ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަހުލާ އާއި ޕީޕީއެމް ބޮޑު ކޯޅުމަކަށް، ޕާޓީގެ ބަޔާން ނަހުލާ ދޮގު ކުރޭ!

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި "ވިސްނާ" ޖަލްސާގައި ނަހުލާ ވާހަކަ ދައްކަވަނީ./ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް އާއި ބެހޭ ގޮތުން ވިލިމާލެ ދާއިރާގެ ކައުންސިލާ ނަހުލާ އަލީ ދެއްކި ވާހަކަތައް ދޮގުކޮށް ޕާޓީން ނެރުނު ނޫސް ބަޔާން އޭނާ ދޮގުކޮށްފިއެވެ.

މިއީ ލޯކަލް ކައުންސިލްގެ އިންތިހާބަށް ފަހު މަލޭގެ ޑެޕިއުޓީ މޭޔަރުކަމަށް ވާދަކުރުމަށް ނަހުލާ ނަން ހުށަހެޅި ހިސާބުން އުފެދުނު މައްސަލައެކެވެ. އަދި އޭގެ ތެރެއިން ނަހުލާގެ ސުލޫކީ މައްސަލަތަކެއް ބަލައި، ޕާޓީގެ ބައެއް އިންތިހާބުތަކުގައި ވަކި މުއްދަތެއް ވަންދެން ވާދަ ނުކުރެވޭނެ ކަމަށް ނިންމި އެވެ. ނަމަވެސް ދާދި ފަހުން ނަހުލާ ވަނީ ޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެންގެވުމަށް އެ ފިޔަވަޅުތައް އުވާލާފައިވާކަން ހާމަ ކުރައްވާފަ އެވެ.

ނަހުލާ އަދި ޕީޕީއެމާއި އުފެދިފައިވާ މައްސަލަތަކަށް ޕާޓީން މީގެ ކުރިން މީޑިއާތަކަށް މާބޮޑު މައުލޫމަތެއް ނުދިން ނަމެސް ކުއްލިއަކަށް މައްސަލަ ބޮޑުވީ އޭނާ ޕާޓީން ވަކިކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ދެކެވުމަށް ފަހު އެވެ. އޭރު ނޫސްވެރިން ޕާޓީއާއި އެ ސުވާލު ކުރުމުން، އެކަން ދޮގު ކުރުމަށް ފަހު އޭގެ ފަހުން ނެރުނު ބަޔާނެއްގައި ބުނީ ނަހުލާ ޕާޓީ ބަދުނާމުވާ ގޮތަށް، ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަމުން ގެންދާތީ، ސުލޫކީ ކޮމިޓީން މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.

ޕާޓީގެ ބަޔާނަށް ރައްދު ދީ ނަހުލާ ވިދާޅުވީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ޕާޓީން ވާދަކުރާނެ ކެނޑިޑޭޓެއް އެނާގެ ފަރާތުން ހިއްސާ ކުރުމުން ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ދެކޮޅު ހަދައި ޕާޓީން ވަކި ކުރާނެކަމުގެ އިންޒާރު ދިން ކަމަށެވެ. ދެބަސްވުންތަކަށް ފަހު، އިންތިހާބުގައި ނަހުލާގެ ފަރާތުން ހުށަހެޅި ކެނޑިޓޭޓަށް ގޮނޑި ކާމިޔާބު ނުކުރެވިއްޖެ ނަމަ އޭނާ ޕާޓީން ވަކިކޮށްފައި ނޫނީ ދޫނުކުރާނެކަމަށް ބުނެ ޝުޖާއު އިންޒާރު ދިންކަމަށް ނަހުލާ ވިދާޅުވި އެވެ.

މި މައްސަލަ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއްިޒުގެ ހާޒިރުގައި ރައީސް ޔާމީނަށް ހުށަހަޅާފައިވާނެކަމަށް ނަހުލާ ވިދާޅުވި އެވެ. އެއަށް ފަހު ވެސް ޕާޓީގެ ފަރާތުން ލިބުނު އެއްވެސް އެއްބާރުލުމެއް ނުވަތަ އަޅާލުމެއް ލިބިފައިނުވާކަމަށާއި ޕާޓީގެ އެތެރެއިން އަމަލު ކުރީ ވަރަށް ޒާތީ ގޮތެއްގެ މަތީން ކަމަށެވެ.

ބަޔާނުގައި ތަކުރާރުކޮށް ނަހުލާ ވިދާޅުވީ ޝުޖާއު އެނާއަށް އިންޒާރު ދެމުން ގެންދާކަމަށާއި، ވިލިމާލޭގައި ވެސް ދޮގު ވާހަކަތައް ފަތުރަމުން ގެންދާ ކަމަށެވެ. މި އިންޒާރުތަކަށް ފަހު ސިޓީ ކައުންސިލްގެ އޮފީހުގެ ތެރެއިން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ނަހުލާގެ ވާހަކައިގައި ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ އިންޒާރުތައް އޭނާގެ އާއިލާއަށް ވެސްލިބޭ ކަމަށެވެ. ނަހުލާ މިގޮތަށް ވިދާޅުވީ އިރު ޕާޓީން ނެރުނު ބަޔާނުގައި ނަހުލާގެ މަންމަ އާއި ކޮއްކޮގެ ނަން ހިމަނައި އެ ދެމީހުން ވެސް ޕާޓީ އާއި ބެހޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަމުން ގެންދާކަމަށް ވިދާޅުވި އެވެ.

ޕާޓީގެ ވަކި ބައެއްގެ ނުފޫޒުން މިފަދަ ބަޔާންތަކެއް އާއްމުކުރުން އެއީ ކަންބޮޑުވުމެއްކަން ފާހަގަކޮށް ނަހުލާ ވިދާޅުވީ އޭނާގެ ތާއީދު އޮތީ ޕީޕީއެމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލައްގައްޔޫމަށް ކަމަށެވެ.

މީގެ އިތުރަށް ނަހުލާ ފާހަގަ ކުރައްވާފައި ވަނީ އެންޓި ކެމްޕެއިން ކުރިކަމަށް ބުނެ އޭނާގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތަކެކެވެ. އޭނާއަކީ ޕީޕީއެމްގެ މީހެއްކަމަށާއި ޕާޓީން ވަކި ކުރި ނަމަވެސް އެހެން ޕާޓީއަކަށް ނުދާނަންކަމުގައި ފާހަގަކޮށް ނަހުލާ ވިދާޅުވެފައިވަނީ ނަމަވެސް ހަގީގަތް ހާމަކުރާނަންކަމުގައެވެ.

މައްސަލަ ގޯސްވެ މިއަދު އަނެއްކާވެސް ނަހުލާ ވިދާޅުވީ، އޭނާއަށް ވިލިމާލެއަށް ނުދާން ބުނެ އިންޒާރު ދީފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: