ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީގެ ނައިބު ލީޑަރުކަމަށް ނަހުލާއާއިއެކު 5 ބޭފުޅަކު އިންތިހާބުކޮށްފި

ޖުމްހޫރީ ޕާޓިގެ ނައިބު ލީޑަރުކަމަށް ހޮވިވަޑައިގެން ނަހުލާ އެ ޕާޓިގެ ކޮންފަރެންސްގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނައިބު ލީޑަރުކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން 4 ބޭފުޅަކު އިންތިހާބުވެއްޖެއެވެ.

މިއީ ޖުމްހޫރީ ޕާޓީގެ ދިގު ތާރީހުގައިވެސް ނައިބު ލީޑަރުކަމުގެ މަގާމަށް އަންހެނަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.

ނަހުލާ މި މަގާމަށް އިންތިހާބުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސްގައި ކުރިއަށްގެންދިޔަ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައެވެ. ޖުމްހޫރީ ޕާޓިގެ ނައިބު ލީޑަރުކަމަށް އިންތިހާބުކުރަނީ 5 ބޭފުޅުންކަމަށްވާއިރު، މި މަގާމަށް ނަހުލާ ހޮވިފައިވަނީ ތަފާތު ބޮޑުކޮށެވެ. ޖުމްލަ 558 ވޯޓު ނަހުލާއަށް ލިބިވަޑައިގެންފައިވާއިރު، ނައިބު ލީޑަރުކަމުގެ މަގާމަށް ދެން އިންތިހާބުވެފައިވަނީ ކުރިންވެސް އެ މަގާމު ފުރުއްވާފައިވާ އަމީން އިބްރާހީމް އާއި އެ ޕާޓިގެ ކުރީގެ ނައިބު ރައީސް އަހުމަދު ސައުދު އަދި އިގުބާލް އާދަމްގެ އިތުރުން އަލީ ޝާހުއެވެ.

މި އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ޖުމްލަ އަދަދަކީ 741 ކަމުގައިވާއިރު، އޭގެ ތެރެއިން ވޯޓުލާފައިވަނީ 680 މެންބަރުންނެވެ.

މި އިންތިހާބުގައި ހޮވާފައިވާ އިތުރު މަގާމުތަކުގެ ތެރޭގައި އެ ޕާޓީގެ ޑެޕިއުޓީ ލިޑަރުކަމުގެ މަގާމާއި، ޒުވާނުންގެ ލީގުގެ ސެކްޓްރީކަމުގެ މަގާމު އަދި ޒުވާނުންގެ ލީގުގެ މެންބަރުކަމަށާއި އަންހެނުންގެ ލީހުގެ ރައީސް އަދި އަންހެނުންގެ ލީގުގެ ނައިބު ރައީސްގެ އިތުރުން އަހްހެނުންގެ ލީގުގެ މެންބަރުންގެ ގޮތުގައިވެސް މެންބަރުން ވަނީ އިންތިހާބުކޮށްފައެވެ. އަދި ޕާޓީގެ ކައުންސިލަށް 25 މެންބަރުން ހޮވުމުގެ އިންތިހާބުވެސް ވަނީ ބާއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: