ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެނާތަކާއި އެކު “އިންޑިއާ އައުޓް” ގެ ކުރެހުންތައް މާލޭގެ އެކި ފާރުތަކަށް!

މާލޭގެ ބައެއް ސަރަހައްދުގައި އިންޑިއާ އައުޓްގެ ގްރެފިޓީތައް ކުރަހާފައި/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ބުނެ މި ހަރަކާތުގެ ދަށުން ދަމާފައިވާ އިންޑިއާ އައުޓް ޝިއާރު ޖެހި ބެނާތައް ނެގުމުން އިދިކޮޅުން ފާރުތަކުގައި ޝިޔާރު ލިޔެ ކުރަހަން ފަށައިފިއެވެ.

މިހަރަކާތް ހުއްޓުވުމަށްޓަކައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ މިދިޔަ ހަފްތާގައި މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ނިންމައި، ހަރަކާތަކީ ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައަޅުއްވައި ގަރާރެއް ނެރުއްވާފައެވެ. ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުގެ ބޭނުން ނަހަމަ ގޮތުގައިހިފައި ކުރިޔަށް ގެންދާ އިންޑިއާ އައުޓްގެ ހަރަކާތަކީ ހިޔާލުފާޅު ކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައި ކުރިޔަށް ގެންދާ ހަރަކާތެއްގެ ގޮތުގައި ސިފަކޮށް ގަރާރުގައި ބުނީ މިއީ ރާއްޖޭގެ ސުލްހަމަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި، ދެ ގައުމުގެ ދެމެދުގައި ވާ ގުޅުމަށް ގެއްލުންދީ މި ސަރަހައްދުގެ ސަލާމާތާއި ހަމަޖެހުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގެންދާ ހަރަކާތްތަކަށް ހުރަސް އެޅުމަށް ރާވައިގެން ކުރިޔަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.

އިންޑިއާ އައުޓްގެ ހަރަކާތަކީ ނަފްރަތާއި ރުޅިވެރިކަން އުފެއްދުމުގެ ހަރަކާތަކަށް ބަދަލުވެ ގައުމީ ސަލަމަށް ނުރައްކާވާ ހިސާބަށް ގޮސްފައިވުމުގެ ސަބަބުން މިއީ ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަމާއި އިޖްތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހިދާނެ ސަބަބެއްކަމަށް ގަރާރުގައި ވެއެވެ. އަދި ހާއްސަކޮށް މި ހަރަކާތުން ރާއްޖެ ބައިނަލްއަގުވާމީ މައިދާނުން އެކަހެރިވެ އިތުބާރު ގެއްލުމާއި އެކު ޒަމާނުއްސުރެން ފެށިގެން ދިވެހި ދައުލަތް ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތު ރޫޅުމުގެ ފުރުސަތު އެބައޮތްކަމަށް ބުންޏެވެ.

މިއީ ނުރައްކާތެރި ހަރަކާތެއްގެ ގޮތުގައި ސިފަކޮށް ރައީސްގެ ގަރާރުގައި ވަނީ މީގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާވެއްޖެ ނަމަ އެކި ގޮތްގޮތުން ދިވެހި ރައްޔިތުންނަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

މިފަަދައިން ގަރާރު ނެރުއްވުމާއިއެކު ފުލުހުން ވަނީ ކޯޓު އަމުރާއިއެކު ވަދެ މި ހަރަކާތުގެ ދަށުން ދަމާފައިވަ ބެނާތައް ނަގާފައެވެ. މީގެ ތެރޭގައި ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅުގައި ދަމާފައިވާ ބޮޑު ބެނާގެ އިތުރުން ޕީޕީއެމްގެ އޮފީހުގައި ދަމާފައިވާ ބެނާވެސް ވަނީ ނަގާފައެވެ. ނަމަވެސް އިދިކޮޅުން ވަނީ އެނެއްކާވެސް ސްޕެލިން ބަދަލުކޮށް ތަފާތު ގޮތަކަށް ބެނާއެއް ދަމާފައެވެ. މި ބެނާވެސް ވަނީ ދެމުމާއިއެކު ނަގާފައިކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުން އަޅަމުންދާ މިފަދަ އެއްވެސް ފިޔަވަޅަކަން ފަސްޖެހުމެއް ނެތި އިދިކޮޅުން ދަނީ ހަރަކާތްތަށް އިތުރަށް ފުޅާކުރަމުންނެވެ. މިގޮތުން މާލޭގައިވާ އެކި އެކި އިމާރާތްތަކުގެ ފާރުގައި އެބޭފުޅުން ދަނީ އިންޑިއާ އައުޓްގެ ޝިޔާރު ލިޔެ ކުރެހުންތައް ކުރަހަމުންނެވެ.

މީގެ އިތުރަށް އަތޮޅުތެރޭގައި ވެސް ދަނީ މި ހަރަކާތަށް ހިންގަމުންނެވެ. އެގޮތުން ގއ ކޮލަމާފުށީގެ ބޭރު ގޮށީގައިވެސް ވަނީ އިންޑިއާ އައުޓްގެ ޝިއާރު ޖަހާފައިކަން ފާހަގަކޮށްލެވެއެވެ.

އިންޑިއާ އަުޓް ހަރަކާތް ހުއްޓުޗވަން މަސައްކަތްކޮށް ނެރުއްވި މި ގަރާރުގެ ރައްދެއްގެ ގޮތުގައި އިދިކޮޅުން ބުނަމުން އަންނަނީ މިއީ ރައިސުލް ޖުމްހުރިއްޔާއަށް ލިބިދީފައިވާ ބާރެއްނޫންކަމަށެވެ. އަދި އެމަނިކުފާނު މަގާމާއި ހަވާލުވެގެން ހުންނެވީ ގަނޫނުތައް ނަގަހައްޓަންކަމަށާއި ގާނުނު ހެދުމަށްޓަކައި ނޫންކަމުގައި އިދިކޮޅުން އަންނަނީ ބުނަމުންނެވެ. އަދި މި ގަރާރުންވެސް ދޭހަކޮށްދެނީ އިންޑިއާގެ ނުފޫޒު ރާއްޖެއަށް ވަދެފައިވާލެއް ބޮޑުަކަންކަމުގައި އެފަރާތްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: