ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭފުޅުވެ ތިއްބެވި މީހުން ރަށްރަށަށް އަރަނީ ރިޔާސީ އިންތިހާބުގެ އުންމީދުގައި: މޫކޭ

އާރުޑީސީގެ އެމްޑީ މޫސާ އަލި މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

އެެތެރޭގެ އިންތިހާބާއި ދިމާކޮށް އެމްޑީޕީގެ ބައެއް އިސް މެމްބަރުން “ބޭފުޅުވެގެން” ރާއްޖޭގެ ރަށްތަކަށް ވަޑައިގަންނަވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ އުންމީދުގައި ކަމަށް ރޯޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ޗެއަރޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕޭން ހަރަކާތެއްގައި ރ އަތޮޅު ދުވާފަރުގައި ބޭއްވި ޖަލްސާ އެއްގައި މޫކޭ ވިދާޅުވީ ކޮންމެވެސް ދުވަހަކުވެސް ކެމްޕޭންގައި އަތޮޅުތެރޭގެ ރަށަކަށް ނާންނަ ކޮންމެވެސް އަންހެނަކު، ޗެއަރޕާސަން އިންތިހާބާއި ދިމާކޮށް ރަށްރަށަށް އައިސް އެމްޑީޕީ މީހުންނާއި ބައްދަލުކޮށް ހައްދަވަނީ  2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އުންމީދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

“ކޮންމެވެސް އަންހެނަކު، މީން ދުވަހަކު މީން ރަށަކަށް ނާންނަ އަންހެނުންވެސް މިހާރު ވަރަށް އެބަ ބޮޑަށް ޝައުގުވެރިވެގެން އެމްޑީޕީ މީހުން ގައިގައި ބައްދާ އޮޅުލާ މޫނުން ދޮންނަގާ ހުރިހާ ކަމެއްކުރަން އެބަ އާދޭ. އަޅުގަނޑުމެންނަށް މީން ރަށަކަށް ދުވަހަކު އަންނާށޭ ބުންޏަސް ޗީޑިއޭ ކިޔާފައި ބޭފުޅުވެލައިގެން ތިބޭ މީހުންގެ ވާހަކަ އަޅުގަނޑު މިދައްކަނީ. ދެހާސް އަށާވީހުގެ އުންމީދުގައި.” މޫސާ އަލި މަނިކު

މޫކޭ ވިދާޅުވީ ފޮނިވެލާފައި 90،000 މެމްބަރުން ތިބިކަމަށް ބުނި ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ވަނީ 40،000 މީހުން ގެއްލިފައި ކަމަށާއި އެމީހުން ވީތަނެއް ނޭނގޭ ކަމުގައި މޫކޭ ވިދާޅުވިއެވެ.

އެހެންކަމުން ލިބޭ އެއްޗެއް ލިބެނީ އެންމެ ފަންސާހަކަށް ހާސް މެމްބަރުންނަށް އެކަނި ކަމާއި އަނެއް ސާޅީސް ހަތަރުހާސް މެމްބަރުންނަށް ބޮލަކަށް ލާރިއެއްވެސް ނުލިބޭ ކަމަށް މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ އެކި މީހުން ކައިރިއަށް ގޮސް މެމްބަޝިޕް ފޯމް ފުރައިގެން ބޮނޑިބޮޑިއަށް ކިހިލިޖަހައިގެން ގެންގޮސް އެމްޑީޕީ އޮފީހަށް ހުށައެޅުމުން އެގޮސް ވަންނަ ތަނެއް ނޭނގޭ ކަމަށެވެ.

ޗެއަރޕާސަން ކެންޑިޑޭޓްގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތިގެ) ޓީމުން ދަފްތަރު ސާފުކުރާނެ ކަމަށް ވިދާޅުވެފައިވާ ވާހަކަ އަށް ރައްދުދެއްވައި މޫކޭ ވިދާޅުވެފައިވަނީ މެމްބަރޝިޕް އޮތީ ފިރިމީހާ އޮޅާލާފައިކަމަށެވެ. އަދި އެކަން އެހެންމީހަކަށް ނޭނގޭ ކަމަށާއި އަދި މެމްބަރޝިޕްގެ ކަންކަން ކުރާ މީހަކީ އެއީ ކަމުގައި ދާއިރާގެ ރައީސުންނަށް ބުނެދީފައިވާ ކަމުގައި މޫކޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ދަފްތަރު އިންނަނީ އެމީހެއްގެ ލެޕްޓޮޕްގައި ކަމަށާއި އެމްޑީޕީގެ ދަފްތަރުގައި އެރަށެެއްގައި އެމްޑީޕީ މެމްބަރުން ތިބި އަދަދު އިނގެނީ އެމީހަކަށް ކަމުގައި މޫކޭ ވިދާޅުވިއެވެ. އަދި އެކަމާއިގުޅުވައި ޕާޓީ އެބަ ހިނގާ ކަމުގައި މޫކޭ ވިދާޅުވިއެވެ. މޫކޭ ވިދާޅުވީ އެމީހެއްގެ ލެޕްޓޮޕުން ކޮޓަރީގައި އޮވެ ދެފައިތަޅުވާލާފައި ލެޕްޓޮޕުން ޕާޓީގެ މެމްބަރޝިޕް ގުނުމަށް މެމްބަރުން ލަދުގަންނަން ޖެހޭ ކަމަށާއި، ޕާޓީގެ ހިންގުން އެއަށް ވުރެ އިންތިޒާމް ވާންޖެހޭ ކަމުގަައެވެ.އެހެން ކަމުން އެބޭފުޅުން ނުކުމެ އުޅެނީ އެކަން ކުރުމަށް ކަމުގައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު، މި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ވަގުތު ކުޑަތަން ވަމުން އަންނަ އިރު، ޗެއަރޕާސަން ކަމަށް ވާދަކުރައްވާ ދެ ބޭފުޅުން ކަމުގައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ގެންދަވަނީ ވާދަވެރި ކެމްޕޭނެއް ކުރައްވަމުންނެވެ.

އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ބަދަލު ކުރަމުން ގެންދާއިރު، އިންތިގެ ފަރާތުން ތިލަފަތުގެ ރަމްޒުގެ ނަމުގައި ހަރަކާތްތައް ހިންގަމުން ގެންދެއެވެ.

އިންތިގެ ޓީމުން ގަބޫލު ކުރަައްވާ ގޮތުގައި އެމްޑީޕީ އަށް ބޭނުންވަނީ ޕާޓީ އަށް ވަފާތެރި އަދި އިހްލާސްތެރި ބޭފުލެއް ކަމަށެވެ. ނަމަވެސް ފައްޔާޒް ގެ ޓީމުން ބުނަމުން ގެންދަނީ އެމްޑީޕީ ހިންގާލެވޭނީ އެބޭފުޅުންނަށް ކަމުގައެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެމްޑީޕީގެ އެތެރެއިން ބައެއް ބޭފުޅުން ވަނީ އެ އަހަރުގެ ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓެއްގެ ގޮތުގައި މަޖިލީހުގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ ވާދަ ކުރުމަށެވެ. އަދި މިއީ ފައްޔާޒް ވެސް 2028 ގައި އިންތިހާބަށް ނިކުންނަވާނެ ފަދަ ވާހަކަތަކެއް ދެކެވިފައިވާތީ އުފެދުނު މައްސަލައެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ނަމަވެސް މިއީ ރަސްމީކޮށް އަދި މިހާތަނަށް ދެކެވިފައިވާ ވާހަކައެއް ނޫނެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފައްޔާޒް ރައީސްގެ ރަނިންމޭޓަކަށް ހަމަޖައްސަަން އުޅޭކަމުގެ ތުހުމަތު ވެސް ކުރެވެމުންދާކަން ފާހަގަ ކުރެވެ އެވެ.

ދެވަނަ ދައުރަކަށް ކުރިމަތިލާނެކަމަށް ރައީސް ސޯލިހު އިއުލާނު ނުކުރެއްވި ނަމަވެސް އެމަނިކުފާނާއި އަރިސް މެމްބަރުން ވަނީ ރައީސަށް ޕްރައިމެރީއަކާއި ނުލައި ޓިކެޓު ދޭން ގޮވާލާފަ އެވެ. އަދި ރައީސް ނަޝީދު ވެސް ވަނީ 2023 ގައި އިންތިހާބަށް ވާދަކުރާނެކަން އިއުލާނު ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: