ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޔާއަކީ އެމްޑީޕީ މީހެއް ނޫންކަމަށް ބުނުމަކީ ދުވާލު ރޭގަނޑޭ ބުނުންފަދަ ކަމެއް: ގަޕޯ

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރް މޫސާ(ގަޕޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އަކީ އެމްޑީޕީ މީހެއް ނޫން ކަމަށް ބުނުމަކީ ނުވަތަ ދައްކަން މަސައްކަތް ކުރުމަކީ، ދުވާލު ރޭގަނޑޭ ބުނުން ފަދަ ކަމެއް ކަމަށާއި އެކަން ގަބޫލުނުކުރާނެ ކަމުގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޤަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި އަބްދުލްްްޤަފޫރު، ފައްޔާޒް އަށް ތާއީދު ކުރެއްވުމަށް ނިންމެވި ސަބަބުތައް ހާމަކުރައްވަމުން އޭނާ ވިދާޅުވީ އެމްޑީޕީ ވެރިކަމަށް ގެނައުމަށް ފަޔާ ކުރިމަސައްކަތް ކުރި ވަރުގެ އެހެން މީހަކު ނުހުންނާނެ ކަމުގައެވެ.

ގަފޫރު ވިދާޅުވީ އެބޭފުޅުންނަކީ އެމްޑީޕީ ސަރުކާރު ގެނައުމަށް ސަރުކާރުގަ އާއި އަދި އޮޕޮޒިޝަންގައި ތިއްބަވައިގެން ހުރިހާ ކަމަކާއި ކުރިމަތިލައިގެން  މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށާއި އެކަން ވީޑިއޯތައް ބެލީމަ ފެންނާނެ ކަމުގައެވެ.

އެހެންވީމަ އެދުވަހު ކުރިމަސައްކަތަކީ ނުކުރާ ކަމެއްގެ ގޮތުގައި ނުބުލެވޭނެ ކަމުގައި ގަފޫރު ވިދާޅުވިއެވެ. އަދި ފަޔާ އަކީ ގަފޫރު އާ އެކު އެއްސަފުގައި އިސްރޯލެއް އަދާ ކުރަންހުރި ބޭފުޅެއް ކަމުގައި އޭނާ ވިދާޅުވިއެވެ. ގަފޫރު އެގޮތަށް ވިދާޅުވެފައިވަނީ ކުރިން ރައްޔިތުންގެ މަޖިލީހުގައި ފަައްޔާޒް ކުރެއްވި މަސައްކަތަށް އަލިއަޅުއްވާލައްވަމުންނެވެ. ފައްޔާޒް އިސްމާއީލަކީ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ ކުރީގެ މެމްބަރެވެ.

ގަފޫރު ވިދާޅުވީ އެމްޑީޕީ އަށް މިހާހިސާބަށް އާދެވުނީ އެންމެން ކުރި މަސައްކަތުން ކަމަށާއި އޭގެ ތެރޭގައި ފަޔާގެ ހިއްސާ ކުޑަ ނުވާނެކަމުގައެވެ. ފައްޔާޒް އަށް ނިސްބަތްކޮށް ބައެއް ބޭފުޅުން ކޮރަޕްޝަންގެ ތުހުމަތު ކުރެއްވި އެބޭފުޅާ އަކީ އެކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމުގައި ގަފޫރު ވިދާޅުވިއެވެ. ގަފޫރު ވިދާޅުވީ އޭނާ އަކީ މަޖިލީހަށް ވަނީއްސުރެ މާލިއްޔަތު ކޮމިޓީގައި މަސައްކަތް ކުރައްވާ މެމްބަރެއް ކަމަށާއި  ކޮރަޕްޓީ ކޮންބައެއް ކަން އެނގޭ ކަމުގައެވެ.

ނަގޫދެމިފައި އޮތީ ކޮންބައެއްގެ ފަހަތުގައި ކަން އެންގޭ ކަމުގައި ގަފޫރު ވިދާޅުވިއެވެ. އަދި ފަޔާގެ ކޮރަޕްޝަނެއް ނެތް ކަމުގައި ގަފޫރު ވިދާޅުވިއެވެ.

އިންތިގެ ޓީމަށް އިޝާރާތް ކުރައްވައި ގަފޫރު ވިދާޅުވީ އެބޭފުޅުންނަށް ނުފެންނަ ކިތަންމެ މައުލޫމާތެއް އަރާ ކަމަށާއި ނުފެންނަ ކިތަންމެ ޑޮކިއުމެންޓެއް އެބަހުރި ކަމަށެވެ. އެހެން ކަމުން އެކަންކަން ފޮރުވަން ނޫޅުއްވާ ކަމަށް ގަފޫރު ވިދާޅުވިއެވެ. ފައްޔާޒްގެ ކޮރަޕްޝަންގެ އެއްވެސް ކޭސް އެއް މިހާތަނަށް ފެންނަން ނެތް ކަމާށައި އެހެން ކަމުން އެވާހަކަ ވާދަވެރި ފަރާތްތަކަށް ދެއްކެން ނެތް ކަމުގައި ގަފޫރުވިދާޅުވިއެވެ.

“ހަމަ ފަޔާގެ އެއްވެސް ކަމެއް އަޅުގަނޑުމެންނަށް މިހާތަނަށް ފެންނަން ނެތުނީމާ އަޅުގަަނޑުމެން މިބުނަނީ ފަޔާގެ ކޮރަޕްޝަން ކޭސް އެއް ނެތޭ ފެންނާކަށް.” އަބްދުލް ގަފޫރު

ގަފޫރު ވިދާޅުވީ އެބޭފުޅާ އަކީ  މާލިއްޔަތު ކޮމިޓީ އާއި ސަރުކާރު މަސްއޫލިއްޔަތު ބަލާ ކޮމިޓީގެ މެމްބަރެއް ކަމަށާއި ހުރިހާ ޑޮކިއުމެންޓެއް ވެސް އެބަހުރިކަމަށެވެ. އަދި އެމް އެމް ޕީ އާރު ސީ އާއި ގުޅޭ ޑޮކިއުމެންޓްތަައް ވެސް އެބަހުރި ކަމަށް ވިދާޅުވެ އެ ލިސްޓުގައި ފައްޔާޒްގެ ނަން ނުހިމެނޭ ކަމުގައި ގަފޫރު ވިދާޅުވިއެވެ.

ވުމާއެކު ކޮރަޕްޝަންގެ ވާހަކަ ދައްކަވަނީ ކީއްވެތޯ ވިދާޅުވެ ގަފޫރުވަނީ ސުވާލު އުފައްދަވާއެވެ. ފައްޔާޒްގެ ކެމްޕޭންގައި ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ވަޒީރުން ހިމެނި ވަޑައިގަންނަވައެވެ.

ހިންގާލަން ގެ ނަމުގައި ފައްޔާޒްގެ ކެމްޕޭން ފައްޓަވާފައިވަނީ ށ އަތޮޅު މިލަންދޫގައި  މިދިޔަ ފެބްރުއަރީ މަހު ބޭއްވުނު ޖަލްސާ އިން ނެވެ. އެ ޖަލްސާގައި 40 އަށް ވުރެން ގިނަ ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ބައިވެރިވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: