ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސް ފަރާތް ތަކަށް ދައުވާ ނުކުރެވި ލަސްވުމުން ކަންބޮޑުވޭ: ނަޝީދުގެ ވަކީލުންގެ ޓީމު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް، އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ /.ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ނަޝީދަށް ހަމާލާދިނިމުގެ އެންމެ އިސްކޮށް ތިބި ކަމަށް ޝައްކު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރެވި އޮތުމުން އެ މަނިކުފާނުގެ ވަކީލުންގެ ޓީމުން ކަންބޮޑުވުން ފާޅުކުކޮށްފިއެވެ.

ބައިނަލް އަގުވާމީ ވަކީލުންވެސް ހިމެނޭ މި ޓީމުގެ ފަރާތުން އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ފުރާނައަށް އަމާޒުކޮށްފައިވާ ހަމަލާއަށް 1 އަހަރު ވޭތުވެގެން ދިއަ އިރު ޝަރީއަތުގެ މަރުހަލާ ކުރިއަށް ދިއުމުގައި ބޮޑެތި ލަސްތަކެއް ވެފައިވާ ކަމަށާއި ދައުވާ ކުރާ ފަރާތުން މި ހަމަލާގައި އެންމެ އިސްކޮށް ތިބި ކަމަށް ލަފާ ކުރެވޭ ފަރާތްތަކުގެ މައްޗަށް އިންސާފު ގާއިމު ނުކުރެވި އޮތުމުން ކަންބޮޑުވާކަމަށްވެސް އެ ޓީމުން ބުނެފައިވެއެވެ. އަދި ޝަރީއަތް ތާވަލު ކުރެވޭ ތާރިހުގައި ލަސްތަކެއް ހުރި ނަމަވެސް އެކަން ކުރެވިފައި އޮތުމުގެ ސަބަބުން ހެކިވެރިންގެ ބަސް ނެގުމުގައި މައްސަލަތައް ދިމާވުމުގެ ފުރުސަތުވެސް ކުޑަވެގެންދާނެ ކަމަށްވެސް އެ ޓީމުން ވަނީ ފާހަގަ ކޮށްފައިއެވެ.

ނަޝީދުގެ ފަރާތުން ވަކީލުންގެ ޓީމު ނެރިފައިވާ ބަޔާނުގައި ބުނެފައިވާގޮތުން 2021 ވަނަ އަހަރު ނޮވެމްބަރު މަހު ދައުވާކުރާ ފަރާތުން ޝަރީއަތް ކުރާނެ ތާރީހެއް ކަނޑައެޅުމުގެ މަސައްކަތް ކުރި ނަމަވެސް، އެކަން ކުރެވިފައި ނުވާކަމަށާއި ”އިންޓަރނޭޝަނަލް ކޮވެނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް“ ގެ 9 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންދިއުމަކީ ދިވެހި ރާއްޖޭގައި ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި އެ މަނިކުފާނަކީ ޓެރަރިޒަމްއާއި ދެކޮޅު ބޭފުޅެއްކަން ފާހަގަކޮށް މި ބަޔާނުގައި ބުނެފައިވަނީ ނަޝީދު ހުންނެވީ މި ޝަރީއަތް ކުރިއަށް ގެންދިއުމަށް ފުރިހަމަ އެއްބާރުލުން ދެއްވައިގެން ކަމަށެވެ.

ރައީސް ނަޝީދުއަށް ދިން ހަމަލާގެ މައްސަލަ ސީރިއަސް ކަމައިއެކު ބެލުމަށާއި ޝަރީއަތް ކުރިއަށް ގެންދިއުމަށް ތާރީހެއް ކަނޑައަޅައިދެއްވުމަށް އެ މަނިކުފާނު އެދިލައްވާކަމަށްވެސް މި ބަޔާނުގައި ވެއެވެ. އަދި ދަައުވޭ ސާބިތުވާ ފަރާތްތަކުގެ މައްޗަށް އިންސާފު ގާއިމުކޮށް ދިނުމަށް އެދިލައްވާ އެ މަނިކުފާނުގެ ވަކީލުން ނެރިފައިވާ މި ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ދީނީ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ މީހަކު އަނިޔާކުރުމަށް ނުވަތަ މެރުމަށް ލިބިގެންވާ ހައްގުތަކެއް ނޫން ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ. އަދި ރައީސް ނަޝީދު ހުންނެވީ ދުޅަހެޔޮ ހާލުކޮޅެއްގައި ކަން ފާހަގަ ކުރަމުން ވަކީލުން ބުނެފައިވަނީ ހަމަލާ އަމާޒުވިތާ ގިނަ ދުވަސްތަކެއް ނުވަނީސް އެ މަނިކުފާނުވަނީ ދިވެހިރާއްޖޭގައި ކުރަށްވަމުންދާ ޑިމޮކްރެސީ، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ މަސައްކަތަށް ކުރިއަށް ގެންދިއުމަށް އަނބުރާ ވަޑައިގަންނަވާފައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: