ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަހުލާއަށް ތުހުމަތުކޮށް ހުށަހެޅި ކޮރަޕްޝަނުގެ މައްސަލަ އޭސީސީން ދަނީ ބަލަމުން

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ކޮމިޓީ ބައްދަލުވުމެއްގައި/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެހިކަލްތަކާ ގުޅޭ ކޮރަޕްޝަންގައި މިނިސްޓަރު އައިޝަތު ނަހުލާއަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

އޭސީސީން ބުނީ އެ މައްސަލަ ބަލައިގަނެ ތަހުގީގުގެ ފުރަތަމަ މަރުހަލާ ފަށާފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިޔަށް ދާތީ ތަފްސީލެއް ނުދެއްވަ އެވެ.

އޭސީސީއަށް އާއްމު ފަރާތަކުން ހުށައަޅާފައިވާ މައްސަލައިގައި ނަހުލާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އުޅަނދުތަކެއް ރަޖިސްޓްރީކޮށްދީ އެކަމުން މާލީ މަންފާ ހޯދަމުންދާކަމުގެ ތުހުމަތެވެ

އޭސީސީއަށް ނަހުލާ އާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި 57 އުޅަނދު ރަޖިސްޓްރީކޮށްދިނުމުގައި ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ ކަން ހާމަކޮށްދޭ ރިޕޯޓެއްވެސް ވަނީ ހުށައަޅާފައެވެ.

ގަވާއިދާ ހިލާފަށް ރަިޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީ ކޮށްދިނުމުގައި ނާޖައިޒު ގޮތުގައި ބޭނުންކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު ނަހުލާއަށް އެޑްރެސްކޮށް ހުށަހަޅާ ސިޓީ ޓްރާންސްޕޯޓް މިނިސްޓްރީގައި އެންޓްރީ ކުރުމަކާ ނުލައި ބަލައިގަނެ ޖަވާބު ދިނުމާއި ނުލައި ސިއްރިއްޔާތުގައި އުޅަނދުތައް ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި އުޅަނދުތަައް ރަޖިސްޓްރީ ކޮށްދިނުމުގެ މަސައްކަތް އެސިސްޓެންޓް ޑިރެކްޓަރު ކޮށްދޭ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ކޮންމެ ހިދުމަތަކާއެކު ހުށައަޅާ ފޯމުގައި ނަހުލާ ހުއްދަދީގެން ކަން އެންގުމުގެ ގޮތުން ކޮންމެ ފޯމެއްގެ އަރިމަތީގައި ނަހުލާ ސޮއިކޮށް ހުއްދަ ދީފައިވާ ކަމަށް ލިޔެފައިވާ ކަމަށްވެސް އޭސީސީ އަށް ހުށައެޅުނު މައްސަލައިގައި ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ”ސަންގު“ އިން ސުވާލުކުރުމުން ޒާތީ ކަމެއްގެ ގޮތުގައި މިކަން ސިފަކުރައްވާ، މިނިސްޓަރު ވިދާޅުވީ ގާނޫނާއި ހިލާފަށް އެއްވެސްކަމެއް ކޮށްފައިނުވާނެކަމަށާއި، އަދި މިނިސްޓްރީގެ ތެރެއިންވެސް މިފަދަކަމެއް ހިންގުމުގެ ފުރުސަތު ނޯންނާނެކަމަށެވެ. އަދި އެފަދަކަމަކަށް މަގުފަހިވާ ގޮތަށް އަމަލުކުރާ މުވައްޒަފުންނަށް ފިޔަވަޅު އަޅާފައިވާނެކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. ނަހުލާ ވިދާޅުވީ މައްސަލައިގައި ފުރިހަމައަށް ޖަވާބުދާރީވާނެ ކަމަށާއި، އަދި ހާޒިރުވާންޖެހިއްޖެ ތަނަކަށް ހާޒިރުވެސްވާނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިނިސްޓްރީ ތެރޭގައި ގޯސްކޮށް ހިނގާކަންކަން އިސްލާހު ކުރުމަށް ކުރާ މަސައްކަތަށް ހުރަސް އަޅަން ބަޔަކު މީހުން މަސައްކަތް ކުރާ ކަމަށާއި، ނަމަވެސް ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ ކަންކަން ހުއްޓުވާނެ ކަމަށާއި އަދި އެކަން ހުއްޓުވުމަށް ކުރާ މަސައްކަތާއި ގުޅިގެން ޒާތީ ގޮތުން ޖައްސާލައިގެން ހަގީގަތެއް ނެތް މައްސަލަތައް ހުށަހެޅި ނަމަވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: