ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުވާލު އޮތީ އިންތި ހޮވޭނެތޯ އެއްނޫން، އިންތިހާބު އިންސާފުވެރި ވާނެތޯ: ވައްޑެ

ކެމްޕެއިން ބައްދަލުވުމުގައި އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހަމައެކަނި ސުވާލު އުފެދެނީ އިންސާފުވެރިކަމާއި މެދުކަމަށް ޕާޓީގެ ޗެއާޕާސަންކަމުގެ މަގާމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ތަރުޖަމާނު އަދި އުގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

މަދު ދުވަސްކޮޅަކަށް ވެފައިވާ އެތެރޭގެ މި އިންތިހާބުގެ ވާދަވެރިކަމާއި ގުޅިގެން ޕާޓީގެ އެއް މެންބަރަކު އެނެއް މެންބަރެއްގެ ބޮލުގައި ދަނީ ބޮޑެތި ސީރިއަސް ތުހުމަތުތައް އަޅުވަމުންނެވެ. މި ތުހުމަތުތަކުގެ ތެރެއިން އިންތިހާބުގެ ކެމްޕެއިންތައް ކުރެއްވުމުގައި ނުފޫޒުގެ ބޭނުން ކުރައްވާކަމުގެ ތުހުމަތުތަށް ކުރެވިގެން ދަނީ ދެން މި އިންތިހާބުގައި ވާދަ ކުރައްވާ ކެޑިޑޭޓު އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލަށެވެ. ކޮރަޕްޝަނަށް މަގުފައިވާ އަމަލުތަކާއި އެކު، ވަޒީފާ ގެއްލުވަލާނެކަމުގެ ބިރު ދައްކާކަމުގެ ތުހުމަތުތަކާއި އަމިއްލަ ކެމްޕެއިންތަކުގައި ސަރުކާރުގެ ވަސީލަތްތަށް ބޭނުންކުރާކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ،

އިންތިހާބުގައި މަކަރު ހަދަން މަސައްކަތް ކުރިޔަސް، އެމްޑީޕީގެ މެމްބަރުންނަކީ އިންތިހާބުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަރިތަ ބައެއްކަން ފާހަގަކުރައްވައި ވައްޑެ ވިދާޅުވީ ވޯޓު އޮޅުވާލައި ގަޑުބަޑު ކުރުމަށް އެއްވެސް ފުރުސަތެއް ނުދޭނެކަމަށެވެ. އެހެންކަމުން ވޯޓު ފޮށިތަކަށް ރަނގަޅަށް ފާރަވެރިވެ އިންތިހާބު ކާމިޔާބު ކުރާނެކަމަށް ވައްޑެ ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާކަމުގެ ވާހަކަތަކުގެ އިތުރުން މި މަންޒަރު ފެނިގެންދާ މި ދަނޑިވަޅުގައި ވައްޑެ ވިދާޅުވީ ޕާޓީ ބައިބައި ވެދާނެތޯ ކެމްޕެއިންގެ ދަތުރުތަކުގައި އެކި ރަށްތަކުން ބައްދަލުވި ވަރަށް ގިނަ މެންބަރުން ސުވާލު ކުރި ކަމަށެވެ. ދެން އޭނާ ވިދާޅުވީ ޕާޓީގެ ވޭތުވެދިޔަ 17 އަހަރު ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ދަތުރުތައް ކުރިއިރު އެކި ތޮބީއަތުގައި އެކި މިޖާޒުތަކުގެ މީހުންނާއި ދިމާވީކަމަށާއި ނަމަވެސް އެއްބައިވަންތަކަމާއި އެކު އެންމެން އެކައްޗެއްގެ ގޮތުގައި އޮތީ ޕާޓީގެ ލޯގޯކަމުގައިވާ “ތިލަފަތުގެ ރަމްޒު” ގެ މަތީގައި އޮތީތީކަމަށާއި އަދި ޕާޓީގެ އަސާސްތަކާއި އުސޫލްތަކުގެ މަތީގައިކަމަށެވެ.

ޕާޓީގެ މެންބަރުން އެއްބާންވަންތަ ކުރި “ތަތް ކިރުގަނޑަކީ” ޕާޓީގެ އަސާސްތަކާއި އުސޫލްތަށްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި މި އަސާސްތައް ރަނގަޅަށް ލޮލުން ބޮލުން އެދިގެން ގަބޫލުކޮށްގެން ދެގޮތެއް ނުވެ ހުރި ފަރާތަކީ އިމްތިޔާޒް ފަހުމީކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މިފަދަ ދެވަނަ މީހަކު މި އިންތިހާބަށް ކުރިމަތިލާފައިނުވާކަމުގައި ފާހަގަކުރައްވާ ވައްޑެ ނުސީދާ ގޮތެއްގައި ވިދާޅުވީ މިނިސްޓާާ ފައްޔާޒަކީ މިފަދަ ބޭފުޅެއްނޫންކަމުގައެވެ

ޕާޓިއަށް 2023 ކާމިޔާބުކޮށް ޕާޓީއަށް މުސްތަގުބަލުގައި ކުރި ހޯދައިދެވޭނީވެސް އެބޭފުޅުން އެ ދައްކަވާ އަސާސްތަކާއި އުސޫލުތަކުގައި ހިފަހައްޓާ މީހެއް ޗެއާޕާސަންކަމުގެ މަގާމަށް އިންތިހާބުވެގެންކަމުގައި ވިދާޅުވެ ވައްޑެ އެފަދަ މީހެއްގެ ގޮތުގައި ދެއްކެވީ އިމްތިޔާޒް ފަހުމީއެވެ.

އެމްޑީޕީ ބަޑީގެ ކުރިމައްޗަށް ނިކުތީ ޒާތީ އަދި ފަރުދީ މިނިވަންކަން ހޯދައިދެއްވުމަށްކަމަށާއި އަލުން ރައްޔިތުން ހުދުކޮށް ވަޒީފާގަ ތާށިކޮށް ކޮންޓްރެކްޓްގަ ފިއްތާކަން ޕާޓީގެ މެންބަރުން ޖާގަ ނުދޭނެކަމުގައި ވައްޑެ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: