ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަ ނިމުނީ ނަހުލާ ޕާޓީން ވަކި ކުރާ ގޮތަށް!

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި "ވިސްނާ" ޖަލްސާގައި ނަހުލާ ވާހަކަ ދައްކަވަނީ./ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ކައުންސިލްގެ ވެސް މެމްބަރު ނަހުލާ އަލީ ޕީޕީއެމުން ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމައިފިއެވެ.

ނަހުލާ އާއި އޭނާގެ މަންމަ ޕީޕީއެމުން ވަކިކުރަން ނިންމީ މި މަހުގެ 14 ގައި ބާއްވާ މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓަށް “އެންޓި ކެމްޕެއިން” ކުރާ ކަމަށާއި ޕާޓީގެ ލީޑާޝިޕް ބަދުނާމުކުރާ ކަމުގެ ތުހުމަތުތަކެއްގެ މައްޗަށެވެ. ނަމަވެސް އޭނާ ވަނީ މި ތުހުމަތުތަކާއި ޕާޓީން އޭނާ އާއި ދެކޮޅަށް ނެރުނު ނޫސް ބަޔާންވެސް ދޮގުކޮށްފައެވެ.

ޕީޕީއެމްގެ އިސް ބޭފުޅަކު ރޭ ވިދާޅުވީ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު ނަހުލާ އާއި އޭނާގެ މަންމަ ޕާޓީން ވަކިކުރަން ނިންމައިފައިވާ ކަމަށެވެ.

ނަހުލާގެ ސުލޫކީ މައްސލަތަކެއް ބެލުމަށް ހަމަޖެހިގެން ދިޔައީ މިމަހުގެ ތެރޭގައެވެ. މިކަމާއި ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަންފުޅު ބޭނުންކޮށް ދޮގު ވާހަކަތައް ދައްކައި, މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި ފިތުނަ އުފެދޭ ވާހަކަތައް ނަހުލާ ދައްކަމުން ގެންދާ ކަމަށެވެ. އަދި އެ ކަންކަން ކުރުމުގައި ނަހުލާއާ އެކު އޭނާ އަށް ވާގިވެރިވުމުގައި އޭނާގެ މަންމަ ލީލާ އާއި އެ ޕާޓީން މިހާރު ވަކިވެފައިވާ އޭނާގެ ކޮއްކޮ މަރްޔަމް ނަފްހާ އަލީ ހިމެނޭ ކަމަށެވެ. ނަމަވެސް ނަހުލާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: