ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެންޝަން ފަންޑަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސޭވިންގ ފަންޑު: ސުޖާތާ

ޝެއާރކޮށްލާ ކަހަލަދޯ؟

ޕެންސަން ފަންޑަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސޭވިންގ ފަންޑު ކަމުގައި ޕެންޝަން އޮފީހުގެ އެކްޓިންގ ސީއިއޯ ސުޖާތާ ހަލީމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ 13 ވަނަ އަހަރީ ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައި ސުޖާތާ ވަނީ އެ އޮފީހުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ކާމިޔާބީތައް ގިނަ ކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުން ދޮށީ އުމުރުގެ ދިވެހި ކޮންމެ ރައްޔިތަކަށް ޕެންސަން ލިބޭނެ ގޮތް ހަމަޖެހިފައި އޮތުމާއި، ޒުވާނ އުމުރުގެ މީހުންނަށް ޕެންސަން ފައިސާ ރައްކާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރެވިފާ ވަކަށް ސުޖާތާ ވިދާޅުވިއެވެ.

ޕެންސަން އޮފީހުން ކުރަމުންގެންދާ މަސައްކަތުގެ އެންމެ މުހިއްމު އެއް ބަަޔަކީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންސަން ސްކީމް ތަރައްގީކޮށް ހިންގުމުގެ މަސައްކަތެވެ.

އެގޮތުން 17 ބިލިއަން ރުފިޔާއާއިއެކު ޕެންޝަން ފަންޑަކީ މިވަގުތު  ރާއްޖޭގައި އޮތް އެންމެ ބޮޑު ސޭވިންގ ފަންޑު ކަމަށް ސުޖާތާ ވިދާޅުވިއެވެ.

” މި މަސައްކަތުގައި ލިބިފައިވާ ކާމިޔާބީތަކަށް ބަލާއިރު، ޕެންޝަން ފަންޑު ވަނީ 17 ބިލިއަން ރުފިޔާ އާއެކު ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސޭވިންގ ފަންޑުގެ ދަރަޖަ ހޯދާފަ.” ސުޖާތާ

ފޯމަލް ސެކްޓަރގައި މަސައްކަތް ކުރާ މުވައްޒަފުންގެ %80 އަށް ވުރެ ގިނަ މީހުން ޕެންސަން ސްކީމްގައި ބައިވެރިވެ ފައިސާ ރައްކާ  ކުރަމުންދާއިރު، އެވްރެޖްކޮށް އިންވެސްޓްމެންޓްގެ ފައިދާގެ ގޮތުގައި %5 ގެ ކުރިއެރުމެއް ދަނީ ލިބެމުން ކަމަށް ސުޖާތާގެ ހިތާބުގައި ބަޔާންކުރައްވާފައިވެއެވެ.

މީގެ އިތުރުން ސްކީމްގެ ބައިވެރިންނަށް ލިބޭ ޕެންޝަނާއި އެހެނިހެން އިނާޔަތްތައް ދަނީ ލިބެމުންނެވެ.

ޕެންޝަން ފަންޑަށް ވަޒީފާދޭ ފަރާތުން މަދުވެގެން ހަތް ޕަސެންޓް ޖަމާކުރަން ޖެހެއެވެ. އަދި ވަޒީފާ އަދާކުރާ މީހާގެ މުސާރައިން ހަތް ޕަސެންޓާއެކު ޖުމްލަ 14 ޕަސެންޓް ޕެންޝަން ފަންޑަށް ޖަމާކުރެއެވެ. އަދި ޖަމާކުރާ ފައިސާ އިން ބައެއް ފައިސާ ޕެންޝަން އޮފީހުން އެކިއެކި ދާއިރާތަކަށް އިންވެސްޓް ކޮށް ބަހަމުން ގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތީ މުވައްޒަފުން ފެލާ ފަންޑެއް. ތީގެން ފައިސާއެއްގެ އަހަރުމެންނަށް ކުރާ ފައިދާއެއް ނެތް. ތި ލިބޭނެ ގޮތެއްވއސް ނެތް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: