ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސީޓީ ކައުންސިލްގެ މައްޗަށް ނަހުލާގެ އެތައް ތުހުމަތުތަކެއް!

ވިލިމާލެ ދާއިރާގެ ކައުންސިލާ ނަހުލާ އަލީ ކައުންސިލްގެ ޖަލްސާއެއްގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އުސޫލުގެ ތެރެއިން މާލެ ސިޓި ކައުންސިލްގެ ފަރާތުން އަމަލުނުކުރާކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ ކައުންސިލާ ނަހުލާ އަލީ ކައުންސިލްގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށްފިއެވެ.

މި މަހުގެ 2 ވަނަ ދުވަހު މާލެ ސިޓީ ކައުންސިލުން ރައްޔިތުންގެ ބައްދަލުވުން ބާއްވާފައިވާއިރު، ނަހުލާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ނޫސް ބަޔާނެއް ނެރުއްވާފައެވެ.

ރައްޔިތުންގެ ބައްދަލުވުމަކީ މާލެ ސިޓީ ކައުންސިލުން ގާނޫނުން އަހަރަކު ދެ ފަހަރު ބޭއްވުމަށް ލާޒިމްކުރާ ބައްދަލުވުމެއްކަމަށް ފާހަގަކުރައްވާ ނަހުލާ ނެރުއްވި ނޫސް ބަޔާނުގައި ވަނީ 2 މާޗުގައި ބޭއްވި ބައްދަލުވުމުގައި ވިލިމާލެއާއި ގުޅިގެން ވިލިމާލެ ދާއިރާގެ ކައުންސިލަރާއި ކުރެވުނު ސުވާލުތަކުގެ ޖަވާބު ދިނުމަށް ތަކުރާރުކޮށް އޭނާ އެދުމުންވެސް އެ ފުރުސަތު ނުދިންކަމަށެވެ. އަދި މި މަސައްކަތްކުރި މަންޒަރު އެންމެންނަށްވެސް ފެންނާނެކަމަށް ނަހުލާ ވިދާޅުވެފައިވެއެވެ.

މި ބައްދަލުވުމަކީ މައުލޫމާތު ފޯރުކޮށްދިނުމާއި ރައްޔިތުންނަށް ޖަވާބުދާތީވާން ކައުންސިލުން ބާއްވަންޖެހޭ ބައްދައްލުވުމަކަށްވާއިރު، ކުރެވޭ ސުވާލަށް އެއްވެސް ކައުންސިލަރަކަށް ޖަވާބު ނުދެވޭ ހަރުކަށި އުސޫލެއް އޮވެގެންވާނެކަމަށް އޭނާ ނުދެކޭކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ. އަދި ވިލިމާލެ އާއި ގުޅިގެން ސުވާލުކުރިއިރު ވާހަކަދައްކަވަމުން ގެންދަވަނިކޮށް ގަސްތުގައި އަޑު ކަނޑާލައިފައިވާކަން ފާހަގަކުރެވުނުކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކުރެވުނު ބައެއް ސުވާލަށް ކަމުގެ ހަގީގަތް އޮޅޭގޮތަށް ކަން ހިނގާފައިވާ ގޮތާއި ހިލާފަށް ޖަވާބުދިންކަމަށާއި، އެގޮތުން އެކަން ސާފު ކޮށްދެއްވާ ނަހުލާ ވިދާޅުވެފައިވަނީ އުސޫލުގެ ތެރެއިންކަމަށް ވިދާލުވީ ނަމަވެސް ވިލިމާލޭގެ ޝީޝިއާ ރެސްޓޯރަންޓް ހުރި ބިމުގެ މުއްދަތު އިތުރުކޮށްފައިވަނީ އިއުލާނުކުރެވިގެން ބިޑްކޮށްގެން ނޫންކަމަށެވެ. ވިލިމާލޭގައިވެސް ލޭންޑް ޔޫސް ޕްލޭނެއް އޮންނައިރު ވަކި ބިމެއްގައި ވަކި ކަމެއް ކުރުމަށް ކަނޑައެޅުމަށް ކައުންސިލްގެ ތަޅުމަށް ގެންނަންޖެހޭނެކަމަށާއި ޝީޝިއާ ބިމުގެ މައްސަލަ ކައުންސިލްގެ ރަސްމީ ބައްދަވުމަށް އައިސްފައިނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ބޮޑު އީދަށް ވިލިމާލޭގައި ފާހަނާ ބަރިއެއް އެޅުމަށް ބޭޏުންވާކަމަށް އޭނާ ކައުންސިލަށް ހުށައެޅިންކަމަށާއި އަދި އެވާހަކަ މީޑިއާތަކާއި ހިއްސާކުރުމުން ސިޓީ ކައުންސިލުން އެ މަސައްކަތްކުރަން ބޮޖެޓު ނެތްކަމަށް ވިދާޅުވެ އެ ފާހަނާ ބަރި އެޅުމަށް އެގްރިމެންޓްކޮށް ޝީޝިއާ ރެސްޓޯރަންޓް ހުރި ބިމުގެ މުއްދަތު ބިޑޫކުރުކަމާއި ނުލާ އަވަސް އަރުވާލައިގެން އިތުރުކޮށްފައިވާކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ.

ވިލިމާލެއިން ރެޑްވޭވަށް ބިމެއް ދީފައިވޭތޯ ރައްޔިތަކު ކުރި ސުވާލަށް ނޫސްބަޔާން މެދުވެރިކޮށް ޖަވާބުދެއްވާ ނަހުލާ ވިދާޅުވެފައިވަނީ އެއީވެސް މާލެ ސިޓީ ކައުންސިލުގެ ރަސްމީ ޖަލްސާއަށް އައިސްފައިވާކަމެއް ނޫންކަމަށެވެ. ރެޑްވޭވާއިއެކު އެގްރިމެންޓެއް ހެދިފައިވާކަން އެނގިފައިވަނީ މީގެ މާޗު މަހުގެ ތެރޭގައިކަމަށާއި އެ ވާހަކަ އޭނާ ގާތު ދެންނެވީ މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒުކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ. އަދި ނަހުލާ ތަކުރާރުކޮށް ފާހަގަކޮށްފައިވަނީ ވިލިމާލެއިން ރެޑްވޭވަށް އެގްރިމެންޓެއް ހެދިފައިވާ ބިމުގެ ސީދާ ލޮކޭޝަން ކަނޑައަޅަން ކައުންސިލްގެ ތަޅުމަށް އައިސްފައިނުވާކަމަށެވެ. އަދި ބިން ދިނުމަށް ނިންމިކަމަށް ބުނާ ނިންމުމަކީ އޭނާއަށް އެނގުމަކާއި ނުލައި ނިންމާފައިވާ ނިންމުމެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި އެ އެއްބަސްވުން ނުފެންނަކަމަށާއި، އެހެންކަމުން އެއްބަސްވުމުން އެކުލަވާލާފައިވަނީ ކޮން ޝަރުތުތަކެއްގެ މައްޗައްކަންވެސް ނޭނގޭކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ނަހުލާ ވިދާޅުވެފައިވަނީ ޕީޕީއެމްއިން އޭނާ ވަކިކުރުމަށްފަހު މާލެ ސިޓީ ކައުންސިލުގެ ދާއިމީ 6 ކޮމިޓީ އޮންނައިރު ވިލިމާލެ ކޮމިޓީގެ މުގައްރިރުކަމުން އޭނާ ބަދަލުކޮށްފައިވަނީ ގަވާދާއި އުސޫލުން ބޭރުންކަމަށެވެ. އުސޫލެއްގެ ގޮތުން ވިލިމާލެ ކޮމިޓީގައިވެސް މުގައްރިރަކަށް ހުންނަންޖެހޭނީ އެ ދާއިރާ ތަމްސީލްކުރައްވާ ކައުންސިލަރުކަމަށް އޭނާ ވިދާޅުވެފައިއެވެ.

ލައިވްކުރާ ބައްދަލުވުންތަކަކަށް ވާތީ ކައުންސިލްގެ ރަސްމީ ޖަލްސާއަށް ނުގެނެސް ކަންކަން ހިތުހުރި ގޮތަކަށް ނިންމުމަށްޓަކައި ވިލިމާލެ ކޮމިޓީގެ މުގައްރިރުކަމުން އޭނާ ވަކިކޮށްފައިވާކަމަށާއި، ވިލިމާލެ ކޮމިޓީ ބޭނުންގޮތަކަށް އެކުލަވާލާ ކޮމިޓީގެ ތެރެއިން ދާއިރާގެ ކައުންސިލަރަށް ނާންގާ އުސޫލު ބޭރުން ކަންކަން ނިންމާފައިވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އިއުލާނުނުކޮށް ބިޑްނުކޮށް ކޮމިޓީ ތެރެއިން ކަންކަން ކުރަން މަސައްކަތްކުރާކަން ފާހަގަވާކަމަށާއި، މުގައްރިރުކަން އެހެެން މީހަކަށް ދީގެން އެކުލަވާލާފައިވާ ކޮމިޓީގައި ކުރިއަށް އޮތް ތަނުގައިވެސް މި ޒާތުގެ ގޮތް ނޭނގޭ އިތުރު ކަންތައްތައް ހިނގާފާނެކަމުގެ ފުރުސަތު އެބައޮތްކަމަށް ނަހުލާ ވަނީ އޭނާގެ ނޫސް ބަޔާން ނިންމާލައްވަމުން ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: