ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ބައެއް ބޭފުޅުންނަށް ވަނީ ސަރުކާރަށް ފާޑުކިއުމުގެ ބައްޔެއް ޖެހިފައި: ރޮޒެއިނާ

ހިންގާލަން ކެމްޕެއިން ބައްދަލުވުމެއްގައި ފައްޔާޒާއި ރޮޒެއިނާ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނަށް ސަރުކާރަށް ފާޑުކިއުން އަމާޒުކޮށް ނުތިބެވޭ ފަދަ ބައްޔެއް ޖެހިފައިވާކަމަށް  އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސަކަށް ވާދަކުރައްވާ ކެންޑިޑޭޓު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެތެރޭގެ އިންތިހާބަށް މަސައްކަތް ފެށުނީއްސުރެ ޕާޓީގެ އެތެރޭގައި އުފެދިފައިވާ ދެބައިވުމަކީ ސަރުކާރައި އެއްކޮޅު އަދި ދެކޮޅު ހިޔާލުތަކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ އުސޫލުތަކާއި އަސާސްތައް ނުހިފެހެއްޓޭކަމަށް ބުނެ ފާޑުކިއުން އަމާޒު ކުރިނަމަވެސް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ސިފަ ކުރަނީ އެއީ 2023 ގެއްލުވާލުމަށް ރާވައިގެން ހިންގާ އަމަލުތަކެއްގެ ގޮތުގަ އެވެ. އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިގްތިސާދީ ވަޒީރާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވެސް ވިދާޅުވަމުން ގެންދަ ވަނީ މިހާރު ކަންތައް ގޮސްފައިވާ ހިސާބުން ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

ފައްޔާޒާއި އެއްޓީމެއްގެ ގޮތުގައި ކެމްޕެއިން ކުރައްވާ ރޮޒެއިނާ ރ. ދުވާފަރުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އަމިއްލަ ސަރުކާރެއް އޮވެ މި ނޫނީ ފާޑުކިޔާ ޕާޓީއެއް ނެތް ކަމަށެވެ. މިހާރަކަށް އައިސް ސަރުކާރަށް ފާޑުކިޔައި، ރައީސުލްޖުމްހޫރިއްޔާ އާއި ދިމާ ކުރުން އާއްމުކަމަކަށް ވެފައިވާކަން ފާހަގަކޮށް ރޮޒެއިނާ ވިދާޅުވީ އެމްޑީޕީ އަކީ އިދިކޮޅު ޕާޓީ ނޫންކަން އެ ޕާޓީގެ އެންމެހާ މެމްބަރުންނަށް ވިސްނޭނެ ދުވަހެއް އަންނާނީ ކޮންއިރަކުން ތޯ ހިތަށް އަރާކަމަށެވެ.

ބައެއް ފަހަރު މިހެން ދިމާވަނީ އިދިކޮޅުގައި އޮވެ މާގިނަ ދުވަސް ވުމުންތޯ ސުވާލު އުފެދޭކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ. އޭނާ ސިފަ ކުރީ މިއީ އެކަމެއް ނުކޮށް ނުތިބެވޭ ފަދަ ބައްޔެއްގެ ގޮތުގަ އެވެ.

ރޮޒެއިނާ ވިދާޅުވީ އެނާއަށް މުހިންމީ އެމްޑީޕީގެ ފިކުރު ދެމެހެއްޓުން ކަމަށެވެ. އަދި 2023 ގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ކެނޑިޑޭޓެއްގެ ގޮތުގައި ވަކި ފަރާތެއް ގެނައުމަށް މަސައްކަތްކޮށް އިންތިހާބު ގެއްލިދިއުމުން އެ ދެރަ ލިބިގެން ދާނީ އެންމެހައި މެމްބަރުންނަށް ކަން ފާހަގަ ކުރަށްވާ އޭނާ ވިދާޅުވީ މުހިއްމު ވަނީ 2023 ގައިވެސް އެމްޑީޕީގެ ވެރިކަމެއް ގާއިމު ކުރުން ކަމަށެވެ.

އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވީ ނަމަވެސް، ވޯޓުލައި ނިމި ވެސް އެކީ މަސައްކަތް ނުކުރެވޭ ދަރަޖައަށް ބައެއް ފާޑުކިއުންތައް އަމާޒުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ބައެއް ކުށްތަކުގެ ތުހުމަތުތަކާއި، ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުތައް ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: