި ފައްޔާޒްގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން އިންތިހާބުގެ ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފަށް އެކުލަވާލެވިފައިވާ ކޮމިޓީއަކުން އިންތިހާބުގައި ވާދަކުރައްވާ އެއް ކެންޑިޑޭޓެއްގެ ހައްގުތަކެއް ގެއްލޭ އަދި އަނެއް ކެންޑިޑޭޓަށް ފަހިވާ ގޮތަށް ނިންމައިވާ ނިންމުންތައް ފައްޔާޒްގެ ކެމްޕޭންގެ ޓީމުން ހަށުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އެ ނިންމުންތަައް ބަލައި ނުގަންނަ ކަމުގައި ވެއެވެ.

ފައްޔާޒްގެ ކެމްޕޭން ޓީމުން ގަބޫލުކުރާގޮތުގައި ކޮމިޓީއަށް ހުށައަޅައިގެން ބަލައިފައިވާ ޝަރުތުތަކަކީ އިންތިހާބާއިގުޅޭ ޝަކުވާ ތަކެއް ނޫންކަމަށާއި ޕާޓީގެ ގުނަންތަކުން އިންތިހާބަށް ނުފޫޒު ފޯރުވާ އިންތިހާބުގެ ކަންކަމުގައި ވަކި ފަރާތަަކަށް ފަހިވާ ގޮތަށް ހިނގާކަން ހާމަވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. ވުމާއެކު އިންތިހާބާއި ބެހޭ ކޮމިޓީގެ ނިންމުން އިސްތިއުނާފަށް ހުށައަޅާނެ ކަމުގައި ފައްޔާޒްގެ ކެމްޕޭން ޓީމުން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: