ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ 15 ދަރަޖަ ދަށަށް!

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލައި، ކޮންމެ އަހަރަކު ނެރޭ “ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް” ރިޕޯޓްގައި ރާއްޖެ 11 ދަރަޖަ ދަށަށް ވެއްޓިއްޖެ އެވެ.

ދުނިޔޭގެ 180 ގައުމެއް ހިމަނައިގެން ޕްރެެސް ފްރީޑަމް އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 72 ވަނައިގަ އެވެ. އަދި މިއަދު އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ ވަނީ 87 އަށް ވެއްޓިފަ އެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްއަކީ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމަށް މަސައްކަތް ކުރާ “ރިޕޯޓާސް ވިތްއައުޓް ބޯޑާސް” އިން އެކުލަވާލާ ރިޕޯޓެކެވެ.

ސިޔާސީ ގޮތުން ރާއްޖޭގެ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި އެންމެ ދަށަށް ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އަބުރުގެ ގާނޫނެއް އެކުލުވާލައި ގެނައި ބައެއް އިސްލާހުތަކާއި މީޑިއާތައް ޖޫރިމަނާކޮށް ބައެއް ނޫސްވެރިން ތަފާތު އެކި ތުހުމަތުތަކުގައި ފުލުހަށް ހާޒިރުކޮށް މުޒާހަރާތައް ކަވަރު ކުރަން އުޅުމުގެ ތެރޭގައި ހައްޔަރުކޮށް އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުގެ ކުށުގެ ދައުވާ ކުރިޔަށް ގެންދިއުމުގެ ސަބަބުން 2018 ގެ އިންޑެކްސް ރިޕޯޓުން ރާއްޖެ އޮތީ 120 ވަނައިގަ އެވެ.

އެހެންވެ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށް ދީ، އަބުރުގެ ގާނޫނު އުވައިލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި ވެސް ބައެއް މައްސަލަތަކުގައި މީޑިއާތަށް ޖޫރިމަނާ ކުރި އެވެ. އަދި މަސްދަރު ހާމަ ކުރަން ޖެހޭ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރުމާއި، މީޑިއާތަކަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވުމަށް އެކި ފަރާތްތަކުން ކުރި މަސައްކަތްތައް ފާހަގަ ކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: