ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީގެ ކަންކަން ކުރިއަށް ގެންދެވޭނީ އިސްލާމީ ރިވެތި އުސޫލުތަކުގެ މަތިން: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އަދި ދިވެހި ރާއްޖޭގެވެސް ކަންކަން ކުރިއަށް ގެންދެވޭނީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގެ މަތިން ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރ ދުފާވަރުގައި ބޭއްވި ފައްޔާޒްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންް އޭަނާ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވައިދުގެ ދަށުން އިސްލާމީ މަޝްވަރާގެ މަޖިލީހެއް އޮންނަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ޕާޓީގެ އިސް ސަފުގައި އެނާއަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީއްސަރު މިއަދާއި ހަމައަށް ވެސް އެ މަޖިލީހުގެ އިންތިހާބަކަށް ގޮވާލި އަޑު އަދި އެ މަޖިލީހުގެ ހިލަމެއް ވެސް ނުވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެނާއާއި ގައުމީ މަޖިލީހުގެ އެތައް މެމްބަރުނެއް އެކަމާ ކަންބޮޑުވެލައްވާކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ މި މަހު 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ އެންމެ ފުރަތަމަ ކުރަށްވާނެ މަސައްކަތްފުޅަކީ އެ ޕާޓީގެ އިސްލާމީ މަޝްވަރާގެ މަޖިލީސް އިންތިހާބު ކުރަން ގޮވާލެއްވުން ކަމަށާއި ޕާޓީ އަދި ގައުމުގެވެސް ކަންކަން ކުރިއަށް ގެންދަވޭނީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގެ މަތިން ކަމަށް ފައްޔާޒް ވަނީ އިޝާރާތްކުރަށްވާފައިއެވެ.

“މާތްﷲ އިރާދަފުޅު ކުރެއްވިއްޔާ މެއި 14 ގައި އަޅުގަނޑު މި މަގާމަށް އިންތިހާބުވުމާ އެއްކޮށް އެންމެ ފުރަތަމަ އަޅުގަނޑު ކުރާނެ ކަމަކީ ‘އިސްލާމީ މަޝްވަރާ މަޖިލީހަށް އިންތިހާބަށް ގޮވާލުން.”

ގައުމީ ކުރިއެރުމަށް އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގައި ހިފެހެއްޓުން މުހިއްމުކަން ފާހަގަކުރަށްވާ ފައްޔާޒު ވިދާޅުވީ، އެމްޑީޕީއަކީ “ލާދީނީ” ބައެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ހުއްޓުމަކަށް ގެންނަޖެހޭ ކަމަށާއި މިކަން ކުރެވެނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އިސްލާމް ދީނާއި ގުޅުންހުރި ރިވެތި ލަނޑުދަނޑިތައް ހާސިލުކޮށް ރާއްޖޭގެ ރައްޔިތުންނަށް އެކަން އަމަލީގޮތުން ދެއްކިގެންކަމަށެވެ.

އަޅުގަނޑުމެން އެބަ ޖެހޭ އަޅުގަނޑުމެންނާ ދިމާއަށް އިދިކޮޅު ފަރާތްތަކުން އެ ދިއްކުރާ އިނގިލި އެއީ ގޯހެއްކަން ދައްކަދޭން. އެކަންކަން ކުރެވޭނީ އަޅުގަނޑުމެންގެ އަސާސީ ގަވާއިދުގައި އެހެރަ ރަނގަޅު ކަންކަން، ހާއްސަކޮށް ދީނާ ބެހޭ ގޮތުން ހުރި ކަންކަން ރައްޔިތުންނަށް ދެއްކިގެން ފެނިގެން”

މީގެ އިތުރުން މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރަށްވާ ފައްޔާޒު އިސްމާއިލް ވިދާޅުވީ ވޭތުވެ ދިޔަ 16 އަހަރު އެ ޕާޓީގެ ހިންގުންތެރިކަމުގެ އިސް ސަފުގައި ތިއްބެވީ މި އިންތިހާބުގައި ދެން ވާދަ ކުރަށްވާ ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ “ތިލަފަތުގެ ރަމްޒް” ކެމްޕެއިން ޓީމަށް ނިސްބަތްވެލައްވާ ބޭފުޅުނަށް ކަމަށެވެ. އަދި މިދިޔަ އަހަރު ތަކުތެރޭގައި ހައްލު ނުކުރެވި ހުރިކަންކަން ކުރުމަށް އިތުރު ފުރުސަތެއް ދެއްވުމަށް އެބޭފުޅުން އެދިލައްވަމުން ދާކަން ފާހަގަ ކުރަށްވާ ފައްޔާޒު ވިދާޅުވީ އެފަދައިން ކަންކަން ކުރެއްވުމުގެ ބަދަލުގައި މިފަހަރު “ހިންގާލަން” ޓީމަށް ރަންގަޅު ނަތީޖާއެއް ނެރި އެކަން ދެއްކުމުގެ ފުރުސަތު ދެއްވަން އެނާ އިލްތިމާޒް ކުރަށްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: