ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޓް ވަޒިރުން ލައިގެން ރައީސް ސާލިހަށް ދެވަނަ ދައުރެއް ނުލިބޭނެ: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ދެވަނަ ދައުރަކަށް އިންތިހާބުކުރުމަށް އެންމެންވެސް ބޭނުންވާ ކަމަށާއި ނަމަވެސް ކޮރަޕްޓް ވަޒީރަކު ލައިގެން ރައީސް ސާލިހަށް 2023 ކާމިޔާބު ނުކުރެވޭނެ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެގެ ޓްވީޓްގައި ވާ ގޮތުގައި ރައީސް ސާލިހަށް ދެވަނަ ދައުރެއް  ރައްޔިތުން ނުދޭނެ ކަމުގައި ވިދާޅުވެފައިވެއެވެ.

ބޮންޑެ އެގޮތަށް ވިދާޅުވެފައިވަނީ ރައީސް ސާލިހު ދެވަނަ ދައުރަކަށް ހޮވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވާ ހަބަރެއް ޓްވީޓްގައި ހިމަނުއްވާފައެެވެ.

 

މީގެ ކުރިން ވެސް ބޮންޑެ ވަނީ ފައްޔާޒް އަށް އަމާޒު ކުރައްވައި މެމްބަރުން ހަކުރުގަނޑު ވަށާ އެނބުރޭ ކަމުގައި ވިދާޅުވެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ބޮންޑެގެ ވާހަކަ ފުޅުގައި ވިދާޅުވެފައިވާގޮތުގައި އެމްޑީޕީ ބައެއް މެމްބަރުން ސިފަވަނީ މެހިތަކެއް ހަކުރުގަނޑެއް ވަށައިގެން ދުވާ މަންޒަރު ސިފަވެގެންދާ ކަމުގައި ވިދާޅުވިއެވެ. ބޮންޑެގެ އެ މިސާލު އަމާޒު ކުރައްވާފައިވަނީ ފައްޔާޒަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނަށެވެ. އެކަމަށް ރައްދު ދެއްވައި ބައެއް މަޖިލިސް މެމްބަރުން ވިދާޅުވި  ގޮތުގައި ވަކި މީހަކަށް ތާއީދު ކުރުމުން މެއްސަށް ގޮވުމަކީ ޕާޓީ ތެރޭގައި ތަފާތު ކުރުމުގެ މިންވަރު އޮތްކަން ދޭހަކޮށްދޭ ކަމެކެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެ އިންތިހާބުގައި ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)  އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

އެމްޑީޕީގެ ގިނަ މެމްބަރުން ގަބޫލު ކުރާ ގޮތުގައި ފައްޔާޒް ޗެއަރޕާސަން ކަމަށް ނިކުމެވަޑައިގެން ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފުރިހަމަ ތާއީދާ އެކުގައެވެ. އަދި ގިނަ ބަޔަކު ދެކޭ ގޮތުގައި ފައްޔާޒަކީ މި ސަރުކާރުގައި ހުންނެވި އެންމެ ގާބިލް އެއް ވަޒީރެވެ. ސަބަބަކީ ކޮވިޑްގެ ދުވަސްވަރު ރާއްޖޭގެ އިގްތިސާދު ނެގެހެއްޓުމުގައި ރައީސް ގެ އަރިހުގައި ފައްޔާޒް މަސައްކަތްކުރައްވާފައި ވާތީއެވެ.

އިންތިހާބުގެ ވާދަވެރި ކެންޑިޑޭޑް އިންތި، އިންތިހާބަށް ނިކުމެ ހުންނެވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއި އެކު ކަމަށް ޕާޓީގެ މެމްބަރުންނާއި އިންތި އަށް ތާއީދު ކުރައްވާ ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އިންތިއަކީ އެމްޑީޕީގެ ތަރުޖަމާން ކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: