ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނު ހެދުމަށް ހުށައަޅާ ބިލު ތައްޔާރު ކުރަނީ ސަރުކާރުން، މަޖިލީހަކުން ނޫން: އަފީފް

ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް/ ފޮޓޯ: އަފީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު ހެދުމަށް ހުށައަޅާ ބިލު ތައްޔާރު ކުރަނީ ސަރުކާރުން ކަމާއި ރައްޔިތުންގެ މަޖިލީހުން ނޫން ކަމަށް ވިލުފުށި ދާއިރާގެ މެމްބަރު  ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށް އަހަރެއް ވުމާއި ގުޅިގެން ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން އަފީފް ވިދާޅުވީ  ގާނޫނު ހެދުމަށް ހުށައަޅާ ބިލުތައް ތައްޔާރުކޮށް މަޖިލީހަށް ހުށައަޅަނީ ސަރުކާރުން ކަމުގައެވެ. އަފީފް ވިދާޅުވީ ގާނޫނަށް އިސްލާހު ނުގެނެވެނީ، ކަންތައްތައް ސަރުކާރުން އިސްލާހު ކުރަން ބޭނުންނުވާތީ ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަަަވަހާރަކޮށްލުމަށް އަމާޒު ކޮށް މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ދެވުނު ހަމަލާއާއި ގުޅިގެން މަޖިލީހަށް ފޮނުވަންޖެހޭ ބިލުތައް ފޮނުވާފައިވަނީ ގޯސްކޮށް ކަމުގައެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާ އާއި ގުޅިގެން އެމަނިކުފާނަށް އިންސާފު ލިބިފައިނުވާތީ އެމަނިކުފާނާއި އާއިލާގެ އިތުރުން ރައީސް ނަޝީދަށް ތާއީދު ކުރާ ގިނަބަޔަކު ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހަމަލާއާއި ގުޅިގެން އަފީފް ވިދާޅުވީ އެފަދަ ޓެރަރިސްޓް ހަމަލާއެއް ހިންގާ ފަރާތްތައް ދޫކޮށްލެވިގެން ނުވާނެ ކަމަށާއި އެ ހަމަލާގެ މައްސަލައިގައި ޝާމިލުވާ އެންމެންގެ މައްސަލަ ބެލެން ވާނެކަމަށެވެ.

އަފީފް ވިދާޅުވީ ރައީސް ނަޝީދަށް ދެވުނު ހަމަލާ އަކީ ހަމައެކަނި ދީނީ ހަރުކަށި ފިކުރުގެ މީހުން ކުރިކަމެއް ކަމުގައި ނިންމައިނުލެވޭނެ ކަމަށާއި އެކަމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ނިންމާފައިވާ ނިންމުމެއް ކަމުގައެވެ. އަފީފް އިތުރަށް ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް އެވަރުގެ ބޮޑު ހަމަލާ އެއް ދެވިފައިވަނީ ސެކިއުރިޓީ ފޭލިއަރ އެއް އޮތުމުން ކަމުގައެވެ.

ރައީސް ނަޝީދަކީ ކުރީގައި ރައީސް ކަން ކުރެއްވި ބޭފުޅެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ބޭފުޅެއްކަމުން އެމްއެންޑީއެފް އިން އެމަނިކުފާނުގެ ސެކިއުރިޓީގެ ކަންކަން އަބަދުވެސް ބަލަހައްޓަވައެވެ.

އެހެން ކަމުން އެމަނިކުފާނަށް ހަމަލާއެއް ދިނުމަށް ރާވާ ހިސާބުން އެހަބަރު ފުރަތަމަ ލިބޭނެ އެއް ބަޔަކީ ސިފައިންނެވެ. އަނެއް ބަޔަކީ ފުލުހުންނެވެ. ފުލުހުންގެ އިންޓަލިޖެންސް މައުލޫމާތު ލިބުމުގައި އަމަލު ކުރަމުންދާ އުސޫލާ މެދު އާންމުންގެ ތެރޭގައި ގިނަ ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލި ބޮން ނުވަތަ އަައި އީޑީގެ ހަމަލާ އަށް އިއްޔެއަށް އެއް އަހަރު ފުރިގެންދާއިރު އެމައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރިއަށް ނުގެންދާކަމަށް ބުނެ އެމްޑީޕީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: